ލަވަކިއުން ތެރިޔާ ޝަހުބާން ފާހާނަ ތެރޭ ނިޔާވެފައި އޮއްވާ ފެނިއްޖެ

    ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު ޝަހުބާން ފާހާނަ ތެރޭ ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 53 އަހަރުގެ ޝަހުބާން ނިޔާވީ ހާޓް އެޓޭކެއްޖެހިގެން ނެވެ. އާއިލާގެ މީހުންނާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝަހުބާން ނިޔާވި ކަން  އެނގުނީ ފާހަނާގައި ގިނައިރު ވުމުން، ދޮރުގައި ތަޅާހެދުމުންވެސް ދޮރު ނުހުޅުވުމުން، ފުލުހުންނަށް ގުޅައިގެން ފުލުހުން އައިސް ދޮރު ހުޅުވުމުންނެވެ. އަދި ޝަހުބާން ފެނުނުއިރު އޭނާ އޮތީ ފާހަނާތެރެއަށް ވެއްޓިފައިކަމަށާ ހޮސްޕިޓަލަށް […]

ހުޅުމާލޭގައި އޮޓަމެޓިކް ކާރު ދޮންނަ ތަނަކާއެކު ފިއުލް ޝެޑެއް ގާއިމްކުރުމަށް ހަވާލުކޮށްފި

  ހުޅުމާލެ ދެވަނަ ފިޔަވަހީގައި ”އޮޓޮމެޓިކް ކާ ވޮޝް“ ނުވަތަ އަމިއްލައަށް ކާރު ދޮވެވޭގޮތަށް ހުންނަ ތަނަކާއެކު ސެލްފް ސާވިސް ފިއުލް ޝެޑެއް ގާއިމް ކުރުމަށް އެޗްޑީސީން ވިލާ ހަކަތަ ކުންފުންޏާއި ހަވާލުކޮށްފިއެވެ. މި ޝެޑް ގާއިމް ކުރުމަށް އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި  އެޗްޑީސީގެ ފަރާތުން  ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހެއިލް އެވެ. އަދި ވިލާ ހަކަތައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ […]

”ސަފާރީ އަޑިއަށްދިއުން: ހާލު ދެރަވެގެން މާލެ ގެނައި އެކަކު މަރުވެއްޖެ

    ސަފާރީއެއް ދިޔަވެ އަޑިއަށްދިޔަ ހާދިސާ އާއި ގުޅިގެން ހާލުދެރަވެ ހޮސްޕިޓަލަށް ގެންދިޔަ އެކަކު މަރުވެއްޖެއެވެ. “  ހޭންޑީ ކްރޫސާ“ ނަމަކަށް ކިޔާ މި ސަފާރީ އަޑިއަށް ދިއުމާގުޅިގެން މަރުވެފައިވަނީ އުމުރުން 41 އަހަރުގެ ފިރިހެނެކެވެ. އައިޖީއެމްއެޗުން ބުނީ  މިހާދިސާގައި ހާލު ދެރަވެގެން ހަތް މީހަކު އައިޖީއެމްއެޗްގެ އިއާރްއަށް ގެންގޮސް ފަރުވާދިން ކަމަށާ އޭގެތެރެއިން އެކަކު މިހާރު ނިޔާވެފައިވާ ކަމަށެވެ. އެއީ ކޮން ގައުމެއްގެ މީހެއްކަމެއް އަދި ސާފެއް ނުވެއެވެ. މޫސުން ގޯސްވެ ސަފާރީ ދިޔަވަމާއި […]

ކާނިވާ ސަރަހއްދުގައި ގިނަ އަދަދެއްގެ އުޅަނދު ޕާކުކުރެވޭނެ ޕާކިން ޒޯނެއް ތަރައްގީ ކުރަނީ

  މާލޭގެ އަލިމަސް ކާނިވާ ސަރަހައްދުގައި ގިނަ އަދަދެއްގެ އުޅަނދުފަހަރު ޕާކް ކުރެވޭނެ ޕާކިން ޒޯނެއް ގާއިމް ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ މި ޕާކިން ޒޯނުގައި 500 އަށް ވުރެ ގިނައުޅަނދު ޕާކް ކުރެވޭނެ ޖާގަ އޮންނާނެކަމަށެވެ. ސިޓީ ކައުންސިލުން ބުނީ މި ޕާކިންޒޯން ވެގެންދާނީ މާލޭގެ އެއް ސަރަހައްދެއްގައި އެންމެ ގިނަ އުޅަނދު ޕާކު ކުރެވޭގޮތަށް ޕާކިން ޒޯނަށް ކަމަށެވމި ޒޯންގައި  500 ސައިކަލު ޕާކުކުރެވޭނެ […]

ހުރިހާ ރައްޔިތުން އެއްބައިވެ ގައުމީ ޓީމާއެކު ގައުމީ ޖޯޝުގައި ތިބުމަށް ރައީސް ޔާމީން ގޮވާލައްވައިފި

          ހުކުރު ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕާ ގުޅިގެން ހުރިހާ ދިވެހި ރައްޔިތުން ގައުމީ ޓީމަށް ތާއީދުކޮށް އެ ޓީމާއެކު ގައުމީ ޖޯޝުގައި ތިބުމަށް އިދިކޮޅު ލީޑަރު، ރައީސް އަބްދުއްލާ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންފިއެވެ.   އިދިކޮޅު ޕީޕިއެމް/ޕީއެންސީ ކޯލިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކޯލިޝަނުގެ ލީޑަރު ރައީސް ޔާމީން އެދިވަޑައިގަންނަވަނީ 2008 ވަނަ އަހަރާއި 2018 ވަނައަހަރުގެ ސާފް ޗެމްޕިއަން މުބާރާތުގައި ރާއްޖެއިން ހޯދާފައިވާފަދަ ފަހުރުވެރި ކާމިޔާބެއް […]

ނަޝީދަށް އެމްޑީޕީ ގައުމީ މަޖިލީހުގެ ކޮންޓްރޯލް ގެއްލިއްޖެ

  އިއްޔެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތާއީދުކުރެއްވި ކެންޑިޑޭޓުންނަށް ވި ބޮޑު ނާކާމީޔާއެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކޮންޓްރޯލް އެ މަނިކުފާނަށް ގެއްލިއްޖެއެވެ. އެމްޑީޕީގެ އެތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދާ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި އިންތިހާބުގައި ފާޅުގައި ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން އެބޭފުޅަކު ތާއިދު ކުރައްވާނެ ކެންޑިޑޭޓުން ހާމަކޮށްގެން ކުރިއަށްގެންދިޔަ އިންތިހާބުގައި ބޮޑޫތަފާތަކުން […]

އިޒުރޭލުގެ އަނިޔާވެރިކަން ހުއްޓުވުމަށް އެމެރިކާގެ ޑިމޮކްރެޓުން ބިލެއް ހުށައަޅައިފި

އިޒުރޭލާއި ފަލަސްތީނު މައްސަލާގައި އެ ދެ ގައުމުން ސުލުހައަށް މަސައްކަތް ކުރުމަށް ބާރުއަޅާ ބިލެއް އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީން ސެނޭޓަށް ހުށައަޅައިފިއެވެ. މިބިލްގެ މައިގަނޑު އެއް މަގުސަދަކީ އެމެރިކާއިން އިޒުރޭލަށް އެހީގެ ގޮތުގައި ދޭ ފައިސާ އިންސާނީ ހައްގުތަކަށް އަރައިގަންނަ ފަދަ ކަންކަމުގައި ބޭނުން ނުކުރާކަން ޔަގީން ކުރުމެވެ. އިޒުރޭލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތައް ވަކިކޮށް ދެނެގަތުމަށް މަޖުބޫރު ކުރާ މި ބިލް ހުށައަޅާފައި ވަނީ އެންޑީ ލެވިންއެވެ. ފަލަސްތީނާއި އިޒުރޭލުގެ ބިމުގެ ސަރަހައްދު ވަކި ކުރުމުގެ […]

ސުލްތާންގެ މަރުގެ ތަހުޤީޤު ފަށައިފި!

​ރާއްޖެއިން ބޭރުގައި ސިފައިންގެ ތަމްރީން ހަދަމުން ދަނިިކޮށް ނިޔާވީ އއ. ހިމަންދޫ، ރޯޒްމީޑް ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާންގެ މަރުގެ ތަހުޤީޤު ފަށައިފިއެވެ. ​ސުލްޠާން ތަމްރީން ފުރިހަމަ ކުރަމުން ގެންދިޔައީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީ (އެންޑީއޭ) ގައެވެ. އެތަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުލްޠާން ނިޔާވީ ފިޒިކަލް ޓްރޭނިންއެއް ފުރިހަމަ ކުރަމުން ދަނިކޮށް ކަމަށެވެ. އެކަޑަމީގެ ބަޔާނުގައި ބުނީ ސުލްޠާންގެ މަރުގެ ތަހްގީގު ކުރިއަށް ގެންދަން ކޯޓް އޮފް އިންކްއަރީން ވެސް މިހާރު އަންގާފައިވާ […]

​ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އޮރެންޖް ސަމާލު ނެރެފި!

50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ. ​މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ރީނދޫ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ޅ. އަތޮޅާއި ދެމެދުގެ ރަށްރަކަށެވެ. ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ކޮޅިގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކުރެވެއެވެ.އަދި އެ ސަރަޙައްދުގެ ކަނޑުތައް […]

ކިޔާނެ މީހަކު ނެތިއްޔާ ލިޔާނެ ކަމެއް ނެތް

ދަންނަބޭކަލުން ވިދާޅުވާގޮތުގައި މިއުންމަތުގެ ހަތަރު ވަނަ ޚަލީފާ ޙަޟުރަތު ޢަލީ ރަޟިޔަﷲ ޢަންހު ގެ ބަސްފުޅެއްގެ ދޭހައިގައި ވެއެވެ.“ ކަލޭމެންގެ ހަނުހުރުމުން ކަލޭމެންނަށް ދިމާވެފައިވާ ކަންބޮޑުވުންތައް ދެނެ ނުގަނެވޭ މީހާގެ ކުރިމަތީ ދުލުން އެ ވާހަކަތައް ހާމަކުރުމަކީ އެ ލަފުޒުތަކުގެ އެއްވެސް އަގެއްނެތް ކަމަށް ދުށުން ފަދަ ކަމެކެވެ.“ އެހެންކަމުން ދިވެހިންގެ ކަންބޮޑުވުންތައް އަޑުއިއްވުމަށް ޓަކައި ވެސް އެހެން ވަސީލަތެއް ހޯދަން އެބަ ޖެހެއެވެ. ދިވެހިރާއްޖޭގައި ޚަބަރު ފަތުރާ ވަސީލަތްތަކަށް ބަލާއިރު ވަރަށް ބޭނުންތެރި ލިއުންތައް ގިނަކަން […]