ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކުރަން ހުށަހެޅި ބިލު ކޮމިޓީން ފާސްކޮށްފި

    ސިވިލްސާވިސްގައި ނުހިމެނޭ ވަކި ހިދުމަތެއްގެ ގޮތުގައި، ދިވެހި ރާއްޖޭގެ ފޮރިން ސާވިސް ގެ ނަމުގައި ވަކި ހިދުމަތެއް ގާއިމު ކުރަން ހިމަނައިގެން  ”ދިވެހި ރާއްޖޭގެ ފޮރިން ސާވިސް“ގެ ނަމުގައި ހުށަހެޅި ބިލު މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފިއެވެ. ފޮރިން ސާވިސްގެ ބިލުގެ ބޭނުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް ބައިނަލްއަގުވާމީ ގޮތުން ފެންވަރު ރަނގަޅު މިންގަނޑަކަށް ފައްތަން ބޭނުންވާ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ފޮރިން […]

ހުޅުމާލޭގައި ސަރުކާރުގެ ފުރަތަމަ ޕްރީ ސްކޫލް ހުޅުވައިފި

  ހުޅުމާލޭގައި ސަރުކާރުން އެޅި ފުރަތަމަ ޕްރީ ސްކޫލް ”މުހައްމަދު ގާސިމް ޕްރީ ސްކޫލް“ މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި ޕްރީ ސްކޫލް ހުޅުވައިދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ. އޯޓިޒަމް ސެންޓަރު ކައިރީގައި ހަދާފައިވާ 10 ކްލާސްރޫމުގެ ޕްރީ ސްކޫލަކީ 750 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. އެލްކޭޖީ އާއި ޔޫކޭޖީ އަށް ކިޔަވައިދޭ މި ސްކޫލަށް  ވަންނަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލީ މިމަހުގެ 11 ވަނަ ދުވަހު އެވެ. […]

ލަކުޑި ގުދަނެއްގެ ކައިރީ އަލިފާނުގެ ހާދިސާއެއް ހިނގައިފި

    ކ. ތިލަފުށީގައި ލަކުޑިގުދަނެއްކައިރީގައި ހުރި ކުނިތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ތިލަފުށީގައި ހުންނަ ޓިމްބާ ހައުސް ގުދަން ކައިރީގައި ކަމަށާ ރޯވެފައި ވަނީ އެސަރަހައްދުގައި ހުރި ކުނިތަކެއްގައި ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 10:05 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދިއެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާރވިސުން އިން ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލްކޮށް މިހާރު ނިއްވާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް […]

ކޮވިޑް19: އަދަދުތައް މައްޗަށް!

މިއަދު ކޯވިޑް19 އަށް ފައްސިވެފައިވަނީ 225 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 153 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 33 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 39 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 86,830 އަށް އަރައިފައެވެ. އޭގެ ތެރޭގައި 1,520 އެކްޓިވް ކޭސް ހިމެނޭއިރު 19 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. މިހާތަނަށް ރާއްޖެ އިން 240 […]

ލޯންޗުން ވެއްޓުނު ކުޑަކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

    މިދިޔަ ހޮނިހިރު ދުވަހު މާލެއިން ފުރައިގެން ވ. ފުލިދޫއަށް ދަތުރު ކުރަނިކޮށް ލޯންޗުން ކަނޑަށް ވެއްޓި ގެއްލުނު ކުޑަ ކުއްޖާ ހޯދުމުގެ އޮޕަރޭޝަން މިވަގުތަށް މެދުކަނޑާލައިފި އެވެ. އެމްއެންޑީއެފުން ބުނީ އެ ކުޑަކުއްޖާ ހޯދުމަށް  މހާތަނަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ ފެނިފައި ނުވާ ކަމަށާ  އެހެންވެ ކުއްޖާ ހޯދުމުގެ އޮޕަރޭޝަން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި މި ކުޑަކުއްޖާ ހޯދުމުގެ މަސައްކަތް މެދުކަނޑާލުމާ ހަމައަށް 4،706 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް […]

މިހާރު ކަނޑައަޅާފައިވާ އެންމެ ކުޑަ މުސާރަ ކުޑަ ކުރުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް

ވަޒީފާ އަދާކުރާފަރާތްތަކަށް ދެންޖެހޭ އެންމެ ކުޑަ މުސާރަ ކަނޑައެޅުމަށްޓަކައި ދުވަސްތަކެއް ވަންދެން އެތަކެއް ދިރާސާއަކާއި އެތަކެއް މަޝްވަރާއެއް ކުރުމަށްފަހު އެންމެ ކުޑަ މުސާރަ ވަނީ ކަނޑައަޅާފައެވެ. އެހެނަސް މަޓީ އާއި މަސީ އިން އެ މުސާރައާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމާ ގުޅިގެން ކަނޑައެޅުނު މިނިވަން ވޭޖް ސަރުކާރުން އަލުން މުރާޖަޢާ ކުރަން އުޅޭކަމަށް ބެލެވެއެވެ. ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ދިރިއުޅުމުގެ ޚަރަދުބޮޑު ގައުމެކެކެވެ. އެހެންކަމާއެކު ތިންހަތަރު ހާސް ރުފިޔާ އެންމެ ކުޑަމުސާރައިގެ ގޮތުގައި ލިބިގެން މި ރާއްޖޭގެ […]

”އިންޤިލާބު“

ދިވެހިން ދިވެހިންގެ ޤައުމުގެ ދިފާޢުގައި ނުކުންނަނީއެވެ. ދިވެހިންނަކީ ޒުވާބު ކުރިއަސް، އަރާރުން ވިއަސް، ދެބަސްވިއަސް، ތިމާ ސަޕޯޓުކުރާ ފިކުރު ތަފާތުވިއަސް ދިވެހިންގެ ދީން، އިސްލާމްދީނާއި ޤައުމު ދިފާޢުކުރުމުގައި އެއްމާބަނޑު ދެބެންފަދަ އެކުވެރި އަޚުންތަކެކެވެ. ދިވެހި ޤައުމު ބޭރުގެ ނުފޫޒުގެ ތެރެއަށް ގެނބިގެންދާ ކޮންމެ ހިނދެއްގައި މާޒީގައި ވެސް ދައްކުވައި ދީފައި ވަނީ އަޚުވަންތަކަމާއި އެކުވެރިކަމެވެ. ދިވެހި ޤައުމުގެ ދިފާޢުގައި އަޑުއުފުލައި ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވުމަށްޓަކައި 22 އޮކްޓޯބަރ 2021 ވާ ހުކުރު ދުވަހުގައި ނުކުތުމަށް ތައްޔާރުވަމުން […]

ޓްއާ ގައިޑެއްކަމަށް ބުނެ ފަތުރުވެރިންގެ ފައިސާތަކެއް ވަގަށް ނަގައިފި

    ޓުއާ ގައިޑެއްކަމަށް ހެދިގެން ފަތުރުވެރިއެއްގެ ފައިސާ ވަގަށްނެގި މީހަކު ފުލުހުން ހޯދަން ފަށައިފިއެވެ. ފުލުހުން ވަނީ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ ފޮޓޯއެއް އާންމުކޮށްފައެވެ. ފުލުހުން ބުނީ މިހާތަނަށް ކުރި މަސައްކަތުން އެއީ  ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށާ ނަމަވެސް އެއީ ބަންގްލަދޭޝް މީހެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެގިފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ މީހާ ފައިސާތައް ވަގަށްނަގާފައިވަނީ، ފަތުރުވެރިޔާއާއެކު ގައިޑެއްގެ ގޮތުގައި ހަރަކާތްތެރި ވުމަށްފަހު ފަތުރުވެރިޔާ އާޓިފިޝަލް ބީޗް މޫދަށް […]

ތިމާވެއްޓަށް ގެއްލުންވާގޮތަށް ރިސޯޓް މަސައްކަތް ކުރުމުން 2.75 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފި  

    ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ރ. ފާރުފުށީގައި ރިސޯޓުގެ މަސައްކަތް ކުރުމުގެ ސަބަބުން އެ މަސައްކަތް ކުރި ފާރުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް 275،000 ރުފިޔާއިން  ޖޫރިމަނާކޮށްފިއެވެ. އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފާސްކޮށްފައިވާ އެންވަޔަރުމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓާއި  ހިލާފަށް ފާރުފުށީގައި ރިސޯޓުގެ މަސައްކަތް ތަކެއް ކޮށްފައިވާ ކަމަށެވެ. އެހެންވެ، ފާރުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ […]

ފްލެމިންގޯ އެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްސި

  ފިޔަކޮށައި ހައްޔަރުކޮށްފައި ހުރި ފްލެމިންގޯ އެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭން) ހާމަކޮށްފިއެވެ. އީޕީއޭ އިން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ފުލެމިންގޯ ގެންދިޔައީ އެ ދޫނި ސަލާމަތް ކުރުމަށް ކަމަށާ،  ފުލުހުންގެ ބެލުމުގެ ދަށަށް އެ ދޫނި ގެނެސްފައިވަނީ ހއ. ބާރަށުންކަމަށެވެ. މި ފްލެމިންގޯ ފުލުންހުންގެ ބެލުމުގެ ދަށަށް ގެނެސްފައި މި ވަނީ ރާއްޖެއަށް ހިޖުރަ ކުރި ފްލެމިންގޯ ދޫނި ބައިގަނޑެއްގެ ތެރެއިން އެ ދޫނި ހައްޔަރުކޮށް […]