އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

Loading

Facebook
Twitter
WhatsApp

 

ބ. އޭދަފުށީގައި ހުންނަ ކޮވިޑް ސެންޓަރުގައި ފަރުވާދެމުންދިޔަ އުމުރުން ދުވަސްވީ އަންހެނަކު ނިޔާވެއްޖެ އެވެ.

އަތޮޅު ހޮސްޕިޓަލުން ބުނީ މި އަންހެންމީހާ އަކީ އުމުރުން 91 އަހަރުގެ މީހެއްކަމަށާ އޭނާ ނިޔާވީ  ރޭދަންވަރު 01:05 ހާއިރުކަމަށެވެ.

އެ މީހާއަކީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން އޭދަފުށީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އައި މީހެކެވެ.

މިއީ އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ކޮވިޑްގައި ނިޔާވި ދެ ވަނަ މީހާ އެވެ.

މިއާއެކު މިބަލީގައި ނިޔާވި މީހުންގެ އަދަދުވަނީ 217އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 198 ދިވެހިންނާއި 19 ބިދޭސީންނެވެ. މިބަލީގައި އެންމެ ފަހުން މީހަކު ނިޔާވެފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

ކޯވިޑްއިން ރައްކާތެރިވުމަށް އެޅި ހަރުކަށި ފިޔަވަޅުތަކާއެކު ޕޮޒިޓިވްވާ ކޭސްތަކުގެ މިހާރުވަނީ ވަރަށް މަދުކުރެވިފައިވާއިރު މިހާރު ގިނަ ކޭސްތައް ފެންނަނީ އަތޮޅުތަކުންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 140 މި ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު  މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 59 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވީ 74 މީހެކެވެ.

ޢީދު ބަންދާ ދިމާކޮށް މިދުވަސްވަރު ގިނަ ބަޔަކު އަތޮޅުތެރެއަށް ދަތުރުކުރަމުންދާއިރު ރައްކާތެރިކަމަށްޓަކާ ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ގައިޑްލައިންތަކާ ހިލާފުނުނުމަށްވެސް އެޗްޕީއޭން އިލްތިމާސް ކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް