ގުދަންތައް ރަނަށް

Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp
ގުދަންތައް ރަނަށް

 

ދުނިޔޭގައި މިވަގުތު އެންމެ އަގުބޮޑު މުދަލަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެއީ ވިދާ ބަބުޅާ ރަންރިއްސާއި ޖަވާހިރު ނުވަތަ ލަގްޒަރީ ހިފައިގެންގުޅޭ ފަދަ އެއްޗެއްނޫނެވެ. އެއީ މުދާ ގުދަން ކުރެވޭ ގޮތަށް ހުންނަ ގުދަން ޖާގަ ތަކެވެ.

މައިގަޑު ގޮތެއްގައި މިބަދަލު އައިސްފައި ވަނީ ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ނުރައްކާތެރި ބައްޔާ ގުޅިގެން ގޭގައި ތިބެ އޮންލައިންކޮށް ވިޔަފާރި ކުރުން ވަރަށް ވެސް ބޮޑުތަނުން އިތުރު ވެފައިވާތީ ރީޓެއިލް ވިޔަފާރި ކުރާ ފަރާތްތަކުން މުދާ ބެހެއްޓުމަށް އިތުރު ގޮތްތަކެއް ހޯދަން ޖެހުމާ ގުޅިގެންނެވެ.

ކޮވިޑްގެ ޕެންޑަމިކް 2019ގެ ފަހުކޮޅު ފެށުނު ފަހުން އޮންލައިން ވިޔަފާރި ވަރަށް ބޮޑަށް ފުޅާވެ 43.5 އިންސައްތައިން އިތުރުވެފައި ވާކަމަށް ރިކޯޑްތަކުން ދައްކައެވެ. މިގޮތުން އަގުގެ ގޮތުން ބަލާއިރު އެއީ 2.87 ޓްރިލިއަން ޑޮލަރުގެ މުދަލުގެ ވިޔަފާރި އެވެ.

އޮންލައިން ވިޔަފާރި ފުޅާވެގެން ދިއުމުގެ ސަބަބުން ސަޕްލައި ޗެއިން ތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ވެއެވެ. އޭގެތެރޭގައި ފެކްޓަރީ ތަކުގެ އުފެއްންތެރިކަން އިތުރު ކުރަންޖެހުމާއި ޝިޕިންގ އިންޑަސްޓްރީއަށް އައި ބަދަލުތަކުގެ އިތުރުން ލޮރީ ޑްރައިވަރުން ފަދަ މީހުންނަށްވެސް ވަނީ ބޭނުން ޖެހިފައެވެ.

މިގޮންޖެހުންތަކާ އެންމެ ބޮޑަށް ކުރިމަތިލާން ޖެހިފައިވަނީ އޭޝިޔާ ސަރަހައްދުގައެވެ. އެހެނީ އޮންލައިން ވިޔަފާރީގައި ވިއްކާ މުދަލުގެ ބޮޑު ބައި އުފައްދަމުން ގެންދަނީ އޭޝިޔާގައި ގާއިމު ކޮށްފައިވާ ފެކްޓަރީ ތަކުގައި ކަމަށްވާތީ އެވެ.

 

 

ފަހުގެ އަޕްޑޭޓް