ލަވަކިއުން ތެރިޔާ ޝަހުބާން ފާހާނަ ތެރޭ ނިޔާވެފައި އޮއްވާ ފެނިއްޖެ

Loading

Facebook
Twitter
WhatsApp

 

 

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު ޝަހުބާން ފާހާނަ ތެރޭ ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 53 އަހަރުގެ ޝަހުބާން ނިޔާވީ ހާޓް އެޓޭކެއްޖެހިގެން ނެވެ.

އާއިލާގެ މީހުންނާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝަހުބާން ނިޔާވި ކަން  އެނގުނީ ފާހަނާގައި ގިނައިރު ވުމުން، ދޮރުގައި ތަޅާހެދުމުންވެސް ދޮރު ނުހުޅުވުމުން، ފުލުހުންނަށް ގުޅައިގެން ފުލުހުން އައިސް ދޮރު ހުޅުވުމުންނެވެ.

އަދި ޝަހުބާން ފެނުނުއިރު އޭނާ އޮތީ ފާހަނާތެރެއަށް ވެއްޓިފައިކަމަށާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައިކަމަށް އާއިލާ އާއި ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ޝަހުބާންގެ ކަށު ނަމާދު އޮތީ މިއަދު މެންދުރު 12:00 ޖަހާއިރު އާސަހަރާ މިސްކިތުގައެވެ.

ފާހަގަ ކޮށްލެވޭ މަޝްހޫރު ގިނަ ލަވަތަކެއް ކިޔާފައިވާ ޝަހުބާންއަކީ ލަވަކިއުމުގެ ދާއިރާގައި ގިނަ އަދަދެއްގެ ކުދިންނަށް އުގަންނައި ދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ފަރާތެވެ.

ޝަހުބާންއަކީ މަޝްހޫރު ބޮޑުއަކުރު ލިއުންތެރިޔާ ތަބައްގޭ އަލީ ފަހުމީ (ތަބަށް އަލިފުޅު)ގެ ކާފަ ދަރިއެކެވެ.

 

Loading

One Response

  1. ލަވަޔާއި މިއުޒިކަކީ އިސްލާމްދީނުގައި ހަރާމް އެއްޗެއް. އެ ކަންތައް ތައް ފެތުރުމުގައި އުޅޭމީހުން މަރުވެ ދާގޮތް ދެކިބަލަ.ހެޔޮ ޢަމަލެއް ކުރުންް އަދި ހެޔ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް