އިންފޮމޭޝަން ކޮމިޝަނަރަކަށް އާހިދު އައްޔަންކުރައްވައިފި

  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހ.ގުރުވަ އަލްއުސްތާޒު އަހްމަދު އާހިދު ރަޝީދު މިއަދު އައްޔަނުކުރައްވައިފިއެވެ. މި މަޤާމަށް އާހިދު ރަޝީދު އައްޔަނުކުރައްވާފައިވަނީ މިއަދު ހެނދުނު މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. އާހިދު ރަޝީދު އެންމެ ފަހުން ފުރުއްވާފައި ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވަރނަންސް މެނޭޖަރުގެ މަގާމެވެ. އހިދު ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއާ ލީގަލް އެޑވައިޒަރގެ މަގާމާއި، ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަގާމުވެސް ފުރުއްވާފައެވެ. މީގެ އިތުރުންވެސް އެންޓި ކޮރަޕްޝަން ބޯޑުގެ […]

އީސީގެ މެންބަރުކަމަށް އާސިފް އައްޔަން ކުރައްވައިފި

  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، އިލެކްޝަންސް ކޮމިޝަން )އީސީ(ގެ މެންބަރުކަމަށް ހ. އިރުވައި، މުހައްމަދު އާސިފް އައްޔަން ކުރައްވައިފިއެވެ. އާސިފް މެންބަރުކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން ރައީސް ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. އާސިފަކީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމާއި އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އިލެކްޝަން ކޮމިޝަންގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް އާސިފް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ […]

ޒަމާނަށް ފެތޭ ހެއްކާ ބެހޭ ބިލެއް ހުށަހަޅައިފި

    ޒަމާންވީ ގިނަ ދުވަސްވެފައިވާ ހެއްކާބެހޭ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޒަމާނަށް ފެތޭ ގާނޫނެއް އެކުލަވާލުމަށް ޒަމާނަށްފެތޭ ހެއްކާބެހޭ ބިލެއް  ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.   ސަރުކާރުން ހުށަހެޅި މި ބިލު މަޖިލީހަށް ހުށަހެޅުއްވީ  އެމްޑީޕީގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީއެވެ.މި ބިލްގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ. މިހާރު ބޭނުންކުރަމުންދާ ހެއްކާ ބެހޭ ގާނޫނަކީ 1976 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އަންނަ ގާނޫނެކެވެ. ހެއްކާއިބެހޭ ބިލެއް […]

ދަރިވަރުންނަށް ހާއްސަކޮށް މާލެ-ހުޅުމާލެ ސުކޫލު ބަސް ތައާރަފް ކުރަނީ!

ހުޅުމާލޭގައި ދިރިއުޅޭ ދަރިވަރުން މާލޭގެ ސްކޫލު ތަކަށް ދިއުމުގެ އިންތިޒާމު ހަމަޖައްސައި ދޭން ސްކޫލް ބަސް ތައާރަފު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ. ސްކޫލް ބަސް ޕްރޮގްރާމް ހިންގަން ނިންމާފައި ވަނީ ހިޔާ ފްލެޓްތަކަަށް ބަދަލުވާ އައިލާތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ހުޅުމާލޭގައި ހުޅުމާލޭ ފޭސް 2 ގައި އިމާރާތްކޮށްފައިވާ ހިޔާ ފުލެޓަށް ބަދަލުވާ ދަރިވަރުންނަށް ހާއްސަކޮށްގެން މާލޭ ސުކޫލުތަކަށް ދިޔުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުންދާކަމަށާއި ސުކޫލު ބަސް ތައާރަފް ކުރުމުގެ […]

ކެންސަރަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލް ހަދަން އިންޑިއާ ޓީމެއް ރާއްޖެ އަތުވެއްޖެ

    ކެންސަރަށް ފަރުވާދޭ ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލެއް ލ. ގަމުގައި އަޅުމުގެ މަޝްއުގެ މަސައްކަތައް ފެށުމަށް އިންޑިއާގެ ޓީމެއް އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ. ކެންސަރު ބައްޔަށް ފަރުވާ ދޭން ރާއްޖޭގައި ހަދާ ފުރަތަމަ ހޮސްޕިޓަލްގެ މަސައްކަތް ފެށުމަށް ދެ އޮންކޮލޮޖިސްޓުން (ކެންސަރަށް ހާއްސަ ޑޮކްޓަރުން) ވެސް ހިމެނޭ ގޮތަށް ރާއްޖެ އައިސްފައި ވަނީ މުމްބާއީގެ ޓާޓާ މެމޯރިއަލް ސެންޓަރު (ޓީއެމްސީ) ގެ ޓީމެކެވެ. އެ ޓީމުން ގަމުގެ ޕްރިލިމިނަރީ ސާވޭއެއް ހަދާ، ރަށުން ލިބެން […]

2015 އިން ފެށިގެން ފޮތްތަކުގައި މައްސަލަ ހުރި: އެޑިޔުކޭޝަން މިނިސްޓަރު

ބައެއް ގްރޭޑްތަކުގެ ފޮތްތަކުގައި ޤުރުއާނުގެ ބައެއް އާޔަތްތައް ނުބައިކޮށް ލިޔެވިފައި އޮތް އޮތުމަކީ 2015 ވަނަ އަހަރުން ފެށިގެން އޮތް ކުށެއް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދެމުން އަންނަ ޤުރުއާން އަދި އިސްލާމް ފޮތްތަކުގައި ޤުރުއާނުގެ ބައެއް އާޔަތްތައް ނުބައިކޮށް ​މައްސަލައެއް މިދިޔަ ހަފްތާ ވަނީ ފެންމަތިވެފަ އެވެ. އެއާއެކު އިއްޔަ ވަނީ އަނެއްކާ އިތުރު ގުރޭޑް ތަކެއްގެ ފޮތް ތަކަކުންވެސް މި ކުށް ފެނިފައެވެ. މިކަމާ […]

ވެކްސިން ޖެހުން މަޖުބޫރު ކުރުމާއެކު އިނގިރޭސިވިލާތުގެ ގިނަ އަދަދެއްގެ ކެއަރ ވޯރކަރުން ވަޒީފާއިން ވަކި ވެއްޖެ

އިނގިރޭސިވިލާތުގެ ކެއަރ އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކުން ވެކުސިން ނުޖަހާނަމަ ވަޒީފާއިން ވަކިކުރާނެކަން އިއުލާން ކުރުމާއެކު ގިނަ އަދަދެއްގެ މުއައްޒަފުން އެކީ އެކައްޗަކަށް ވަޒީފާ ދޫކޮށް މުސާރަ ބޮޑު، އެމަޒޯން ފަދަ ކުންފުނިތަކުގެ ވަޒީފާތަކަށް ބަދަލު ވެއްޖެ އެވެ. މިކަމާ ގުޅިގެން އެ އިންޑަސްޓްރީގައި މަސަތްކަތް ކުރާ މީހުން ލިބުމުގެ ދަތިކަން ވަނީ ކުރިމަތި ވެފައެވެ. އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ”ދަ ގާޑިއަން“ އިން ބުނެފައިވާ ގޮތުގައި ކެއަރ ހޯމް އޮޕަރޭޓަރުންގެ ހަތަރު ބައިކުޅަ ތިން ބައި އޮޕަރޭޓަރުންނަށް […]

ކޮވިޑް19: އިތުރު 169 މީހަކު ފައްސިވެއްޖެ!

އިއްޔެ ކޯވިޑް19 އަށް ފައްސިވެފައިވަނީ 169 މީހުންނެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 96 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 20 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 53 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 81,979 އަށް އަރައިފައެވެ. އޭގެ ތެރޭގައި 2,057 އެކްޓިވް ކޭސް ހިމެނޭއިރު 23 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ އިން […]

ފަސް ރަށެއްގެ ސްކޫލްތައް ތަރައްގީ ކުރުމަށް ބަޔަކު ހޯދަނީ

  ފަސް ރަށެއްގެ ސްކޫލުތައް އިތުރަށް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ބަޔަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފިއެވެ. އިތުރަށް ތަރައްގީކުރުމަށް ބަޔަކު ހޯދުމަށް އިއުލާންކޮށްފައިވާ ސްކޫލް ތަކަކީ ށ.ފުނަދޫ ސްކޫލް ތ.އޮމަދޫ ސްކޫލް، އއ.ހިމަންދޫ ސްކޫލް، ރ.އިނގުރައިދޫ ސްކޫލް އަދި ށ.ކަނޑިތީމުގައި ހުންނަ ށ.އަތޮޅު ސްކޫލެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ފަސް ސްކޫލު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރޭގައި ކްލާސް ރޫމް އިރުތުކުރުމާއި މަލްޓި ޕާޕޯސް ހޯލުގެ މަސައްކަތުގެ އިތުރުން ސްޓާފްރޫމް […]

ގެއްލިގެން ފުލުހަށް ރިޕޯޓްކޮށްފައިވާ މާސްޓާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރި ބަޔަކުހޯދަނީ

    މި އަހަރުގެ އޭޕްރިލް އެކެއްގައި ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ މާސްޓާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ފިހާރައަކުން ވިޔަފާރި ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ބަޔަކު ހޯދުމަށް ފުލުހުން ވީޑިއޯއެއް އާންމުކޮށްފއެވެ. މި ވީޑިއޯއިން ފެންނަނީ ހެދުންވިއްކާ ފިހާރައެއްގެ ތެރޭ ހަރަކާތްތެރިވާ ދެ މީހެކެވެ. މި ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ. މައުލޫތު ހިއްސާކުރުމަށް ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅައި […]