ކަނޑަށް ގެއްލިގެން ހޯދަމުން ދިޔަ މީހާ ފަތާފައިގޮސް ކާށިދޫ އަށް އަރައިފި

Loading

Facebook
Twitter
WhatsApp

 

ހުޅުމާލެ އިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރި ”އެސްޓްރިޑް“ ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏަކުން ކާށިދޫ ކަނޑަށް ވެއްޓުނު ޒުވާނަކު ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ އަމިއްލައަށް ފަތާފައި ގޮސް ކާށިދޫ އަށް އަރައިފިއެވެ.

ފުލުހުން ބުނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކު ކާށިދޫ ކަނޑަށް ގެއްލިގެން މިއަދު 11 ޖަހާއިރު ރިޕޯޓްކޮށްފައި ވުމާއި ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ވަގުތުން ފަަށައިގެން ކުރިއަށް ދިޔަ ކަމަށެވެ.

އެމީހާ ފަތާފައި ގޮސް ކާށިދޫއަށް އަރާފއިވާއިރު އޭނާގެ ހާލު ރަގަޅުކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެެވެ.

އެމްއެންޑިއެފްއިން ބުނީ އެ ޒުވާނާ ވެއްޓިފައި ވަނީ ކާށިދޫއާ 11 ކިލޯމީޓަރު ދުރަށް ކަމަށެވެ.

މި ދުވަސްވަރުގެ މޫސުމް ގޯސް ވުމާ ގުޅިގެން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް