ދަރިވަރުންނަށް ހާއްސަކޮށް މާލެ-ހުޅުމާލެ ސުކޫލު ބަސް ތައާރަފް ކުރަނީ!

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގައި ދިރިއުޅޭ ދަރިވަރުން މާލޭގެ ސްކޫލު ތަކަށް ދިއުމުގެ އިންތިޒާމު ހަމަޖައްސައި ދޭން ސްކޫލް ބަސް ތައާރަފު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ސްކޫލް ބަސް ޕްރޮގްރާމް ހިންގަން ނިންމާފައި ވަނީ ހިޔާ ފްލެޓްތަކަަށް ބަދަލުވާ އައިލާތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ހުޅުމާލޭގައި ހުޅުމާލޭ ފޭސް 2 ގައި އިމާރާތްކޮށްފައިވާ ހިޔާ ފުލެޓަށް ބަދަލުވާ ދަރިވަރުންނަށް ހާއްސަކޮށްގެން މާލޭ ސުކޫލުތަކަށް ދިޔުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުންދާކަމަށާއި ސުކޫލު ބަސް ތައާރަފް ކުރުމުގެ މަޝްވަރާތައް އެމްޓީސީސީއާއެކު ކުރެވެމުންދާކަމަށެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި 14 ސްކޫލެއް އިމާރާތް ކުރަން ވަނީ ނިންމާފަ އެވެ. މިހާރު ވަނީ އޭގެ ތެރެއިން ދެ ސްކޫލެއް އިމާރާތް ކުރަން ހަވާލުކޮށްފަ އެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހު ”ސަލާހުއްދީން ސްކޫލް“ މަސައްކަތައް ވަނީ އަމިން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފަ އެވެ. އެއީ 118 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ދެވަނަ ސްކޫލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރްސީސީއާ އެވެ. މިއީ 243 މިލިއަން ރުފިޔާގެ ޕްރޮޖެއްޓެކެވެ. އެ މަސައްކަތް އަންނަ އަހަރުގެ ޑިސެމްބަރަށް ނިންމަން ޖެހޭނެ އެވެ. ހިިޔާ ފުލެޓުތަކަށް ގިނަ މީހުން ބަދަލުވާން ފަށަން ވާއިރަށް މި މަސައްކަތްތައް ނިމޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރައްވަމުން ކަން ފާހަގަކޮށްލެވެއެވެ.

​ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަހުގެ ހިދުމަތް ފެށުމަށް ހަދަމުން އަންނަ ބަސް ސްޓޮޕްތަކުގެ 92 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް