ކާނިވާ ސަރަހއްދުގައި ގިނަ އަދަދެއްގެ އުޅަނދު ޕާކުކުރެވޭނެ ޕާކިން ޒޯނެއް ތަރައްގީ ކުރަނީ

Loading

Facebook
Twitter
WhatsApp

 

މާލޭގެ އަލިމަސް ކާނިވާ ސަރަހައްދުގައި ގިނަ އަދަދެއްގެ އުޅަނދުފަހަރު ޕާކް ކުރެވޭނެ ޕާކިން ޒޯނެއް ގާއިމް ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މި ޕާކިން ޒޯނުގައި 500 އަށް ވުރެ ގިނައުޅަނދު ޕާކް ކުރެވޭނެ ޖާގަ އޮންނާނެކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ މި ޕާކިންޒޯން ވެގެންދާނީ މާލޭގެ އެއް ސަރަހައްދެއްގައި އެންމެ ގިނަ އުޅަނދު ޕާކު ކުރެވޭގޮތަށް ޕާކިން ޒޯނަށް ކަމަށެވމި ޒޯންގައި  500 ސައިކަލު ޕާކުކުރެވޭނެ ޖާގަ ހެދުމަށް ނިންމާފައިވާއިރު 55 ކާރު ޕާކްކުރާނެ ޖާގަވެސް ހެދުމަށް ވަނީ ނިންމާފައެވެ.

ސިޓި ކައުންސިލުން ބުނީ ކާނިވާ ސަރަހައްދުގައި ހަނދަމުންދާ ޕާކިން ޒޯން  މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ އެ  ސަރަހައްދުގެ ބިން ހެޔޮވަރުކޮށް ތައްޔާރުކުރުމުގެ މަސައްކަތްކަމަށެވެ.

މާލޭގައި ދުއްވާ އުޅަނދުތައް ގިނަވެ ޕާކް ކުރުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި މާލޭ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ އުޅަނދުތައް ޕާކްކުރާނެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް