ސުލްތާންގެ މަރުގެ ތަހުޤީޤު ފަށައިފި!

Loading

Facebook
Twitter
WhatsApp

​ރާއްޖެއިން ބޭރުގައި ސިފައިންގެ ތަމްރީން ހަދަމުން ދަނިިކޮށް ނިޔާވީ އއ. ހިމަންދޫ، ރޯޒްމީޑް ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާންގެ މަރުގެ ތަހުޤީޤު ފަށައިފިއެވެ.

​ސުލްޠާން ތަމްރީން ފުރިހަމަ ކުރަމުން ގެންދިޔައީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީ (އެންޑީއޭ) ގައެވެ. އެތަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުލްޠާން ނިޔާވީ ފިޒިކަލް ޓްރޭނިންއެއް ފުރިހަމަ ކުރަމުން ދަނިކޮށް ކަމަށެވެ. އެކަޑަމީގެ ބަޔާނުގައި ބުނީ ސުލްޠާންގެ މަރުގެ ތަހްގީގު ކުރިއަށް ގެންދަން ކޯޓް އޮފް އިންކްއަރީން ވެސް މިހާރު އަންގާފައިވާ ކަމަށެވެ. ”ކެޑޭޓްގެ ފުރާނަ ސަލާމަތް ކުރަން އެންމެ ފުރިހަމައަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވެފައެއް ނުވެއެވެ. އޭނާ ނިޔާވި ސަބަބު ދެނެގަންނަން ޕޯސްޓްމޯޓަމް ހަދަން ވަނީ ނިންމާފައެވެ.“ އެންޑީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ބަޔާނުގައި ބުނީ މި ކަން ކަން ފުރިހަމަކޮށް، ދިވެހި އެމްބަސީގެ އެހީތެރިކަމާއެކު ސުލްތާންގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސުލްތާން މަރުވެފައިވަނީ ކޭމްޕް ގްރީންހޯންގައި އިއްޔެ އޮތް އެންޝިއުރެންސް ދުވުމެއް ފުރިހަމަ ކުރަމުންދަނިކޮށް ކަމަށާއި އެ ދުވުމުގެ ތެރެއިން ސުލްތާން ވެއްޓުމާއެކު ވަގުތުން ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް އޭނާ މަރުވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ސުލްޠާނު ސިފައިންގެ ހިދުމަތާ ގުޅުނީ 2018 އޭޕްރީލް 8ވަނަ ދުވަހުއެވެ. މިއަދު އޭނާ ނިޔާވިއިރު އޭނާ ދިޔައީ 2021 މާރިޗް 15އިން 2024 މާރިޗް 15އަށް ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށް ގެންދާ 145ވަނަ އޮފިސަރ ކެޑޭޓް ކޯސް ފުރިހަމަ ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް