މަސްބާނަން ހުރި މީހަކު މޫދަށް ވެއްޓި މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

 

މާލޭ ރަސްމީފާލަން ކައިރިން ބޭރުތޮށިގަނޑުގެ މަތީގައި މަސް ބާނަން ހުރި މީހަކު އެ މޫދަށް ވެއްޓި މަރުވެއްޖެ އެވެ.

 

ފުލުހުން ބުނީ އިއްޒުއްދީން ފާލަމާއި ދިމާލުން ބޭރު ތޮށި މަތީގައި މަސްބާނަން ހުރި މީހަކު މިއަދު ހެނދުނު އައި ކޮޅިގަނޑުގެ ތެރޭގައި މޫދަށް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ހެނދުނު 6:00 ޖެހި އިރު ފުލުހަށް ރިޕޯޓް ކުރި ކަމަށެވެ.

ފުލުހުން ބުނީ މިހާދިސާގައި މަރުވެފައި ވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިހިހެނެއްކަމަށެވެ.

އެމީހާ މޫދުން ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮށްޕިޓަލާއި  ހަވާލާދީ ފުލުހުން ބުނެއެވެ.

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގައި ކަނޑުގަދަވެ ވައިގަދަވާނެތީ އެންމެހާ ފަރާތްތަކުން އެކަމަށް ސަމާލުކަންދިނުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް