"ސަފާރީ އަޑިއަށްދިއުން: ހާލު ދެރަވެގެން މާލެ ގެނައި އެކަކު މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

 

 

ސަފާރީއެއް ދިޔަވެ އަޑިއަށްދިޔަ ހާދިސާ އާއި ގުޅިގެން ހާލުދެރަވެ ހޮސްޕިޓަލަށް ގެންދިޔަ އެކަކު މަރުވެއްޖެއެވެ.

“  ހޭންޑީ ކްރޫސާ“ ނަމަކަށް ކިޔާ މި ސަފާރީ އަޑިއަށް ދިއުމާގުޅިގެން މަރުވެފައިވަނީ އުމުރުން 41 އަހަރުގެ ފިރިހެނެކެވެ.

އައިޖީއެމްއެޗުން ބުނީ  މިހާދިސާގައި ހާލު ދެރަވެގެން ހަތް މީހަކު އައިޖީއެމްއެޗްގެ އިއާރްއަށް ގެންގޮސް ފަރުވާދިން ކަމަށާ އޭގެތެރެއިން އެކަކު މިހާރު ނިޔާވެފައިވާ ކަމަށެވެ.

އެއީ ކޮން ގައުމެއްގެ މީހެއްކަމެއް އަދި ސާފެއް ނުވެއެވެ.

މޫސުން ގޯސްވެ ސަފާރީ ދިޔަވަމާއި ގުޅިގެން ކޯސްޓްގާޑުން ވަނީ އޭގެއިން ދަތުރުކުރި ހަ މީހެއްގެ ހާލު ދެރަވެގެން މާލެ ގެނެސް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭގެއިން ދެން ދަތުރުކުރި މީހުން ވެސް މިހާރުވަނި މާލެ ގެނެސްފައެވެ.

މިއަދު ހެނދުނު ބޮލިފުށި ކައިރިން މާލެއަށް ދަތުރުކުރަމުންދިޔަ މި ސަފާރީ ކަނޑުގަދަ ވުމުގެ ސަބަބުން އަޑިއަށް ދިޔަވިއިރު އޭގައި 17 މީހަކު ތިއްބެވެ.  ވަނީ ކަނޑުގަދަވުމުގެ ސަބަބުން ދިޔަވެ އަޑިއަށް ގޮސްފައެވެ. އެމްއެންޑީއެފުން ވަނީ އޭގައި ދަތުރުކުރި އެންމެން މިހާރު މާލެ ގެނެސްފައެވެ.
އެމްއެންޑީއެފުން ބުނީ އހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ހެނދުނު 8:39 ހާއިރުކަމަށެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ކަނޑުތައް ގަދަވަނެތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މުސުބާ ބެހޭ ގައުމީ އިދާރައިން ވަނީ އިލްތިމާސްކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް