15 މިނިޓްން ނަތީޖާ ލިބޭ ކޮވިޑް ޓެސްޓް ރާއްޖޭގައި ހަދަން ފަށައިފި

ޓެސްޓް ހަދާތާ 15 މިނިޓް އިން ނަތީޖާ ލިބޭ ކޮވިޑް ޓެސްޓް ރާއްޖޭގައި ހަދަން ފަށައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޓެސްޓް ހަދާތާ 15 މިނިޓާއި 30 މިނިޓްތެރޭ ނަތީޖާ ލިބޭ ރެޕިޑް އެންޓިޖެން ޓެސްޓް ހަދަން ފަށާފައިވަނީ މާލޭގެ ބައެއް ސާމްޕަލް ސެންޓަރުތަކުންކަމަށެވެ. އެގޮތުން ސޯޝަލް ސެންޓަރާއި ސެނަހިޔާގެ އިތުރުން ހުޅުމާލެ ރުއްގަނޑު1، ސަރަހައްދުގައި ގާއިމުކޮށްފައިވާ ސާމްޕްލިންގ ސެންޓަރުގައި ވެސް އެންޓިޖެންޓް ޓެސްޓު ހަދަން ފަށާފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. އެޗްޕީއޭ […]
ޕްރެޒިޑެންޓްސް ކަޕް: މާޒިޔާ ބަލިކޮށް ވެލެންސިއާއިން ޗެމްޕިއަންކަން ހޯދައިފި!

ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ކުލަބް ވެލެންސިއާ އިން ހޯދައިފިއެވެ. ރ. އަލިފުށީގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 1-1އިން އެއްވަރުވެފައިވާތީ ނަތީޖާ ނެރެން އިތުރުވަގުތުގެ ދެ ހާފު ކުޅެންޖެހުނެވެ. ވެލެންސިއާއިން މާޒިޔާގެ މައްޗަށް ކުރި ހޯދީ އިތުރު ވަގުތުގެ 15 މިނެޓުގެ ފުރަތަމަ ހާފުގައި، މެޗުގެ 104ވަނަ މިނެޓުގައި މާޓިން ބޯޚަސް ޖަހައިދިން ލަނޑަކާއެކުގައެވެ. މިއީ ވެލެންސިއާއިން […]
މާޅޮހު ބަނދަރުގެ ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމާލައިފި

އއ. މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިޔަ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. މާޅޮސް ބަނދަރުތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނީ މާޅޮހުގެ ފަޅު ފުންކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހާބަރު ބޭސިން މަސައްކަތް ނިމިފައިވާ ކަމަށާ ހަރު އާނުގަނޑު ކޮނުމަށް ބޭނުންވާ ހާއްސަ މެޝިނަރީއަށް ވެސް މިހާރު ދަނީ އިންވެސްޓްކުރަމުން ކަމަށެވެ. މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2020 […]
މަހާތިރު މުހައްމަދުގެ ހާލުކޮޅު ރަނގަޅު

ހިތުގެ ބަލީގެ ޚާއްޞަ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުންގެންދަވާ މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުޙައްމަދުގެ ހާލުކޮޅު ރަނގަޅުކަމަށް މަހާތިރުގެ ދަރިކަނބަލުން މަރީނާ މަހާތިރު ވިދާޅުވެއްޖެއެވެ. މިއީ އުމުރުފުޅުން 96 އަހަރުގެ މަހާތީރު ދެތިންހަފުތާ ތެރޭ ހޮސްޕިޓަލްގައި އެނދުމަތި ކުރެވުނު ކުރެވުނު ތިންވަނަ ފަހަރެވެ. ކުއަލަލާމްޕޫރުގައި ހުންނަ ނެޝަނަލް ހާޓް އިންސްޓިޓިއުޓްގައި ހޮނިހިރު ދުވަހު މަހާތީރު އެނދުމަތި ކުރެވުމާއެކު އެ ސަރަހައްދަށް ނޫސްވެރިން ވަނީ އެއްވެފައެވެ. އަދި މިހާރުގެ ބޮޑުވަޒީރު އިސްމާއިލް ސޮބްރީ ޔާގޫބް ވެސް ވަނީ މަހާތިރުގެ […]
ޝެއިޚް ޒައިދު އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން އިސްތިއުފާ ދެއްވައިފި

މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝެއިޚް އަލީ ޒައިދު އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ. އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން އިސްތިއުފާ ދެއްވުމަށްފަހު ޝައިޚް ޒައިދުވަނީ އެކަން ޓްވިޓާއިން އިއުލާނު ކުރައްވާފައެވެ. އެޓްވީޓްގައި ޒައިދު ވިދާޅުވީ މިއަދުން ފެށިގެން އަދާލަތު ޕާޓީގެ މެންބަރުކަމުން އިސްތިއުފާ ދެއްވާކަމަށެވެ. އަދި އެކީގައި މަސައްކަތް ކުރެއްވި ފަރާތްތަކަށް ޝައިޚް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ”އިލްމުވެރިންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސާއި އެހެނިހެން ހުރިހާމެމްބަރުން އަޅުގަނޑާމެދު […]
މަޑިވަރު އެއާޕޯޓަށް ގިނަ އަދަދެއްގެ މުއައްޒަފުން ހޯދަނީ

ދާދިފަހުން ހުޅުވި ޅ. މަޑިވަރު އެއާޕޯޓުގައި ވަޒީފާ އަދާކުރުމަށް ގިނަ އަދަދެއްގެ މުއައްޒަފުން ހޯދުމަށް އެ އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން އިއުލާންކޮށްފިއެވެ. މަޑިވަރު އެއާޕޯޓަށް މުއައްޒަފުން ހޯދަން އިއުލާންކޮށްފައިވަނީ ޖުމްލަ 11 މަގާމަކަށެވެ. މަޑިވަރު އެއާ ޕޯޓަށް މީހުން ހޯދަމުންދާ މަގާމުތައް: އެއާޕޯޓް ސާވިސަސް އެގްޒެކްޓިވް އެއާޕޯޓް ސާވިސަސް އެޖެންޓް ޓްރެއިނީ ލީޑިން ފަޔާމަން / ޑްރައިވާ އޮޕަރޭޓަރު ޖޫނިއާ އެއާޕޯޓް ފަޔާ ފައިޓަރު ޕަވާ ހައުސް އެންޑް މެއިންޓަނަންސް ސްޕަވައިޒާ ޓްރެއިނީ […]
ކާޑެއްދޫ އެއާޕޯޓް ވިލާ އާއި ހަވާލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން: ޓްރާންސް ޕޯޓް

ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމާއި އެއްގޮތަށް ކާޑެއްދޫ އެއާޕޯޓް ވިލާ އެއާއާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއާ ކުންފުންޏަށް 50 އަހަރުގެ މުއްދަތަށް ކާޑެއްދޫ އެއާޕޯޓް ދިނީ 2013 ވަނަ އަހަރުއެވެ. ވިލާ އެއާ އިން ސިވިލް އޭވިއޭޝަންގެ މިންގަޑުތަކާއި ހިލާފަށް އެއާ ޕޯޓް ހިންގާކަމަށް ބުނެ އެ އެއްބަސްވުން ބާތިލުކުރީ ރައީސް ޔާމީންގެ ސަރުކާރުގައި 2107 […]
ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބަޔަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ހޯޕް ފޯރ ވިމެންއާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމް.އޯ.ޔޫ) އެއްގައި، ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން އެވެ. ހޯޕް ފޯރ […]
ދިވެހިދަރީން ބިނާކުރަން ވާނީ الله ގެ މަގުން

ދިވެހިން އިސްލާމްދީނުގެ ތެދުމަގު ޚިޔާރުކުރިތާ މިހާރު މިވަނީ އަށްސަތޭކަ އަހަރަށްވުރެ ގިނަދުވަސް ވެފައެވެ. އެހެންކަމުން އެދުވަހުން ފެށިގެން ދިވެހިދަރިން ބިނާކުރަން ވާނީ ދިވެހިންގެ ދީންމަތީގައި ތިބެ އެދީނުގެ ފުރިހަމަ ބިންގަލުގައެވެ. އިސްލާމްދީން އަންގަވަނީ الله ގެ ފޮތާއި ރަސޫލާ ދެއްކެވި މަގުން އިސްލާމުންގެ ހުރިހާކަމެއް ފުރިހަމަކުރުމަށެވެ. އަދި ހަމަ އެފަދައިން ދީނުގެ އެއްބަޔަށް ތަބާވެ އަނެއްބައި ދޫކޮށްލުމަކީ الله ގެ މަގަށް ތަބާވުމެއް ނޫނެވެ. މިކަން ކުރެވޭނީ މިއަދުގެ ޅަދަރިންނަށް މަގުދައްކަވަން ތިއްބެވި ފަރާތްތަކުން އިސްލާމުދީނުގެ ފުރިހަމަ […]
ކޮވިޑް-19: އަދަދުތައް ނުރައްކާތެރި ދަރަޖައަކަށް މައްޗަށް!

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ކޮވިޑް 19 އަށް ފައްސިވެފައި ވަނީ 2349 މީހުންނެވެ. އެއީ މާލެއިން ފައްސިވީ 1325 މީހުންނާއި އަތޮޅު ތެރެއިން ބައްޔަށް ފައްސިވީ 681 މީހުންނެވެ. އަދި ރިސޯޓުތަކުން މި ބައްޔަށް ފައްސިވެފައިވާ 54 މީހުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. އަދި ސުންކު ނެގި ވަކި ތަނެއް ނޭނގޭ 289 މީހުން އިއްޔެ ފައްސިވެފައިވެއެވެ. މިއީ ޓެސްޓުކުރި 7574 މީހުންގެ ތެރެއިން […]