އޭލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

    މިދިޔަ އޮކްޓޫބަރު / ނޮވެމްބަރުގައި ބޭއްވި އޭލެވެލް އިމްތިހާނުތަކުގެ ނަތީޖާ މިއަދުން ފެށިގެން ދޫކުރަން ފަށައިފިއެވެ. ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނީ އޮކްޓޫބަރު / ނޮވެމްބަރުގައި ބޭއްވި އެޑެކްސެލް އޭލެވެލް އިމްތިހާނުގެ ނަތީޖާ މިއަދުން ފެށިގެން ދޫކުރާނެ ކަމަށެވެ. އަދި ދަރިވަރުންގެ  ނަތީޖާ ދޫކުރަކީ ދަރިވަރު އިމްތިހާނު ހެދި ސެންޓަރުން ކަމަށްވެސް ޑީޕީއީން ބުނެއެވެ. ރާއްޖެއިން 1300 އަށްވުރެ ގިނަ ދަރިވަރަކު ބައިވެރިވި މި އިމްތިހާން ވެގެންދިޔައީ ކޮވިޑާއި ގުޅިގެން […]

މަހްލޫފްގެ ޝަރީއަތް ބުދަ ދުވަހު

  އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި ގުޅިގެން  ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް  އަންނަ ހަފްތާގެ ބުދަ ދުވަހު ފެށުމަށް ތާވަލް ކޮށްފިއެވެ. ޕީޖީ އޮފީހުން މަހުލޫފަށް ދައުވާއުފުލައި ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. މަހްލޫފަށް ދައުވާކުރަން ފޮނުވުމަށްފަހު އޭސީސީން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ […]

​ދިވެހި ނޫސްވެރިން ޕާކިސްތާނަށް ފޮނުވައިގެން ތަމްރީނު ކުރަން މަޝްވަރާކޮށްފި!

​ޕާކިސްތާނުގައި ދިވެހި ނޫސްވެރިން ތަމްރީނުކުރަން، މޯލްޑިވްސް މީޑިއާ ކައުންސިލުން ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީއާއެކު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ބައްދަލުވުމުގައި ޕާކިސްތާނުގައި ދިވެހި ނޫސްވެރިން ތަމްރީން ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ޕާކިސްތާނުގެ އެންބެސެޑަރު ވައިސް އެޑްމިރަލް ވިދާޅުވިއެވެ. އެމްއެމްސީން ބުނީ މި ބައްދަލުވުމުގައި ދިވެހި ނޫސްވެރިން ޕާކިސްތާނަށް ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، ޕާކިސްތާންގެ ތައުލީމީ ޚިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ދިވެހިރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، އޮންލައިންކޮށް މި ދާއިރާގެ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް […]

​ފަތުހީގެ ކެމްޕޭނަށް ރައީސް ޔާމީން ކޮމަންޑޫއަށް ވަޑައިގެންފި!

​ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްގެ ކެމްޕޭނަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫއަށް ވަޑައިގެންފި އެވެ. ​އެމަނިކުފާނު ކޮމަންޑޫއަށް ވަޑައިގެންފައި ވަނީ މިއަދު ކްރިމިނަލް ކޯޓުގައި އޮތް އެމަނިކުފާނުގެ މައްސަލައިގެ އަޑުއެހުން ނިންމަވާލެއްވުމަށް ފަހުއެވެ. މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ރައީސް ޔާމީން އެރަށަށް ވަޑައިގެންނެވިއިރު ގިނަ އަދަދެއްގެ ބަޔަކު […]

ގުދަންތައް ރަނަށް

  ދުނިޔޭގައި މިވަގުތު އެންމެ އަގުބޮޑު މުދަލަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެއީ ވިދާ ބަބުޅާ ރަންރިއްސާއި ޖަވާހިރު ނުވަތަ ލަގްޒަރީ ހިފައިގެންގުޅޭ ފަދަ އެއްޗެއްނޫނެވެ. އެއީ މުދާ ގުދަން ކުރެވޭ ގޮތަށް ހުންނަ ގުދަން ޖާގަ ތަކެވެ. މައިގަޑު ގޮތެއްގައި މިބަދަލު އައިސްފައި ވަނީ ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ނުރައްކާތެރި ބައްޔާ ގުޅިގެން ގޭގައި ތިބެ އޮންލައިންކޮށް ވިޔަފާރި ކުރުން ވަރަށް ވެސް ބޮޑުތަނުން އިތުރު ވެފައިވާތީ ރީޓެއިލް ވިޔަފާރި ކުރާ ފަރާތްތަކުން މުދާ ބެހެއްޓުމަށް […]

އެއް ހަފްތާގެ ތެރޭގައި އުތުރު ކޮރެއާއިން ދެ ބެލިސްޓިކް މިސައިލް ޓެސްޓްކޮށްފި

އުތުރު ކޮރެއާއިން އަންގާރަ ދުވަހު ބެލެސްޓިކް މިސައިލެއް ޓެސްޓުކޮށްފައިވާކަމުގައި ޖަޕާނާއި ދެކުނު ކޮރެއާއިން ބުނެފިއެވެ. މި މިސައިލް ޓެސްޓް ކޮށްފައި ވަނީ ހައިޕާސޮނިކް މިސައިލެއް ކަމަށް އުތުރު ކޮރެއާއިން ބުނެފައިވާ މިސައިލެއް ޓެސްޓްކުރިތާ ހަފްތާއެއް ވެސް ފާއިތު ނުވަނީހެވެ. ޖަޕާނުގެ ކޯސްޓް ގާޑުންވެސް ވަނީ މި ޓެސްޓް ފާހަގަކޮށްފައެވެ. ބެލިސްޓިކް މިސައިލެއް ކަމަށް ބެލެވޭ އެއްޗެއް އުތުރު ކޮރެއާއިން ފޮނުވާފައިވާ ކަމަށް ޖަޕާނުން ވަނީ ރިޕޯޓްކޮށްފައެވެ. މި މިސައިލް ވެއްޓިފައި ވަނީ ޖަޕާނުގެ އެކްސްކްލޫސިވް ޒޯނުގެ ބޭރަށެވެ. […]

ޕާކިސްތާން ޠާލިބާނުގެ އިސް ވެރިއަކު އަފްޣާނިސްތާނުގައި މަރާލައިފި

ޕާކިސްތާނުގެ ސެކިއުރިޓީ އޮފިޝަލުން ހާމަކުރާ ގޮތުގައި އިރުމަތީ އަފްޣާނިސްތާނުގައި ޠާލިބާނުގެ ޕާކިސްތާނު ގޮފީގެ އިސް ވެރިއަކު މަރާލައިފިއެވެ. މިހާދިސާ ހިނގާފައިވަނީ ޕާކިސްތާނުގެ ސަރުކާރާއި ޠާލިބާނުންގެ މެދުގައި ދެކެވެމުންދިޔަ ސުލްހައިގެ ވާހަކަތައް މެދުކެނޑިފައިވާ ދަނޑިވަޅެއްގައެވެ. އަލްޖަޒީރާ ނޫހަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވާގޮތުގައި ޚާލިދް ބަލްތީ މަރާލާފައި ވަނީ ޕާކިސްތާނުގެ ބޯޑަރު ކައިރި ނަގްރާހް ޕްރޮވިންސްގައެވެ. ޠާލިބާނުގެ ތަރުޖަމާނެއްގެ ގޮތުގައި ޚާލިދް ބަލްތީ އުޅުނު އިރު އޭނާ މަޝްހޫރުވެފައި ވަނީ މުޙައްމަދު ކުރްސާނީގެ ނަމުންނެވެ. ބަލްތީ މަޝްހޫރުވެފައިވާ ނަން […]

މާލޭ ޖަލުގައި ބަންދުކޮށްފައި ތިބި މީހުންނަށް ބޭސްފަރުވާ ފަސޭހައިން ދެވޭނެ ގޮތެއް ނެތް

މާލޭ ޖަލުގައި މި ވަގުތު ސަތޭކައަށްވުރެ ގިނަ މީހުން ބަންދުގައި ތިބިއިރު އެފަރާތްތަކަށް ބޭސްފަރުވާގެ ޚިދުމަތް ރަނަގަޅަށް ލިބެމުން ނުދާކަމަށް ޖަލުގައި ތިބި މީހުންގެ ޢާއިލާތަކުން އެބަ ބުނެއެވެ. އަދި މީގެ އިތުރުން ޝަރީޢަތް ނިމެންދެން ބަންދުގައި ތިންހަތަރު އަހަރު ވެފައިވާ އެތައް މީހުން ތިބި އިރު އިންސާނަކަށް ވީތީ ލިބެންޖެހޭ އެތަކެއް އަސާސީ ހައްގުތައް ލިބެމުން ނުދާކަމަށް ޖަލުގައި ތިބި މީހުންނާ ޙަވާލާދީ ބައެއް ޢާއިލާތަކުން މަޢުލޫމާތު ދެއެވެ. އެގޮތުން މިހާރު ވެސް މާލޭ ޖަލުގައި […]

ހަނދާންނެތޭ ބަލި ޖެހޭ މީހުންގެ އަދަދު ކުރިޔަށް އޮތް ތިރީހަކަށް އަހަރު ތެރޭގައި ތިންގުނައަށް އިތުރު ވެދާނެ

ޔުނިވަރސިޓީ އޮފް ވޮޝިންގ ޓަންގެ ހެލްތު އިންސްޓިއުޓްއެއްގެ މާހިރުންގެ ގްރޫޕަކުން ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި ދުނިޔޭގައި ހަނދާންނެތޭ ބަލި ނުވަތަ ޑިމެންޝިއާ ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށާއި މި އަދަދު، ދެހާސް ފަންސާސްވަނަ އަހަރު އަންނަންވާއިރު 153 މިލިއަނަށް ވުރެ މަތިވެދާނެ ކަމަށް ދައްކައިފި އެވެ. 2019 ވަނަ އަހަރު މިއަދަދު ހުރީ 57 މިލިއަންގައެވެ. ލާންސެޓް ޕަބްލިކް ހެލްތު ޖާރނަލްގައި ޕަބްލިޝް ކޮށްފައިވާ މި ދިރާސާގައި ބުނާގޮތުން ހަނދާން […]

އޮމިކްރޮން ވޭރިއަންޓް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޔޫރަޕްގެ ދެބައިކުޅަ އެއްބަޔަށް ފެތުރިދާނެ

ކޮވިޑް-19ގެ އަލަށް ފެތުރެން ފަށާފައިވާ ވޭރިއަންޓް ކުރިޔަށް އޮތް ހައެއްކަ ހަފުތާ ތެރޭގައި މުޅި ޔޫރަޕްގެ ދެބައިކުޅަ އެއްބަޔަށް ފެތުރުމުގެ ފުރުސަތު އެބައޮތްކަމަށް ބުނެ ޑަބްލިއު އެޗްއޯ އިން އެކަމުގެ އިންޒާރު ނެރެފިއެވެ.  ޑަބްލިއު އެޗް އޯގެ އިސް އޮފިޝަލް ޑޮކްޓަރ ހާންސް ކްލޫޖް މިފަދަ އިންޒާރެއް ނެރުއްވާފައި ވަނީ ސިއޭޓްލްގެ އިންސްޓިޓިއުޓް ފޯ ހެލްތު މެޓްރިކްސްއިން ކޮށްފައިވާ ފޯކާސްޓްއަކަށް ނިސްބަތް ކުރައްވާފައެވެ. އޭނާ ވިދާޅުވީ މިވަގުތު ދަނީ ޔޫރަޕްގެ ހުޅަނގު ފަޅިން އިރުމައްޗަށް ބަލި ފެތުރުމުގެ […]