އޭލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

Loading

Facebook
Twitter
WhatsApp

 

 

މިދިޔަ އޮކްޓޫބަރު / ނޮވެމްބަރުގައި ބޭއްވި އޭލެވެލް އިމްތިހާނުތަކުގެ ނަތީޖާ މިއަދުން ފެށިގެން ދޫކުރަން ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނީ އޮކްޓޫބަރު / ނޮވެމްބަރުގައި ބޭއްވި އެޑެކްސެލް އޭލެވެލް އިމްތިހާނުގެ ނަތީޖާ މިއަދުން ފެށިގެން ދޫކުރާނެ ކަމަށެވެ. އަދި ދަރިވަރުންގެ  ނަތީޖާ ދޫކުރަކީ ދަރިވަރު އިމްތިހާނު ހެދި ސެންޓަރުން ކަމަށްވެސް ޑީޕީއީން ބުނެއެވެ.

ރާއްޖެއިން 1300 އަށްވުރެ ގިނަ ދަރިވަރަކު ބައިވެރިވި މި އިމްތިހާން ވެގެންދިޔައީ ކޮވިޑާއި ގުޅިގެން ގިނަ ދަތިތަކެއް ކުރިމަތިކުރުވި އިމްތިހާނަކަށެވެ.

އިމްތިހާނު އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. ނަމަވެސް ގިނަ ކަރުދާސްތަކެއް ލީކުވަމުން ދިއުމުގެ ސަބަބުން އެޑިއުކޭޝަން މިނިސްޓްރީން ވނީ އެ އިމްތިހާނު ކެންސަލް ކުރުމަށް ފަހު މިދިޔަ އޮކްޓޯބަރު/ނޮވެމްބަރު އިންޓޭކުގައި އޭ ލެވެލް އިމްތިހާން ކުރިއަށް ގެންގޮސްފައެވެ.

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް