މަޑިވަރު އެއާޕޯޓަށް ގިނަ އަދަދެއްގެ މުއައްޒަފުން ހޯދަނީ

Loading

Facebook
Twitter
WhatsApp

 

 

ދާދިފަހުން ހުޅުވި ޅ. މަޑިވަރު އެއާޕޯޓުގައި ވަޒީފާ އަދާކުރުމަށް ގިނަ އަދަދެއްގެ މުއައްޒަފުން ހޯދުމަށް އެ އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން އިއުލާންކޮށްފިއެވެ.

މަޑިވަރު އެއާޕޯޓަށް މުއައްޒަފުން ހޯދަން އިއުލާންކޮށްފައިވަނީ ޖުމްލަ 11 މަގާމަކަށެވެ.

މަޑިވަރު އެއާ ޕޯޓަށް މީހުން ހޯދަމުންދާ މަގާމުތައް:

  • އެއާޕޯޓް ސާވިސަސް އެގްޒެކްޓިވް
  • އެއާޕޯޓް ސާވިސަސް އެޖެންޓް ޓްރެއިނީ
  • ލީޑިން ފަޔާމަން / ޑްރައިވާ އޮޕަރޭޓަރު
  • ޖޫނިއާ އެއާޕޯޓް ފަޔާ ފައިޓަރު
  • ޕަވާ ހައުސް އެންޑް މެއިންޓަނަންސް ސްޕަވައިޒާ ޓްރެއިނީ
  • ޕަވާ ހައުސް އެޖެންޓް ޓްރެއިނީ
  • މެއިންޓަނަންސް ކޯޑިނޭޓަރު
  • ލައުންޖު އޭޖެންޓް
  • ލައުންޖު ހޭންޑް
  • އެއާޕޯޓް ހޭންޑް ޓްރެއިނީ
  • ކްލިޔާ ޓްރެއިނީ

އޭގެތެރެއިން މަޑިވަރު އެއާޕޯޓަށް ހޯދުމަށް އިއުލާންކޮށްފައިވާ މަގާމުތަކުގެ ތެރެއިން ތިން ބާކީ ތިން މަގާމުގެ ޝަރުތަކީ ގުރޭޑްގެ އަށެއްގެ ފެންވަރެވެ. ހަތް މަގާމެއްގެ މައިގަނޑު ޝަރުތަކީ އޯލެވަލް ފެންވަރު ހުރުމެވެ.  އަދި އެއް މަގާމުގެ ޝަރުތަކީ ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމެވެ.

މީގެ ތެރެއިން އެގްޒެކެޓިވް ފެންވަރުގެ މަގާމުތަކަށް ކުރިމަތިލާ މީހުންނަކީ ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވާ މީހަކަށް ނުވަތަ އެއާޕޯޓު ހިންގުމުގެ ދާއިރާގައި 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވުމަށް އައިލެންޑް އޭވިއޭޝަނުން ޝަރުތުކުރެއެވެ.

އެންމެ ދަށް ޝަރުތުތަކެއް ކަނޑައަޅާފައިވަނީ ޓްރޭނީ ފެންވަރުގެ މަގާމުތަކަށެވެ. މި މަގާމުތަކަށް ގުރޭޑު އަށެއް ނިންމާފައިވާ މީހުންނަށް ކުރިމަތިލެވޭނެއެވެ.

މީގެއިތުރުން މި މަގާމުތަކަށް ކުރިމަތިލާ މީހުންނަކީ ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި މީހުންނާ ގުޅިގެން އެކުގައި މަސައްކަތް ކުރެވޭ މީހުންނަށް ވާންޖެހޭނެކަމަށް ވެސް އައިލެންޑު އޭވިއޭޝަނުން ބުނެއެވެ.

މަޑިވަރު އެއާޕޯޓްގެ ވަޒީފާ ތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާގެ ކުރެއްދޫ ހޯލްޑިންގްސް ކުންފުނިން ހަދާފައިވާ މަޑިވަރު އެއާޕޯޓް ހިންގުމާ އައިލެންޑް އޭވިއޭޝަނުން ހަވާލުވެ އެކަމުގެ ރަސްމީ އެއްބަސްވުމުގައި ދެ ފަރާތުން ސޮއި ކުރީ މިމަހުގެ 17 ވަނަ ދުވަހު އެވެ. ޖުމްލަ 11 މިލިއަން ޑޮލަރަށް ތަރައްގީކުރި މަޑިވަރު އެއާޕޯޓުގެ އަމަލީ މަސައްކަތް ކުރީ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް