އައްޑޫ ސިޓީގައި މޮނިޓަރިން އުވާލައި ހާއްސަ އުސޫލުތަކެއް ކަނޑައަޅައިފި

Loading

Facebook
Twitter
WhatsApp

 

އައްޑޫސިޓީގައި މޮނިޓަރިން އުވާލައި ހާއްސަ އުސޫލުތަކެއް ކަނޑައަޅައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ކޮވިޑް- 19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އައްޑޫ ސިޓީގެ މޮނިޓަރިންގ އުވާލާފައިވާކަން އަންގާފައިވާކަމަށެވެ.

ކައުންސިލުން ބުނީ އައްޑޫ ސިޓީގެ މޮނިޓަރިންގ އުވާލިކަމުގައި ވީނަމަވެސް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އެ ހާއްސަ ފިޔަވަޅުތަކަކީ:

  1. މާލެއިންނާއި މޮނިޓަރިންގ ހާލަތުގައިވާ ރަށްރަށުން އައްޑޫ އަށް ދަތުރުކުރާއިރު ހާލުބެލުން ޕޯޓަލްގައި ރަޖިސްޓްރީވެ ހުއްދަލިބިގެން ދަތުރުކުރުން،
  2. ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ހިދުމަތްދޭ އެހެނިހެން ތަންތަނުނުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ހިދުމަތް ދިނުން،
  3. އާންމު މައިދާންތަކާއި ޕާކުތަކުގައި ގިނަމީހުން އެއްވެ ނޫޅުން އަދި އެފަދަ ތަންތާގައި އުޅުމުގައި ގައިދުރުކަން ބެހެއްޓުން،
  4. ގެއިން ބޭރުގައި އުޅޭ ވަގުތުތަކުގައި މާސްކު އެޅުއްވުން،
  5. ބޯކޮށާ ތަންތަނާއި ސެލޫން ތަކުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ހިދުމަތް ދިނުން،
  6. ޖިމް އަދި ފިޓްނަސް ސެންޓަރުތަކުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ހިދުމަތް ދިނުން،
  7. ކުޅިވަރު މުބާރާތްތައް ނުބޭއްވުން އަދި ކުޅިވަރު ކުޅުމުގައި އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލުކުރެއްވުން.

 

އައްޑޫސިޓީ މޮނިޓަރިން އިން ނަގާފައި މިވަނީ ދެ މަސް ވަންދެން މޮނިޓަރިންގައި އޮތުމަށް ފަހު އެވެ.

އައްޑޫސިޓީގައި މިހާތަނަށް 549 ފަރާތަކަށް ކޮވިޑް ޖެހިފައިވާއިރު  މިބަލީގައި އެ ސިޓީގެ ދެ މީހަކު ވަނީ ނިޔާވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް