ތައިވާންގެ ސަރަހައްދަށް އެމެރިކާ އަދި ކެނެޑާގެ މަނަވަރުތައް ވަނުމުން ޗައިނާއިން ނުރުހުން ފާޅުކޮށްފި

ތައިވާނާއި ޗައިނާގެ މެދުގައި އޮންނަ ތައިވާން ސްޓްރެއިޓްގެ ތެރެއިން އެމެރިކާ އަދި ކެނެޑާގެ ހަނނގުރާމަ މަތީ އުޅަނދުތަކެއް ފާއިތުވި ހަފުތާގައި ދަތުރުކުރުމާ ގުޅިގެން ޗައިނާގެ ޢަސްކަރިއްޔާއިން އެކަން ކުށްވެރި ކޮށްފިއެވެ. ޗައިނާއިން ބުނި ގޮތުގައި އެމެރިކާއިން ދަނީ ސަރަހައްދުގެ އަމާންކަން ނަގާލުމަށް މަސައްކަތް ކުރަމުންނެވެ. ޗައިނާގެ ޕީޕްލްސް ލިބަރޭޝަން އާމީގެ އީސްޓަން ތިއަޓާގެ ކޮމާންޑުން ބުނި ގޮތުގައި، ޗައިނާގެ ޢަސްކަރިއްޔާއިން ވަނީ އެ ދެ އުޅަނދު ތައިވާން ސަރަހައްދުން ކުރި ދަތުރު ނިމެންދެން މޮނިޓާ ކޮށްފައެވެ. ”އެމެރިކާ […]

ރާއްޖެއަކީ ބިރުވެރިކަމާއި ނާމާން ކަމުން ފުރިގެންވާ ކިއްލާއަކަށް ބަދަލުވާން ފަށައިފި

ވެރިކަން ކުރާ ސިޓީ އާއި ރާއްޖޭގެ އެހެނިހެން ރަށްތަކުން މިހާރު ފެންނަމުން މިދަނީ ބިރުވެރި ކަމާއި ނާމާންކަން އިންތިހާއަށް ބޮޑުވެފައި ވާ މަންޒަރެވެ. އެ ގޮތުން މަގުމަތިން މީހުން ކަތިލުމާއި ބޮންގޮއްވުމާއި އިންސާނުން ކަތިލާފައި ގޯނިގޯންޏަށް އާޅާފައި ވަޅަށްލުންފަދަ ބިރުވެރި ކާރިސާތަކާ ރައްޔިތުން މި ވަނީ ކުރިމަތިލާން ޖެހިފައެވެ. މާލޭ ސިޓީގައި އޭޓީ އެމް ބެހެއްޓި ދުވަސްވަރު ގައިބާރު ދެރަ މުސްކުޅިން އޭޓީއެމް ތަކުގެ ސެކިއުރިޓީ ކުރަން ތިއްބެވެ. މިހާރު އެކަމެއް ވެސް ނެތެވެ. ރަނގަޅެވެ. އެހާ […]

ފުލުހުންގެ މުއައްސަސާ ހޯމް މިނިސްޓްރީގެ ދަށުން ވަކިކޮށްފި

  ފުލުހުންގެ މުއައްސަސާ ހޯމް މިނިސްޓްރީގެ ދަށުން ވަކިކޮށްފިއެވެ. ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުން ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފި އެވެ. ފުލުހުންގެ މުއައްސަސާ ހޯމް މިނިސްޓްރީގެ ދަށުން ވަކިކޮށްފައިވާ ކަން އަންގައި މިނިސްޓަރު އިމްރާން އަބްދުއްﷲ އަށް މިދިޔަ އަންގާރަ ދުވަހު ވަނީ ސިޓީ އެއް ފޮނުވާފައެވެ. ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފޮނުވައްފައިވާ މި ސިޓީގައި ބުނެފައިވަނީ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ހިންގުން […]

ލޯބީގެ މަންޒިލު-9

http://sandhaanu.today/16006/ އާ ގުޅޭ އެއާރ ކޮންޑިޝަންކޮށްފައިވާ ގެއަށް އަންހެން ކުއްޖާއާ އެކު ވަނުމުން ސަރޫޕަށް ހީވީ ސުވަރުގެއަކަށް ވަދެވުނީ ހެންނެވެ. ގެއަށް ވަދެ ގޭގެ ދޮރު ލެއްޕުމާއެކު ހޫނުގަދަ އަވީގެ އެއްވެސް އަސަރެއް ދުނިޔޭގައި ނެތްކަމަށް ސަރޫޕަށް ހީވިއެވެ. ގޭތެރެއަށް ވެރިވެފައި އޮތީ ފަނޑު ހަދުވަރެއް ކަހަލަ މަޑު އައްޔެކެވެ. ސަރޫޕުގެ ލޯ ގޭތެރޭގެ މާހައުލަށް ހޭނުނީ ގޭތެރެއަށް ވަންތާ ހިނދުކޮޅެއް ފަހުންނެވެ. އެ ވަގުތު އޭނާއަށް ގޭތެރޭގައި އަޅަފައި އޮތް ބޯ ދޫލަ ފެނުނެވެ. އަގު ބޮޑު […]

ބްލޮކްތަކުގެ ވެރިންނަށް އެލަވަންސެއް ދިނުމަށް ނިންމައި ވެރިން ހޮވުމަށް އަނެއްކާ ވެސް އިއުލާންކޮށްފި

    މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ކުރިއަށް ގެންދިއުމަށް ބްލޮކްތަކުގެ ވެރިން ހޮވުމަށް އަނެއްކާވެސް އިއުލާން ކޮށްފިއެވެ. މާލޭ ސިޓީ ކައުންސިލުން ބްލޮކްތަކުގެ ވެރިން ހޮވުމަށް ފުރަތަމަ އިއުލާން ކުރީ އޮގަސްޓް މަހުގައެވެ. ސިޓީ ކައުންސިލުން ބުނީ އިންތިހާބަކުން ހޮވުމަށް ނިންމި މި މަގާމަކީ އެއްވެސް މުސާރައެއް ކަނޑައަޅާފައިވާ މަގާމެއް ނޫންކަމަށެވެ. މާލޭސިޓީ ކައުންސިލުން ބްލޮކްތަކުގެ ވެރިންނަށް ކުރިމަތިލެވޭ މުއްދަތު އިތުރު ކުރުމަށް އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ބްލޮކްތަކުގެ ވެރިންނަށް […]

މާލޭ އުސްފަސްގަޑާ ދިމާ ކަނޑުން ބޭރުވެ އޮޔާ ދިޔަ މީހަކު ސަލާމަތްކޮށްފި

    މާލޭ އުސްފަސްގަނޑާ ދިމާ ކަނޑުން ބޭރުވެ، އޮޔާދިޔަ ފިރިހެނަކު ސަލާމަތްކޮށްފިއެވެ. އެމްއެންޑީއެފް އިން ބުނީ އެމީހާއަކީ އުސްފަސްގަނޑާ ދިމާ ބޭރު ތޮށީގައި ބޯވަ ނަގަން ގޮސް ހުއްޓާ އޮޔާ ދިޔަ މީހެއްކަމަށާ އޭނާ ބޯވަ ނަގަން ގޮސް އުޅުނީ އެކަނި ކަމަށެވެ. އެ މީހާ ވާދޫ ކަނޑުތެރޭގައި ފަތަމުން ދަނިކޮށް ސަލާމަތްކޮށްފައި ވަނީ އެ ސަރަހައްދުން ދަތުރުކޮށްފައި ދިޔަ ބައެއް ކަމަށް ވެސް އެމްއެންޑީއެފްން ހާމަކުރެއެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ކޮށިގަނޑުގައި ގަދަވަޔޔާއެކު […]

އަތިރިމަތީގައި ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެ

    މާލެ އަތޮޅުއަނަންތަރަ ދިގު މޯލްޑިވްސް ރިސޯޓުގގެ އަތިރި މަތީގައި ފަތުރުވެރިޔަކު މަރުވެފައި އޮއްވާ އިއްޔެ ފެނިއްޖެއެވެ. ފުލުހުން މިއަދު ބުނީ، އަނަންތަރަ ދިގު މޯލްޑިވްސް ރިސޯޓުގެ ބީޗު ސަރަހައްދުގައި ފަތުރުވެރިއަކު މަރުވެފައިއޮއްވާ ފެނިގެން އެމައުލޫމާތު އިއްޔެ މެންދުރު 13:00 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ. އަދި މަރުވެފައި އޮއްވާ ފެނިފައިވަނީ ކޮރެއާއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ފިރިހެނެއްކަމަށްވެސް ފުލުހުން ބުނެއެވެ.އޭނާ މަރުވީ ކީއްވެގެންކަން އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ މިކަމާއި […]

ބިދޭސީން ގާނޫނަށް އަހުލުވެރިކުރުވުމުގެ ކެމްޕެއިނެއް ފަށައިފި

  ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގާނޫނަށް ހޭލުންތެރިކުރުވުމަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރ (ޕީއައިއެލްސީ) އިން ކެމްޕެއިނެއް އިޕްތިތާހް ކޮށްފިއެވެ. ޕީއައިއެލްސީން ބުނީ ”މައިގްރަންޓްސް މެޓަރ“ގެ ނަމުގައި ފެށި މި ކެމްޕެއިނަކީ އެއްއަހަރުދުވަހުގެ ކެމްޕެއިނެއް ކަމަށާ މި ކެމްޕޭނަކީ އޭޝިޔާ ފައުންޑޭޝަންގެ ސްމޯލް ގްރާންޓްސް ޕްރޮޖެކްޓްގެ ދަށުން ޕަބްލިކް އިންޓަރެސް ލޯ ސެންޓަރުން ކުރިއަށްގެންދާ ”ލޭބަރ މައިގްރޭޝަން އިން މޯލްޑިވްސް ޕްރޮޖެކްޓް“ ގެ ދަށުން ހިންގާ ކެމްޕޭނެކެވެ. މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ ދެކުނު އޭޝިޔާގެ […]

ކަނޑަށް ގެއްލިގެން ހޯދަމުން ދިޔަ މީހާ ފަތާފައިގޮސް ކާށިދޫ އަށް އަރައިފި

  ހުޅުމާލެ އިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރި ”އެސްޓްރިޑް“ ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏަކުން ކާށިދޫ ކަނޑަށް ވެއްޓުނު ޒުވާނަކު ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ އަމިއްލައަށް ފަތާފައި ގޮސް ކާށިދޫ އަށް އަރައިފިއެވެ. ފުލުހުން ބުނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކު ކާށިދޫ ކަނޑަށް ގެއްލިގެން މިއަދު 11 ޖަހާއިރު ރިޕޯޓްކޮށްފައި ވުމާއި ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ވަގުތުން ފަަށައިގެން ކުރިއަށް ދިޔަ ކަމަށެވެ. އެމީހާ ފަތާފައި […]

މަސްބާނަން ހުރި މީހަކު މޫދަށް ވެއްޓި މަރުވެއްޖެ

  މާލޭ ރަސްމީފާލަން ކައިރިން ބޭރުތޮށިގަނޑުގެ މަތީގައި މަސް ބާނަން ހުރި މީހަކު އެ މޫދަށް ވެއްޓި މަރުވެއްޖެ އެވެ.   ފުލުހުން ބުނީ އިއްޒުއްދީން ފާލަމާއި ދިމާލުން ބޭރު ތޮށި މަތީގައި މަސްބާނަން ހުރި މީހަކު މިއަދު ހެނދުނު އައި ކޮޅިގަނޑުގެ ތެރޭގައި މޫދަށް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ހެނދުނު 6:00 ޖެހި އިރު ފުލުހަށް ރިޕޯޓް ކުރި ކަމަށެވެ. ފުލުހުން ބުނީ މިހާދިސާގައި މަރުވެފައި ވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިހިހެނެއްކަމަށެވެ. […]