ޤައުމީ ސްކައުޓް އެސެންބްލީގެ  އަހަރީ އާއްމު ޖަލްސާ ލަސްކޮށްފި

  ޤައުމީ ސްކައުޓް އެސެންބްލީގެ އަހަރީ އާއްމު ޖަލްސާ ލަސްކޮށްފިއެވެ. ސްކައުޓް އެސޯސިއޭޝަނުން ބުނީ ގައުމީ ސްކައުޓް އެސެންބްލީގެ  2019 އަދި 2020 ވަނަ އަހަރުގެ އާއްމު ޖަލްސާ ބާއްވަން މިހާރު ނިންމާފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު ކަމަށެވެ. މި ޖަލްސާ ބާއްވަން ކުރިން ނިންމާފައިވަނީ މާދަމާ ރެ އެވެ. ސްކައުޓް އެސޯސިއޭޝަނުން ބުނީ ޖަލްސާ ލަސްކުރީ މިހާރު ކުރިއަށްދާ ދުނިޔޭގެ ސްކައުޓް ކޮންފަރެންސްގެ ބައްދަލުވުންތަކުގައި އެ އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވަމުންދާތީ ކަމަށެވެ. އެ […]

ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ އޮނިގަނޑު އެކުލަވާލައި އަމަލީ މަސައްކަތް މިހާރު ވާނީ ފަށާފައި: ރައީސް

  ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ އޮނިގަނޑު އެކުލަވާލައި މައުލޫމާތު ހިއްސާކުރުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސުލް ޖުމޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމްއެންޑީއެފްގެ 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ހުވާ ކުރުމާއި ބަޑި ހަވާލު ކުރުމަށް ރޭ ބޭއްވި  ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން، ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމުގެ އޮނިގަނޑު އެކުލަވާލައިފައިވާ ކަމަށެވެ. […]

ކްރޮސް ރޯޑް އާންމުންނަށް ހުޅުވާލަނީ

    ތައިލެންޑުގެ ރިއަލްއެސްޓޭޓްގެ ވިޔަފާރި ކުންފުނި ސިންހާ އެސްޓޭޓުން އެނބޫދޫ ފަޅުގައި ތަރައްގީކުރި ކްރޮސްރޯޑް  އަންނަ މަހު އެކަކުން ފެށިގެން އާންމުންނަށް ހުޅުވައިލާން ނިންމައިފިއެވެ. ކްރޮސް ރޯޑުން ބުނީ އަންނަ ބުދަދުވަހުން ފެށިގެން އާންމުންނަށް އެ ތަން ހުޅުވައިލާއިރު އާންމުންނަށް އެތަނަށް ދެވޭނީ ހެނދުނު 11:00 އިން ރޭގަނޑު 11:00 އަށް ކަމަށެވެ. އެތަނަށް ދާ މީހުން 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓެއް ގެންދަން ޖެހޭނެ ކަމަށް ވެސް ކްރޮސް ރޯޑުން ބުނެއެވެ. ކްރޮސްރޯޑް […]

ގަމުގެ ވިޔަފާރި ޒޯންގައިވާ ބިންތައް 25 އަހަރަށް ކުއްޔަށް ދޫކުރަނީ

  ލ. ގަމުގެ ވިޔަފާރި ޒޯންގައިވާ ބިންތަކެއް 25 އަހަރަށް ކުއްޔަށް ދޫކުރަން ގަމު ކައުންސިލް އިދާރާއިން އިއުލާންކޮށްފިއެވެ. އެރަށު ކައުންސިލުން ބުނީ ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކުލީ ބިންތަކުގެ ތެރެއިން ލ.ގަން ތުނޑީ ވިޔަފާރި ޒޯންގައިވާ ފީރޯޒު 19،20،28،29،30، ނަންބަރު  ބިންތައްކަމަށެވެ. މި ބިންތައް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުން  ބުދަ ދުވަހުގެ 12:00ގެ ކުރިން ބިޑް ޑޮކިއުމަންޓު ގަތުމަށްފަހު، ބިޑު ހުށަހެޅުއްވުން އެރަށު ކައުންސިލުން އެދެއެވެ، ކައުންސިލުން ބުނީ  ބިޑު […]

ކޮވިޑް19: އިތުރު 108 މީހަކު ފައްސިވެއްޖެ!

މިއަދު ކޯވިޑް19 އަށް ފައްސިވެފައިވަނީ 108 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 59 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 14 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 35 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 80,436 އަށް އަރައިފައެވެ. އޭގެ ތެރޭގައި 1,684 އެކްޓިވް ކޭސް ހިމެނޭއިރު 10 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ އިން […]

ބަރުލަމާނީ ހުންގަނޑު!

ލިޔަންފެށުމުގެކުރިން އުސްތާޒަކު ދަސްކޮށްދެއްވި ބަސްކޮޅެއް މިތާގައި ހަނދާން ކޮށްލާނަމެވެ. ޚަލީފާ ޢަލީގެފާނު ވިދާޅުވި ބަސްފުޅެއްގައި އޮންނަކަމަށް އަޅުގަނޑުގެ އުސްތާޒު ވިދާޅުވެ ދެއްވިއެވެ. ”މިދުނިޔޭގައި އިންސާނާއަށް އޮތީ ދެ ދުވަހެކެވެ. އެއްދުވަސް ތިބާއަށް ޓަކައެވެ. އެދުވަހު ބޮޑާވެ ކިބުރުވެރިވެ ނުގަންނަހުށިކަމެވެ. އަނެއްދުވަސް ތިބާއާއި އިދިކޮޅަށެވެ. އެދުވަހު ކެތްތެރިކަން އިސްކުރާހުށިކަމެވެ“. ކިހާ ޢިބުރަތްތެރި ނަސޭޙަތުގެ ބަސްފުޅެއްތޯއެވެ. ދުވަސްތަކަށްފަހު އަނެއްކާވެސް ބަރުލަމާނީ ނިޒާމުގެ ސަރުކާރެއް އުފަށްދައި ބަރުލަމާނީ، ތިންބާރު އެކުވެފައިވާ ސިސްޓަމަކުން ދިވެހި ދައުލަތް ހިންގަން ބޭނުންވާ ބަޔަކު އެކަމަށް ފައިނަގައިގެން […]

”އިންގްލިޝް މީޑިއަމް ސިސްޓަމް ސިކުނޑި އަޅުވެތިކޮށް ދީނާއި ސަގާފަތާ ދުރުކޮށްފި“

އިނގްލިޝް މީޑިއަމް ސިސްޓަމުގެ ސަބަބުން ތައުލީމީ ނިޒާމުގެ ފެންވަރު ދަށްވެ ސިނކުނޑި އަޅުވެތިވުމާއެކު އިސްލާމީ އުސޫލުތަކާއި ސަގާފަތާއި ދުރުވެފައިވާކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު ޢިމްރާން ޚާން ވިދާޅުވެއްޖެއެވެ. ޢިމްރާން ވިދާޅުވީ ދަރިވަރުންނަށް ކިޔަވައިދޭންވީ އަމިއްލަ ބަހުންކަމަށެވެ. އަމިއްލަ މީޑިއަމަކަށް ކަމަށެވެ. ދަރިވަރުންނަށް ކިޔަވައިދިނުމާއެކު ދަރިވަރުން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް ސަމާލުކަން ދޭންޖެހިފައިވާކަމަށް ވެސް ޢިމްރާން ވިދާޅުވިއެވެ. “ ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސިޔަރަތާ ގުޅޭ ގޮތުން […]

މަހުލޫފަށް އެމްޑީޕީގެ އިންތިހާބުގައި ވާދަ ކުރުމަށް ފުރުސަތު ނުދިން ސަބަބު އިލެކްޝަނުން ބަލަނީ

  ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް އެ ޕާޓީން ފުރުސަތު ނުދެއްވި ސަބަބު އެންގުމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ)އިންއެމްޑީޕީއަށްއަންގައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މަހުލޫފަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދީފައިނުވާކަމަށް ބުނެ އަންގާރަ ދުވަހު އެކޮމިޝަނަށް ހުށަހަޅައިފައިވާ ކަމަށާ އެ ހުށަހެޅުމާ ގުޅިގެން  އެމްޑީޕީން މިކަމުގައި އަމަލުކޮށްފައިވާ ގޮތެއް ބެލުމަށް މިއަދު އެދިފައިވާކަމަށެވެ. މަހިލޫފް ހުށަހެޅި ސިޓީގައިވަނީ އއޭނާއަކީ ކުށްވެރިއެއް ނޫންކަމަށާއި، ގާނޫނު އަސާސީއާއި،ގާނޫނުތަކުންވެސް ހުކުމެއް ނެތް […]

އެމްޑީޕީގެ އިންތިހާބުގައި 730 ކެނޑިޑޭޓުން ވާދަކުރޭ

  ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ އިންތިހާބު 2021 އަށް އެތެރޭގެ 730 ކެނޑިޑޭޓުން ވާދަކުރާކަމަށް އެޕާޓީން ހާމަކޮށްފިއެވެ. އަންނަ މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ބެހޭގޮތުން މީޑިއާ އަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ބުނީ އެޕާޓީން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ފައިނަލް ލިސްޓް މިއަދު އާންމު ކުރާނެކމަށެވެ. ނޫސްވެރިންނާ މައުލުމާތު ހިއްސާ ކުރައްވަމުން އެ ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް  […]

ހަނިމާދޫ އެއާޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

  ހދ. ހަނިމާދޫ އެއާޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން ނައްތާލައިފި އެވެ. ފުލުހުން ބުނީ މިއަދު ނައްތާލައިފައިވާ ބަނގުރާތަކަކީ ހަނިމާދޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތިކަމަށެވެ. ފުލުހުން ބުނީ މި ބަނގުރާތަކަކީ 2019 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 122 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާތައްކަމަށެވެ. އޭގެތެރޭގައި ހިމެނެނީ  425 ފުޅި ބަނގުރާ އާއި 13 ދަޅު ބަނގުރާ ކަމަށް ވެސް […]