އެމް.ޑީ.ޕީ އިން ޔޫޓީއެފް އެގްރިމަންޓް ސިއްރުކުރަނީ ބޮޑުންގެ ޖީބަށްޓަކާ

Loading

Facebook
Twitter
WhatsApp

އެމް.ޑީ.ޕީ އިން ނަޝީދު އިސްވެހުރެ ޔޫޓީއެފް އެގްރިމަންޓް ސިއްރުކޮށް އިންޑިޔާ މިލިޓަރީ ދިވެހި ފަސްގަނޑުގެ އެކިެއެކި ދިމާލުގައި ޤާއިމްކޮށްގެން ޙީލަތްތެރި ކަމާއެކު އެކުރާ ޤާނޫނާ ޚިލާފު ކަންކަން ދިވެހި ރަށްޔިތުން ބަލައެއް ނުގަންނަގަކަން މިހާރު ކަށަވަރުވެއްޖެއެވެ.

އެމްޑީޕީގެ އިސް މެމްބަރެއް ކަމުގައިވާ ކަނޑުވައި އިބްރާހީމް ރަޝީދު ވިދާޅުވީ އެ އެގްރިމަންޓްތައް ރަށްޔިތުންނަށް ދައްކަން ނުކެރިގެން އުޅެނީ ނަޝީދު ގެންގުޅޭ އެމްޑީޕީގެ ބޮޓުންކޮޅު ބުހުތާން ދޮގުފަތުރައި އަދި އެހެން ފަރާތްތަކާއ ފުރައްސާރަކޮށް އޮޅުވާލައިގެން އެ އެގްރިމަންޓްތަށް ނުދައްކާ ފަރުޖެއްސޭނެ ކަމަށް ޤަބޫލު ކުރެވޭތީކަމުގަައެވެ.

އެހެނަސް އެއީ ވަރަށް ކުށް ހީއެއްކަމުގައެވެ. ރަޝީދު ވިދާޅުވީ އެފަދަ ދައުލަތާއި އިދިކޮޅު ޢަމަލު ހިންގާ ދިވެހިންގެ ތެރެއިން އޮޕަރޭޓުކުރާ ޣައްދާރުންނަށް ދިވެހި ރައްޔަތުން ފުރުޞަތު ނުދެއްވާނެކަމަށެވެ. އެއީ މިހާތަނަށް އެކަންވެފައިއޮތް ގޮތްކަމަށާއި ތާރީޚު އަލުން ރިޕީޓްވާނޭކަމުގައެވެ. ދިވެހިންނަކީ އެމީހުނގެ ގައުމިއްޔަތާއި ދައުލަތް ވިއްކާލަން އެއްބަސްވާނެބައެއް ނޫންކަމުގައެވެ.
އެމްޑީޕީ ގެ ސެކްރެޓޭރަށް ފޮނުއްވި މެސެޖެއްގައި ރަޝީދު އިތުރަށް ވިދާޅުވެފައިވަނީ އެމްޑީޕީގެ ބޮޓުންގެ ގޮފިން ބަޔާންތައްނެރެ މަޖިލީހުގައި ތިބި ބޮޓުންކޮޅެއްލައްވާ، ރައްޔަތުން ކުރިއަށް ގެންދާ ”އިންޑިއާ މިލިޓިރީ އައުޓް“ ކެމްޕޭން ޖެއްސުމުން ދިވެހިންނަށް އިންޑިއާގެ އެނހީ ނުލިބި ރޯދި ބަރަކާތް ކެނޑިގެންދާނެކަށް މަޖިލިސްތަޅުމުގައި ގޮވަނީ އެމީހުންގެ ”ޖީބަށްޓައި“ ޕޮލިސީގެ ދަށުންކަމުގައެވެ. ހަމަ ހިލާ އެހެނަކުން ނުވާނޭކަމާއި އިންޑިއާގެ މިލިޓެރީ ޖެހޭނީ ރާއްޖެ ދޫކޮށް ދާންކަމުގައި ރަޝީދު ވިދާޅުވިއެވެ. އަދި އިންޑިޔާ ގެ ނޫސްތައް ބޭނުންކޮށްގެން އިންޑިޔާގެ ޕަބްލިކަށް “ އިންޑިއާ މިލިޓަރީ އައުޓް“ މައްސަލަ އޮޅުވާލަން ކުރާމަސައްކަތް ވަގުތުން ވަގުތައް ހުށްޓާލުމަށްވެސް ގޮވާލެއްވިއެވެ.

އެ އެއްބަސްވުގެ ނުރައްކާތެރިކަން ދިވެހިންނަށް އެގެންޖެހޭކަމާއި އެހެނީ އެ އެގްރީމެންޓް ތަކުގެ ދަށުން އިންޑިޔާ ގެ ސިފައިންނާއި ކޮންޓްރެކްޓަރުންނާއި މަސައްކަތު މީހުން އެއްވެސް ހައްދެއްނެތި  ރާއްޖެ އެތެރެވުމާ، ރާއްޖޭގަ ތިބުމާއި އެމީހުން ކުރާ އެއްވެސް ކަމަކުން ދިމާވާ ގެއްލުމެއް ނުވަތަ ޢާއްމު ރަށްޔިތުންތަކެއް އެމީހުންގެ އޮޕަރޭޝަނަކުން މަރުވެދިއަޔަސް އެމީހުންނާ ދަޢުވާ ނުކުރެވޭނެ ކަމަށް އެއްބަސްވުމަކީ ގައުމަށްޓަކާ ރައްޔަތުންނަށްޓަކާ ދީނަށްޓަކާ ވެވޭނީ އެންމެމަތީ ޣައްދާރުވުމެވެ. ދިވެހި ޤާނޫނު އިންޑީ މީހުންގެ މައްޗަށް ނުހިނގާ އެމީހުން ރާއްޖެ އައުމާ ދިއުމުގަ އިމިގްރޭޝަން، ކަސްޓަމްސް ގެ ހުއްދަ ހޯދަން ނުޖެހޭކަމީ ކިހާނުރައްކާތެރި ކަމެއްކަން ދިވެހި އެންމެހާ ރައްޔަތުން ވިސްނުމަށްވެސް ގޮވާލެއްވިއެވެ.

އުތުރު ތިލަފަޅު މެނޭޖް ކުރާނީ އިންޑިޔާ ސިފައިންނާ ދިވެހި ސިފައިންގެ ޖޮއިންޓް ގްރޫޕަކުންކަމަށް ބުނާއިރު އެތަންވެސް ހަދަން ނަގާ ހުރިހާ ފައިސާ އަކީ އަނބުރާ ދައްކަން ޖެހޭ ބޮޑު އިންޓުރަސްޓައިއެކު އަޅުވެތިކުރުމަށް ދީފައިވާ ދަރަނި ގޯންނި ތަކެކެވެ. އަދި އިންޑިއާއަށް އެހުރިހާ ފައިސާއެއް އަނބުރާދާގޮތަށް އެވަނީ ހަމަ ޖައްސާފައެވެ. އެހެނީ އެ ދަރަނިތަށް ދިވެހި ރައްޔަތުންގެ ބޮލުގައި އަޅުވައި އެދިން އިންޓްރަސްޓްބޮޑު ލޯނުގެ އެންމެހާ ފައިސާއެއްވެސް ޚަރަދުކުރަނީ އިންޑިއާއިން ތަކެތި އިމްޕޯޓްކުރުމާއި އިންޑިއާގެ ކޮންޓްރެކްޓަރުންނާއި މަސައްކަތު މީހުންގެ ޚަރަދަށެވެ. ރައްޔަތުން ދެވަނަފަހަރަށް ވެރިކަން ޙަވާލުކުރުމުން މިފަދަ ޙީލަތްތެރި ރޭވުންތައް ރާވާ ގައުމަށް މަފަދަ ޣައްދާރުވާ ހެޔޮވާނީ ކިހިނެއްތޯ ރަޝީދު ސުވާލުކުރެއްވިއެވެ.

ނުވިތާކަށް ދެންވެސް ރަށްޔިތުމީހާ ގެ ޓެކްސް ފައިސާ އިން ލޯނު ދައްކާފަ އިންޑިޔާ ސިފައިންނާ ދިވެހި ސިފައިންގެ ހުރިހާ ޚަރަދެއް ބަލަހައްޓާ ދީފަ އަދި އެ މިލިޓަރީ ގެ މައްޗަށް ޤާނޫނު ތަންފީޒު ނުކުރެވޭ ގޮތަށް ރާއްޖޭގެ އެކި ހިސާބުގަ ތިބުމަށް ކިޔަނީ ”ރާއްޖެ ވިއްކާލުން“ އެހެން ކޮންކަމެއްތޯއެވެ. ހަރުއަޑުން އިންޑިއަށް ނޫނެކޭ ބުނެ އިންޑިއާ އަށް ގައުމު ވިއްކާލި ޣައްދާރުން އަވަހަށް ވެރިކަމުން ދުރުކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލެއްވިއެވެ.

Loading

One Response

  1. ނަަޝީދަކީ ގައުމަށް ހުރި ބޮޑު ނުރައްކަލެއްތާ އެވެ. އޭނަ ފަރަންޖީ ވިލާތުގައި ޗަރުކޭސް ކުޅެން ހުރިނަމަ ކިހާ ރަނގަޅުވީސްތަޯއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް