މާލޭ އުސްފަސްގަޑާ ދިމާ ކަނޑުން ބޭރުވެ އޮޔާ ދިޔަ މީހަކު ސަލާމަތްކޮށްފި

Loading

Facebook
Twitter
WhatsApp

 

 

މާލޭ އުސްފަސްގަނޑާ ދިމާ ކަނޑުން ބޭރުވެ، އޮޔާދިޔަ ފިރިހެނަކު ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެމީހާއަކީ އުސްފަސްގަނޑާ ދިމާ ބޭރު ތޮށީގައި ބޯވަ ނަގަން ގޮސް ހުއްޓާ އޮޔާ ދިޔަ މީހެއްކަމަށާ އޭނާ ބޯވަ ނަގަން ގޮސް އުޅުނީ އެކަނި ކަމަށެވެ.

އެ މީހާ ވާދޫ ކަނޑުތެރޭގައި ފަތަމުން ދަނިކޮށް ސަލާމަތްކޮށްފައި ވަނީ އެ ސަރަހައްދުން ދަތުރުކޮށްފައި ދިޔަ ބައެއް ކަމަށް ވެސް އެމްއެންޑީއެފްން ހާމަކުރެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ކޮށިގަނޑުގައި ގަދަވަޔޔާއެކު ކަނޑުތައް ގަދަވެފައިވާއިރު ހިތާވެރި ހާދިސާތައް އަންނަނީ ހިނގަމުންނެވެ. އެގޮތުން މިއަދު ހެނދުނު ތޮށިމަތިން މަސްބާނަން ގޮސް އުޅުނު މީހާކު މޫދަށް ވެއްޓި މަރުވެފައިވާއިރު މީގެ ދެ ދުވަސް ކުރިން ލޯންޗެއް ބަންޑު ޖަހާލައި އަންހެނަކު މަރުވެފައި ވާއިރު އޭނާގެ ކުޑަ ދަރުފުޅު ވަނީ ގެއްލިފައެވެ.

މި ވިއްސާރައިގައި މޫސުމަށް ސަމާލުކަން ދޭން ކަމާބެހޭ އިދާރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް