ހުޅުމާލޭގައި އޮޓަމެޓިކް ކާރު ދޮންނަ ތަނަކާއެކު ފިއުލް ޝެޑެއް ގާއިމްކުރުމަށް ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

 

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ”އޮޓޮމެޓިކް ކާ ވޮޝް“ ނުވަތަ އަމިއްލައަށް ކާރު ދޮވެވޭގޮތަށް ހުންނަ ތަނަކާއެކު ސެލްފް ސާވިސް ފިއުލް ޝެޑެއް ގާއިމް ކުރުމަށް އެޗްޑީސީން ވިލާ ހަކަތަ ކުންފުންޏާއި ހަވާލުކޮށްފިއެވެ.

މި ޝެޑް ގާއިމް ކުރުމަށް އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި  އެޗްޑީސީގެ ފަރާތުން  ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހެއިލް އެވެ. އަދި ވިލާ ހަކަތައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ސިޔާންއެވެ.

ނުވަ މަސް ތެރޭ ނިންމުމަސް ހަވާލުކުރި މި ޝެޑް ވެގެންދާނީ ރާއްޖޭގައި ހަދާ މި ފަދަ ފުރަތަމަ ފިއުލް ސްޓޭޝަނާއި އޮޓޮމެޓިކުން ކާރު ދޮވެވޭ ފެސިލިޓީއަށެވެ.
އެޗްޑީސީން ބުނީ މި ފިއުލް ޝެޑު އަދި އޮޓޮމެޓިކް ކާ ވޮޝް ފެސިލިޓިލީ ތަރައްގީކުރުމަށް 7386 އަކަފޫޓުގެ ބިމެއް ދިނުމަށް ވަނީ ނިންމާފައެވެ.

އަދި ފިއުލް ޝެޑަކާއެކު ވެހިކަލްތަކުގެ ކުދިކުދި މަރާމާތުތައްކޮށްލެވޭ ގަރާޖެއް ތަރައްގީކުރުމަށް 10179 އަކަފޫޓުގެ ބިމެއް ދިނުމަށްވެސް  ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރުކުރަމުން އަންނަ ވިލާ ފިއުލްގެ ޕެޓްރޯލް ޝެޑްތައް މާލޭގެ އިތުރުން ހުޅުމާލެއާއި ގައިވެސް ހުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް