​ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އޮރެންޖް ސަމާލު ނެރެފި!

Loading

Facebook
Twitter
WhatsApp

50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

​މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ރީނދޫ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ޅ. އަތޮޅާއި ދެމެދުގެ ރަށްރަކަށެވެ. ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

ކޮޅިގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކުރެވެއެވެ.އަދި އެ ސަރަޙައްދުގެ ކަނޑުތައް ވެސް ގަދަވެ ރާޅުއަރާނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފައެވެ.

​ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 07:30އިން 11:30އާ ހަމައަށެވެ.

​ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ. ހާއްސަކޮށް ރޭގަނޑު ދަތުރުކުރާއިރު އަދި ބުރިޖާއި ހަައިވޭގެ އެއްގަމު ދަތުރުތަކަށްވެސް ސަމާލުވުމަށް އެދިފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް