އޮމިކްރޮން ވޭރިއަންޓް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޔޫރަޕްގެ ދެބައިކުޅަ އެއްބަޔަށް ފެތުރިދާނެ

Loading

Facebook
Twitter
WhatsApp

ކޮވިޑް-19ގެ އަލަށް ފެތުރެން ފަށާފައިވާ ވޭރިއަންޓް ކުރިޔަށް އޮތް ހައެއްކަ ހަފުތާ ތެރޭގައި މުޅި ޔޫރަޕްގެ ދެބައިކުޅަ އެއްބަޔަށް ފެތުރުމުގެ ފުރުސަތު އެބައޮތްކަމަށް ބުނެ ޑަބްލިއު އެޗްއޯ އިން އެކަމުގެ އިންޒާރު ނެރެފިއެވެ.

 ޑަބްލިއު އެޗް އޯގެ އިސް އޮފިޝަލް ޑޮކްޓަރ ހާންސް ކްލޫޖް މިފަދަ އިންޒާރެއް ނެރުއްވާފައި ވަނީ

ސިއޭޓްލްގެ އިންސްޓިޓިއުޓް ފޯ ހެލްތު މެޓްރިކްސްއިން ކޮށްފައިވާ ފޯކާސްޓްއަކަށް ނިސްބަތް ކުރައްވާފައެވެ. އޭނާ ވިދާޅުވީ މިވަގުތު ދަނީ ޔޫރަޕްގެ ހުޅަނގު ފަޅިން އިރުމައްޗަށް ބަލި ފެތުރުމުގެ ވަރުގަދަ އޮއިވަރެއް ހިނގަމުންނެވެ.

ޖަނަވަރީ ފުރަތަމަ ހަފުތާގައި ޔޫރަޕުގެ އެކި ގައުމުތަކުން ހަތް މިލިއަން މީހުން ނަށް އަލަށް

 ބަލިޖެހިފައި ވެއެވެ. އޮމިކްރޯން ކޭސްތައް ދެ ހަފުތާ ތެރޭގައި ވަނީ ދެގުނަޔަށް ވުރެ އިތުރު ވެފައެވެ.

 އިގިރޭސި ވިލާތަށް ބަލާއިރު ހޯމަ ދުވަހު އެކަނި 142,224 އިތުރު ކޭސް އަދި 77 މަރު ރިޕޯޓް ކޮށްފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް