އައްޑޫ ސިޓީގައި މޮނިޓަރިން އުވާލައި ހާއްސަ އުސޫލުތަކެއް ކަނޑައަޅައިފި
އައްޑޫސިޓީގައި މޮނިޓަރިން އުވާލައި ހާއްސަ އުސޫލުތަކެއް ކަނޑައަޅައިފިއެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ ކޮވިޑް- 19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އައްޑޫ ސިޓީގެ މޮނިޓަރިންގ އުވާލާފައިވާކަން އަންގާފައިވާކަމަށެވެ. ކައުންސިލުން ބުނީ އައްޑޫ ސިޓީގެ މޮނިޓަރިންގ އުވާލިކަމުގައި ވީނަމަވެސް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެ ހާއްސަ ފިޔަވަޅުތަކަކީ: މާލެއިންނާއި މޮނިޓަރިންގ ހާލަތުގައިވާ ރަށްރަށުން އައްޑޫ އަށް ދަތުރުކުރާއިރު ހާލުބެލުން ޕޯޓަލްގައި ރަޖިސްޓްރީވެ ހުއްދަލިބިގެން ދަތުރުކުރުން، ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ހިދުމަތްދޭ އެހެނިހެން […]
ކުރިނބީގެ ކޮންމެ ގެއަކަށް ކުކުޅަކާއި ހަނޑޫ ޕެކެޓެއް
ހދ ކުރިނބީގެ ކޮންމެ ގެއަކަށް އަޟްހާ އީދު ހަދިޔާ އެއްގެ ގޮތުގައި ކުކުޅަކާއި ހަނޑޫ ޕެކެޓެއް އެރަށު ކައުންސިލުން ހަދިޔާކޮށްފި އެވެ. ކުރިނބީ ކައުންސިލުން ބުނީ އީދު ހަދިޔާގެ ގޮތުގައި އެރަށުގެ ކޮންމެ ގެއަކަށް 1200 ގުރާމްގެ ކުކުޅަކާއި އެއް ކިލޯގެ ބާސްމަތީ ހަނޑޫ ޕެކެޓެއް ދީފައިވާކަމަށެވެ. މިއީ އެހެން އީދުތަކުގައިވެސް ރަށުގައި އީދު ހަދިޔާ ބަހާ އުސޫލުން މި އީދުގައި ރަށު ކައުންސިލުން ކޮންމެ ގެއަކަށް ދިން އީދު ހަދިޔާ އެއް ކަމަށްވެސްކައުންސިލުންބުނެއެވެ. ކައުންސިލުން […]
އީދު އުފަލުގައި ފޮޓޯ މުބާރާތެއް
އަޟްހާ އީދު ދުވަހުގެ އުފާވެރިކަން ފާހަގަކުރަން ހާއްސަ ފޮޓޯ މުބާރާތެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ތައާރަފް ކޮށްފި އެވެ. ”އީދު ކިހިނެތް؟“ ގެ ނަމުގައި ފެށި މި މުބާރާތަކީ އާއިލާއާއި ގާތްތިމާގެ މީހުންނާއެކު އީދުގައި ހޭދަކުރާ އުފާވެރި ވަގުތުތައް ފޮޓޯގެ ޒަރިއްޔާއިން ދައްކުވައިދިނުމަށް ކުރިއަށް ގެންދާ މުބާރާތެކެވެ. ބީއެމްއެލް އިން ބުނީ މި މުބާރާތުގެ ލަކީޑްރޯގެ ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް އެއްވަނަ ދުވަހުއެވެ. ލަކީޑްރޯއިން ހޮވޭ ނަސީބުވެރިންނަށް އިނާމެއްގެ ގޮތުގައި 2،000 ރުފިޔާގެ […]
ގައުމީ ޕޭމަންޓް ސިސްޓަމް މަޝްރޫއަށް ކޮންސަލްޓަންޓެއް ހޯދަނީ
”މޯލްޑިވްސް ޕޭމެންޓް ސިސްޓަމްސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް“ ދަށުން ތައްޔާރުކުރާ ޕޭމެންޓް ޕްލެޓްފޯމް ގެ އިންޕްލިމެންޓޭޝަންގެ މަސައްކަތަށް ޓެކްނިކަލް ކޮންސަލްޓަންޓެއް ހޯދުމަށް އިއުލާންކޮށްފި އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ މި މަޝްރޫއުގެ ޓެކްނިކަލް ކޮންސަލްޓަންޓަކަޝައުޤުވެރިވާ ފަރާތްތަކުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން އެކަމަށް އދި ހުށަހަޅަން ޖެހޭނެކަމަށެވެ. މިއީ ރާއްޖޭގައި ކުރެވޭ މާލީ މުއާމަލާތްތަކުގެ ނިޒާމް ހަރުދަނާ ކުރުމަށް ގާއިމުކުރެވޭ ޕޭމަންޓް ސިސްޓަމް އެކެވެ. މި އަހަރު ތައާރަފު ކުރަން […]
ދުނިޔޭގެ އެންމެ މުސްކުޅި ޓެނިސް ކުޅުންތެރިޔާ: އުމުރުން 97 އަހަރުގައި ވެސް ޓެނިސް ކުޅެނީ
ޔޫކްރެއިންގެ ޓެނިސް ކުޅުންތެރިއެއްކަމުގައިވާ އުމުރުން 97 އަހަރުވީ ލެއޮނިޑް ސްޓަނިސްލާވްސްކީ ވެފައި ވަނީ މިހާރު ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ ޓެނިސް ކުޅުންތެރިޔާއަށެވެ. އެހެންވެ އޭނާގެ ނަން ވަނީ އެންމެ މުސްކުޅި ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ދުނިޔޭގެ ރެކޯޑު ފޮތުގައި ވެސް ހިމަނާފައެވެ. މީޑިއާ ރިޕޯޓުތަކުން އެނގޭ ގޮތުގައި އޭނާ ޓެނިސް ކުޅެން ފެށީ އުމުރުން 30 އަހަރުގައެވެ. މެދުކެނޑުމެއްނެތި އޭނާ ޓެނިސް ކުޅެމުންދާތާ 60 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ސްޓަނިސްލާވްސްކީ ބުނި ގޮތުގައި […]
ދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމު ދަރިންނަށްބޭނުންވޭ : އީދު ހުތުބާ
އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމު ދަރިންނަށް ގައުމު ބޭނުންވެފައިވާ ކަމަށް މިއަދުގެ އީދު ހުތުބާގައި ބުނެފި އެވެ. ކޮވިޑް-19 ބަލި ކޮންޓްރޯލް ކުރުމަށް އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނުމަށްފަހު މިއަދު ޖަމާއަތުގައި ކުރި 1442 ވަނަ އަހަރުގެ އަޟްހާ އީދު ނަމާދަށްފަހު، އިއްވި ހުތުބާ ހާއްސަކޮށްފައިވަނީ ”އަޟްހާ އީދުގެ އިހްތިފާލު“ގެ މަށްޗަށެވެ ހުތުބާގައި ބުނީ މިއަދު ފެންނަމުންދަނީ އިސްލާމް ދީނަށް ފާޅުގައި އިހާނެތިކޮށް ހިތާތަން ކަމަށާއި، އިސްލާމްދީނުގެ ބުރުސޫރަ […]
އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ
ބ. އޭދަފުށީގައި ހުންނަ ކޮވިޑް ސެންޓަރުގައި ފަރުވާދެމުންދިޔަ އުމުރުން ދުވަސްވީ އަންހެނަކު ނިޔާވެއްޖެ އެވެ. އަތޮޅު ހޮސްޕިޓަލުން ބުނީ މި އަންހެންމީހާ އަކީ އުމުރުން 91 އަހަރުގެ މީހެއްކަމަށާ އޭނާ ނިޔާވީ ރޭދަންވަރު 01:05 ހާއިރުކަމަށެވެ. އެ މީހާއަކީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން އޭދަފުށީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އައި މީހެކެވެ. މިއީ އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ކޮވިޑްގައި ނިޔާވި ދެ ވަނަ މީހާ އެވެ. މިއާއެކު […]
ތަފާސް ހިސާބުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި
ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ. މި ބިލަކީ 2021 ޖުލައި މަހުގެ 8 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ާނޫނަކީ ރާއްޖޭގައި ތަފާސްހިސާބާބެހޭ ގައުމީ ނިޒާމެއް ގާއިމުކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި، އާންމުކުރުމާއި، ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ. މި ގާނޫނުގެ […]
ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރައްވައިފި
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް 1 ވަނަ އިސްލާހ ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހއްމަދު ސާލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ. މި ބިލަކީ، 2021 ޖުލައި 8 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. މި ބިލުގައި އެންމެ ކުދި، ކުދިއަދި މެދުފަންތީގެ ވިޔަފާރި ގިންތިކޮށްފައިވާ މިންގަނޑުތަކަށް އިސްލާހު ގެނެސްފައިވެއެވެ. ހަމަ އެހެންމެ ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، […]
މިއަދު ހަވީރު 4 އިން ރޭގަނޑު 8 އަށް މާލެސިޓީގައި ވެހިކަލް ދުއްވުން މަނާ
އަޟްހާ އީދާ ގުޅިގެން މިއަދު ހަވީރު 4 އިން ރޭގަނޑު 8 އަށް މާލެ ސިޓީގައި މަގުތަކުގައި ވެހިކަލް ދުއްވުން މާލޭ ސިޓީ ކައުންސިލުން މަނާކޮށްފި އެވެ. މާލެ ސިޓީ ކައުންސިލުން ބުނީ މިއީ މިއަހަރުގެ ބޮޑުއީދުގައި މާލެ ސިޓީގެ ރައްޔިތުންނަށް އުފާވެރި ވަގުތުކޮޅެއް ހޯދާދިނުމުގެ މަގްސަދުގައި މާލެ ސިޓީގެ މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ފައިމަގުގައި ހިނގާ ވަގުތުކޮޅެއް ހަމަޖައްސައި ދިނުމަށްޓަކައި ނިންމި ނިންމުމެއްކަމަށެވެ. އެގޮތުން މިއަދު ހަވީރު 4:00 ން 8:00 މާލެ […]