އެމްޑީޕީގެ އިންތިހާބުގައި 730 ކެނޑިޑޭޓުން ވާދަކުރޭ

Loading

Facebook
Twitter
WhatsApp

 

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ އިންތިހާބު 2021 އަށް އެތެރޭގެ 730 ކެނޑިޑޭޓުން ވާދަކުރާކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

އަންނަ މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ބެހޭގޮތުން މީޑިއާ އަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ބުނީ އެޕާޓީން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ފައިނަލް ލިސްޓް މިއަދު އާންމު ކުރާނެކމަށެވެ.

ނޫސްވެރިންނާ މައުލުމާތު ހިއްސާ ކުރައްވަމުން އެ ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް  ވިދާޅުވީ މިއިންތިހާބުގައވޯޓު ލެވޭނީ އެ ޕާޓީގެ އެހެން އިންތިހާބުތަކުގައިވެސް އަމަލުކުރާ އުސޫލުން ޕާޓީގެ ދަފްތަރުގައި ހިމެނޭ މީހުންނަށް ކަމަށެވެ. އަދި ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ވޯޓުލާން ފުރުސަތު ނުދޭނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހުކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ މި އިންތިހާބުގައި 300 ވޯޓު ފޮށި އެކި ދައިރާތަކުގައި ބެހެއްޓުމަށް ހަމަޖައްސާފައިވާކަމަށާ  އޮފިޝަލުންގެ ގޮތުގައި 900 އެއްހާ މީހުން ހަރަކާތްތެރިވާނެކަމަށެވެ.
އަދި އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނާ ގުޅިގެން މިހާތަނަށް 17 ޝަކުވާ ލިބިފައިވާ ކަމަށާ، އެޝަކުވާތައް ބެލުމަށްފަހު ވާދަކުރެވޭނެ ކެނޑިޑޭޓުންނަކީ ކޮބައިކަން މިހާރު ކަނޑައެޅިފައިވާކަމަށް ހަސަން ވިދާޅުވިއެވެ.  އަދި އެކަމާއި އިތުރު ޝަކުވާއެއް އޮތްނަމަ، އިސްތިއުނާފުކޮށް ޕާޓީގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން އެކަން ބެލުމުގެ ފުރުސަތު ދެވިގެންދާނެކަމަށް އެނާ ވިދާޅުވިއެވެ.

އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެޕާޓީގެ މެންބަރުންގެ ގޮތުގައި 93،354 މެމްބަރުން ތިބެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް