މަހްލޫފްގެ ޝަރީއަތް ބުދަ ދުވަހު

Loading

Facebook
Twitter
WhatsApp

 

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި ގުޅިގެން  ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް  އަންނަ ހަފްތާގެ ބުދަ ދުވަހު ފެށުމަށް ތާވަލް ކޮށްފިއެވެ.

ޕީޖީ އޮފީހުން މަހުލޫފަށް ދައުވާއުފުލައި ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.

މަހްލޫފަށް ދައުވާކުރަން ފޮނުވުމަށްފަހު އޭސީސީން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދެއްވުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 ޔޫއެސް ޑޮލަރު މަހްލޫފަށް ލިބިފައިވާ ކަން އެނގޭ ކަމަށެވެ.

އެސްއޯއެފްގެ ޗެކަކުން މަހްލޫފުގެ އެކައުންޓަށް 33,000 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަހްގީގުން އެނގެންއޮތްއިރު، އެ ވޯޓަށްފަހު ކުރީގެ ނާއިބުރައީސް އަހްމަދު އަދީބު އާއި މަހްލޫފްއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް މަހްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހްތަކާއި ގުޅުވުމުން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ އަދީބު ދީފައިވާ ރިޝްވަތުގެ ފައިސާކަން އެގެން އޮތްކަމަށް ވެސް ބުނެފައި ވެއެވެ.
މިމައްސަލައިގެ އަޑުއެހުން ތާވަލް ކޮށްފައިވަނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ހެނދުނު 11 ޖަހާއިރުއެވެ.

މަހްލޫފްގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެއްޖެނަމަ، ގިނަވެގެން ހަތް އަހަރަށް އޭނާ ޖަލަށްލާން ނުވަތަ ގޭ ބަންދު ކުރަން ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެއެވެ. އަދި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އޭނާގެ މައްޗަށް އަތުވެއްޖެ ނަމަ އޭނާގެ ވަޒީރުކަމުގެ މަގާމު ވެސް ގެއްލޭނެއެވެ.

މި މައްސަލާގައި މަހުލޫފު ވަނީ ވަރަށް ބޮޑަށް އޭސީސީއަށް ފާޑުވިދާޅުވެ އޭނާގެ މަށްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

 

Loading

One Response

  1. ކުރިން ބުނީ ތިމަންނަ އެމްއެމްޕީރސ ގެ އެއްވެސް ފައިސާއެއް ލިބިފަނުވެޔޭ. ދެން ބުނީ އެއީ ތިމަންނަ އެތަނުގެ ކުދިން ކޮޅެއް އަތުން ގަތް ޑޮލަރޭ. ދެން ބުނީ އެއްވެސް ތަޙުގީގެއް ހިނގައި ޒިންމާނަގަން ޖެހޭކަމަށް ވަންޏާ އިސްތިޢުފާދޭނަމޯ. ދެން ބުނީ ދައުވާކުރާހިސާބުން އިސްތިޢުފާދޭނަމޯ. މިހާރު ދައުވާވެސް އެކުރަނީ. އެހެނަސް ފެންނަނީ ދަންނަ އެންމެންކައިރީ ރޯ ހޭރި އާދޭސް ކޮށްގެން މިނިސްޓަރުކަމުގައި ހުރެވޭތޯ. ހެޔޮވާނީ ކިހިނެއްތޯއެވެ. މިފަދަ މީހުންގެ އެއްވެސް އަގެއްނެތެވެ. ދެން ބުނާނީ މަމީ ސިޔާސީ މީހެކޭ. ހެހެހެހެ . ސިޔާސީ މީހުނަށްވަނީ މިފަދަ ދޮގުހަދާ މީހުނަށް ދޯކާދީ ސިޔާސީ ދެކޮޅުވެރިންނަށް ތެދެއް ދޮގެއް ބެލުމެއްނެތި ކުރިދޮށިން ދޭމީހުން. އެހެންކަމަށް ވަންޏާ ތިބޭފުޅާ މާސްޓަރޑިގުރީ އެކަމުން ލިބިފައިވާ ކަމަށް ބެލިދާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް