އަމީތާބާއި އަޖޭގެ ފިލްމު "ރަންވޭ 34"ގެ ޕޯސްޓަރތައް ނެރެފި

Loading

Facebook
Twitter
WhatsApp

ހިންދީ ފިލްމީ ދުނިޔޭގެ ރަސްގެފާނު އަމީތާބު ބައްޗަނާއި އަޖޭ ދޭވްގަން ކުޅެ ދައްކަން ތައްޔާރު ކުރަމުންދާ ފިލްމު ”ރަންވޭ 34″ގެ ޕޯސްޓަރތައް ނެރެފިއެވެ.

އިންޑިއާގެ މީޑިއާތަކުން ޚަބަރުދޭގޮތުގައި ”ރަންވޭ 34″ގެ ވާހަކަ ބިނާވެފައި ވަނީ އޭވިއޭޝަން އިންޑަސްޓްރީއާ ބެހޭ ގޮތުންނެވެ.

ފިލްމުގައި މުހިއްމު ބައިތައް އަދާކުރަނީ އަމީތާބާއި އަޖޭ އާއި ރަކުލް ޕްރީތު ސިންގް އެވެ. ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖައްސާފައި ވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުގައެވެ.

”ރަންވޭ 34″އަކީ އަޖޭގެ އަމިއްލަ ފިލްމު ކުންފުނިން އުފައްދާ ފިލްމެކެވެ. ފިލްމު އުފައްދައި ޑައިރެކްޓް ކުރަނީ ވެސް އަޖޭއެވެ. ފިލްމުގައި އަޖޭ ކުޅެފައި ވަނީ ޕައިލެޓެއްގެ ބައެވެ. އަމީތާބު ފިލްމުން ފެނިގެންދާނީ ތަހުގީގު ކުރާ މީހެއްގެ ގޮތުގައެވެ.

”ރަންވޭ 34″ ކުޅެން ފެށިއިރު ފިލްމަށް ކިޔާފައި ވަނީ ’މޭ ޑޭ“ އެވެ. ނަމަވެސް އަޖޭ ފިލްމުގެ ނަން ފަހުން ވަނީ ބަދަލުކޮށްފައެވެ. ފިލްމު ކުޅެން ފެށީ 2020 ގެ ސެޕްޓެމްބަރު މަހުގެގެ ތެރޭގައެވެ.

ބެލުންތެރިން ފިލްމަށް އިންތިޒާރުކުރަމުން ދާއިރު ފިލްމަށް ފާޑުކިޔާ މީހުން ބުނާ ގޮތުގައި ފިލްމަށް އާދަޔާ ޚިލާފު ތަރުހީބެއް ނުލިބޭނެއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް