ހަނދާންނެތޭ ބަލި ޖެހޭ މީހުންގެ އަދަދު ކުރިޔަށް އޮތް ތިރީހަކަށް އަހަރު ތެރޭގައި ތިންގުނައަށް އިތުރު ވެދާނެ

Loading

Facebook
Twitter
WhatsApp

ޔުނިވަރސިޓީ އޮފް ވޮޝިންގ ޓަންގެ ހެލްތު އިންސްޓިއުޓްއެއްގެ މާހިރުންގެ ގްރޫޕަކުން ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި

ދުނިޔޭގައި ހަނދާންނެތޭ ބަލި ނުވަތަ ޑިމެންޝިއާ ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށާއި މި އަދަދު، ދެހާސް ފަންސާސްވަނަ އަހަރު އަންނަންވާއިރު 153 މިލިއަނަށް ވުރެ މަތިވެދާނެ ކަމަށް ދައްކައިފި އެވެ. 2019 ވަނަ އަހަރު މިއަދަދު ހުރީ 57 މިލިއަންގައެވެ. ލާންސެޓް ޕަބްލިކް ހެލްތު ޖާރނަލްގައި ޕަބްލިޝް ކޮށްފައިވާ މި ދިރާސާގައި ބުނާގޮތުން ހަނދާން ނެތޭބަލި ޖެހުން އިތުރުވާނެ ކަމަށް ބޮޑަށް ބެލެވެނީ ސިއްހީ ގޮތުން ރައްކާތެރިނޫން ދިރިއުޅުމުގެ އާދަކާދަތަކުން ނެވެ.

މިގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުން އަދި އާދަޔާ ޚިލާފަށް ފަލަވުން މައިގަޑު ސަބަބުތަކުގެ ތެރޭގައި އެބޭފުޅުން ފާހަގަ ކުރައްވާފައި ވެއެވެ.

ސަތޭކަ ނުވަދިހަ ފަސް ގައުމަކުން މައުލޫމާތު އެއްކޮށްގެން ހަދާފައިވާ ސްޓަޑީގެ ބޭނުމަކީ މަސްއަލައާ ކުރިމަތިލުމަށް ސަރުކާރުތަކުން ވާންޖެހޭ ތައްޔާރީތަކުގައި އެހީވުން ކަމަށް ދިރާސާ ހެއްދެވި ސިއްހީ މާހިރުން ވިދާޅުވެފައިވެއެވެ.

ޑިމެންޝިޔާއަކީ މިހާރު ވެސް ދުނިޔޭގައި އެބައްޔެއްގައި ހަތްވަނަޔަށް އެންމެ ގިނައިން މީހުން މަރުވާ ބައްޔެވެ.

އަންދާޒާތައް މިހެން ހުރިނަމަވެސް ބައްޔާމެދު ހޭލުން ތެރިކަން އިތުރުކޮށް، ފިޔަވަޅުތައް އަޅައިފިނަމަ ހާލަތު އެހާ ގޯސް ނުވެ ހިނގައިދާނެ ކަމަށް ވެސް މާހިރުން ވިދާޅުވެފައި ވެއެވެ.

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް