ސްޕްރީމް ކޯޓުން ޕީޖީގެ ވަކީލުން ޖޫރިމަނާކޮށްފި

    ސްޕްރީމް ކޯޓުން ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލުން ޖޫެރިމަނާކޮށްފިއެވެ.   ކޯޓުން ޕީޖީ އޮފީހުގެ ވަކީލުން ޖޫރިމަނާ ކުރީ ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު 12 އަހަރަށް ޖަލަށްލުމަށް ހުކުމްކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމަށް ގަޑިޖެހިގެން ހާޒިރުވުމުން ންނެވެ. އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ޝަރީއަތް މިއަދު ހެނދުނު 9:00 އަށް ޝަރީއަތް ފެށުމަށް ހަމަޖައްސާފައި އޮތްއިރު  ޕީޖީ އޮފީހުގެ ވަކީލުންނަށް […]

​ސިނަމާލޭ ބްރިޖުގެ ބައެއް ލޭންތައް ބަންދު ކުރަނީ!

​މިރެއިން ފެށިގެން ސިނަމާލެ ބުރިޖުގެ ލޭންތަކެއް ވަގުތީ ގޮތުން ބަންދުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.   ​ޓްރެފިކް ފުލުހުން މިއަދު ކުރި ޓުވިޓެއްގައި ވިދާޅުވީ، މިރޭ 23:30އިން ފެށިގެން މާދަމާ ފަތިހު 5:00 ޖެހުމާއި ހަމައަށް ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ލޭން ބަންދުވާނެ ކަމަށާއި މާދަމާ ރޭ 23:30 އިން ފެށިގެން އޭގެ އަނެއް ދުވަހު ފަތިހު 5:00 ޖެހުމާއި ހަމައަށް މާލެއިން ހުޅުމާލެ ދަތުރު ކުރާ ލޭން ބަންދު ވާނެ ކަމަށެވެ.   ​މި […]

ސަރުކާރަށް ތިން އަހަރު: ވައުދު ކަނޑަންވީ ވައުދުން

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަތިވެރި މަގާމާ އިބްރާހީމް މުޙައްމަދު ޞާލިޙު ހަވާލުވެވަޑައިގެންނެވިތާ ބަރާބަރު ތިން އަހަރު ފާއިތުވެގެން ހިނގައްޖެއެވެ. އެއްބަޔަކު ރައީސް ޞާލިޙުގެ ތިން އަހަރަށް އޭ ޕްލަސް ދީ ތައުރީފާއި ސަނާ ކިޔަމުންދާއިރު އަނެއްބަޔަކު ދަނީ ރައީސް ޞާލިޙުގެ ތިން އަހަރަކީ ގައުމަށާއި ރައްޔިތުންނަށް ކުރިމަތިވި ނާކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާކުރެއްވުމަށްފަހު، 17 ނޮވެންބަރު 2018ގައި ޤައުމާ މުޚާޠަބު ކުރައްވައި ވަރަށް މުހިއްމު […]

ޢާމިރު ޚާންގެ ”ލާލު ސިންގް ޗަޑާ“ ދައްކަން ފަށާނީ އަންނަ އަހަރު އޭޕްރީލް މަހު

ހިންދީ ފިލްމީ ދުނިޔޭގައި މަޝްހޫރު ކަމާއި މަގުބޫލުކަން ހޯދާފައިވާ ޢާމިރު ޚާން ކުޅެފައިވާ ”ލާލު ސިންގް ޗަޑާ“ ސިނަމާތަކުގައި ދައްކަން ފަށާ ތާރީޚު އަނެއްކާވެސް ފަސްކޮށްފިއެވެ. ޢާމިރު ޚާންގެ ފިލްކުންފުނިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ފިލްމު އަޅުވާ ތާރީޚާއި ފިލްމުގެ އައު ޕޯސްޓަރުގެ މައުލޫމާތު ހާމަކުރެވޭތީ އުފާވާކަމަށެވެ. އެ ފިލްމު އަޅުވަން މިހާރު ކަނޑައަޅާފައި ވަނީ 14 އޭޕްރީލް 2022 ގައެވެ. ފިލްމުގެ ބަޠަލާ ކަރީނާ ކަޕޫރު ވެސް ވަނީ ފިލްމުގެ ޕޯސްޓަރާއި ފިލްމު އަޅުވާނެ […]

ލޯބީގެ މަންޒިލު-12

http://sandhaanu.today/16799/ އާ ގުޅޭ މަޑުމަޑުން ދޮރު ހުޅުވުމަށްފަހު އޭނާ ބޭރަށް ނިކުމެއްޖެއެވެ. އަދި ދޮރު ހުޅުވި ވަރަށްވުރެ މަޑުމަޑުން ދޮރުފަތް ލެއްޕުމަށްފަހު އެނބުރި އަޅައި އިތިކޮށް ދުއްވައިގަތެވެ. ފަހަތަށް އެނބުރި ބަލާލުމެއްނެތި ބާރަށް ދުވެފައި ގޮސް އޭނާ ހުއްޓުނީ ޖުހޫގެ ބަސް ހުއްޓި ކައިރިއަށެވެ. އޭނާ ހުރީ މާނޭވާ ލެވިފައެވެ. ބަހަށް މީހުން އަރާ ސަފުގައި ހުއްޓި ހުރެ ޖީބަށް އަތްބާނައި އޭނާ ޖީބު ރަނގަޅަށް ބަލައިލިއެވެ. އެ ވަގުތު އޭނާގެ ހުރިހާ ހިއްސުތަކެއްގެ ބާރު އަނެއްކާވެސް ކެނޑުނުހެން […]

އިސްލާމްދީނުގައި ފެންނަން އޮތީ މެދުމިނުގެ އެންމެ މަތިވެރި އުސޫލް ތައް: ރައީސް

  އިސްލާމް ދީނުގައި ފެންނަން އޮތީ މެދުމިނުގެ އެންމެ މަތިވެރި އުސޫލް ތައްކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ކީރިތި ގުރުއާނާބެގޭ ގައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ހަރުކަށި ފިކުރަކީ އިސްލާމީ ތަރުބަވީ އަހްލާގް ދަންނަ އެއްޗެއް ނޫންކަމަށެވެ. “ އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކު ގެންގުޅޭ ހަރުކަށި ފިކުރަކީ، އިސްލާމީ ތަރުބަވީ އަހްލާގު ދަންނަ އެއްޗެއް ނޫން. އަޅުގަނޑުމެންނަށް އިސްލާމްދީނުން ފެންނަން އޮތީ، އިޖުތިމާއީ […]

ރަށުން ބޭރުގައި ޙާފިޡްކަން ކިޔެވުމަށްދާ ހަރަދު ސަރުކާރުން ހަމަޖައްސައިދޭނަން: ރައީސް

  ރަށުން ބޭރުގައި ޙާފިޡްކަން ކިޔަވަން ބޭނުންވާ ދާރިވަރުންގެ ހަރަދު ސަރުކާރުން ހަމަޖައްސައި ދޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަ ފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ޖަޒީރާ ތަރައްގީގެ އެންމެ މައި ތަނބަކީ ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ދީނީ އިލްމު އުނގަންނައިދީ ފެތުރުން ކަމަށާ އިލްމު އުގެންނެވުމަށް ސަރުކާރުން ގިނަ ކަންތައްތަކެއް ކުރައްވާކަމަށެވެ. “  މިގޮތުން، މިހާރުވެސް އިތުރު ކަންތައްތަކެއް […]

އެމް.ޑީ.ޕީ އިން ޔޫޓީއެފް އެގްރިމަންޓް ސިއްރުކުރަނީ ބޮޑުންގެ ޖީބަށްޓަކާ

އެމް.ޑީ.ޕީ އިން ނަޝީދު އިސްވެހުރެ ޔޫޓީއެފް އެގްރިމަންޓް ސިއްރުކޮށް އިންޑިޔާ މިލިޓަރީ ދިވެހި ފަސްގަނޑުގެ އެކިެއެކި ދިމާލުގައި ޤާއިމްކޮށްގެން ޙީލަތްތެރި ކަމާއެކު އެކުރާ ޤާނޫނާ ޚިލާފު ކަންކަން ދިވެހި ރަށްޔިތުން ބަލައެއް ނުގަންނަގަކަން މިހާރު ކަށަވަރުވެއްޖެއެވެ. އެމްޑީޕީގެ އިސް މެމްބަރެއް ކަމުގައިވާ ކަނޑުވައި އިބްރާހީމް ރަޝީދު ވިދާޅުވީ އެ އެގްރިމަންޓްތައް ރަށްޔިތުންނަށް ދައްކަން ނުކެރިގެން އުޅެނީ ނަޝީދު ގެންގުޅޭ އެމްޑީޕީގެ ބޮޓުންކޮޅު ބުހުތާން ދޮގުފަތުރައި އަދި އެހެން ފަރާތްތަކާއ ފުރައްސާރަކޮށް އޮޅުވާލައިގެން އެ އެގްރިމަންޓްތަށް ނުދައްކާ ފަރުޖެއްސޭނެ […]

ތިނަދޫން މީހުން ބޭލުމުގެ ތެރެއިން – 2

  ބަލިހާލު ބޮޑުވެ އެއްވެސް ފަރާތެއްގެ އެހީތެރިކަމެއް ނުލިބި މި ދުނިޔެ ދޫކުރި ”ރައްކޮޅާ“އަކީ އުފެދުމުގައި ވެސް އަންހެން މިޒާޖެއް ހުންނަ ޒުވާނެކެވެ. އެހެންކަމުން ގޭގެއަށް ގޮސް ހަވާދު ފުނޑައިދީ ހުނިގާނައިދީ ލަވަކިޔައިދީ އުޅުނު ޒުވާނެއްވެސް މެއެވެ. އެހެނަސް މަދު މީހަކު ފިޔަވައި އެހެން އެންމެންނަކީ އެއްފަހަރު ކާނެއެތިކޮޅެއް ނެތިގެން އުޅޭ މީހުންނެވެ. ފަސްދުއަށް ހިޖުރަ ކުރި މީހުންނެކޭ އެރަށުގެ އުފަން ރައްޔިތުން ނެކޭ އުޅެމުން ދިޔައީ އެއްޙާލެއްގައެވެ. އެހެން ކަމުން ރައްކޮޅާއާ އަޅާލާނެ އެއްވެސް ފުދުންތެރިއަކު […]

ހަމާސް ޖަމާއަތަކީ ޓެރަރިސްޓު ޖަމާއަތެއް: އިނގިރޭސިވިލާތް

ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ލޭބަލް ކުރުމަށް އެދި ހުކުރު ދުވަހު އެ ގައުމުގެ ޕާލަމެންޓަށް އިނގިރޭސިވިލާތުގެ ދާޚިލީ ވަޒީރު ޕްރިތީ ޕަޓޭލް ބިޑެއް ހުށަހަޅައިފިއެވެ. އެކަމާ ގުޅޭ އަޑުއެހުންތަކާއި ތަހުގީގުތައް އަންނަ ހަފްތާއިން ފެށިގެން ކުރިއަށް ދާނެ ކަމަށް ޕާލިމެންޓުން ވަނީ މައުލޫމާތު ދީފައެވެ. އިނގިރޭސިވިލާތުގެ ޕާލަމެންޓުން ހަމާސް ޖަމާއަތަކީ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ކަނޑަ އަޅައިފި ނަމަ އެ ޖަމާއަތުގައި ހިމެނޭ ހުރިހާ އެންމެންގެ މައްޗަށް 14 އަހަރުގެ ޖަލު ހުކުމެއް އިއްވުން […]