ޢާލިޔާ ބަޓުގެ "ގަންގޫ ބާއީ ކާޓިޔާވާޅީ"އަށް 100 މިލިއަން ރުޕީސް އަށްވުރެ ގިނައިން ލިބިއްޖެ

Loading

Facebook
Twitter
WhatsApp

ޢާލިޔާއަކީ އާންމުކޮށް ވަރަށް ބޮޑަށް ފައިދާހުރި ކެއުމަށް ފަރުވާ ބަހައްޓައިގެން ކައިއުޅޭ ތަރިއެކެވެ. ގަވައިދުން ޖިމަށް ވަދެ ކަސްރަތުކޮށް ހަދައެވެ. އެކަމަކު ޒުވާން އަދި ހުނަރުވެރި ޢާލިޔާ ބަޓް އެންމެ ފަހުން ކުޅުނު ”ގަންގޫ ބާއީ ކާޓިޔާވާޅީ“އަށް 100 މިލިއަން ރުޕީސް ލިބުމާ ގުޅިގެން އުފާ ފައުޅުކުރުމަށް ބޭއްވި ޕާޓީގައި އޭނާ ވަނީ ހަށިގަނޑަކަށް، ސިއްހަތަކަށް ބެލުމެއްނެތި ކައިބޮއި ހަދާފައެވެ. ޢާލިޔާގެ ބައެއް ރައްޓެހިން ބުނި ގޮތުގައި ހަމަ ހޭގައި އޭނާ ހުރީ މަސްތުވެފައެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ.

ޢާލިޔާ ބޮޑު ބައި ކުޅެފައިވާ ”ގަންގޫ ބާއީ ކާޓިޔާވާޅީ“އަށް ހަމައެކަނި 100 މިލިއަން ރުޕީސް ލިބުނީއެއްނޫނެވެ. އޭނާ ފިލްމުގައި އަދާކުރި ބަޔަށް ތައުރީފު ވެސް އޮހެމުން ދަނީއެވެ.

”ގަންގޫ ބާއީ ކާޓިޔާވާޅީ“ ދައްކަން ފެށުމުގެ ކުރިން ފިލްމަށް ގިނަގުނަ ހުރަސްތަކާ ކުރިމަތިވިއެވެ. ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވިއެވެ. ނަމަވެސް އާދަޔާ ޚިލާފު ކާމިޔާބެއް ހޯދަމުންދާ އެފިލްމަށް މިހާތަނަށް 102 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެ ފިލްމުގެ ސަބަބުން ޢާލިޔާ ބަޓްގެ ގަދަރާއި އަގު ފިލްމީ ދުނިޔޭގައި ވަނީ ވަރަށް ބޮޑަށް އުފުލިގެން ގޮސްފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް