މުލިއާގެ ގޮއްވާލާނެ ކަމަށް ބުނި ދެ މީހަކު ހައްޔަރުކޮށްފި

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދިރިއުޅުއްވާ ރަސްމީ ގެކޮޅު ކަމަށްވާ މުލިއާގެ ގޮއްވާލާނެ ކަމަށް ބުނި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މިއަދު މުލިއާގެ ކައިރިން ދިޔަ ދެ މީހަކު އެ މީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނު ބާއި ގުޅިގެން އެ ދެ މީހުން ހައްޔަރުކޮށް ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އެ ދެމީހުން މުލިއާގެ ގޮއްވާލާނެ ކަމަށް އިންޒާރު ދިނުމާއެކު އެންމެފުރަތަމަ އެދެމީހުން ހިފެހެއްޓީ މުލިއާގެ ސަލާމަތީ ކަންކަން […]

ޝާހުރުކް ޚާން އަވިއައިނު އަޅައިގެން ތައުޒިޔާ ކިޔަން ދިއުމުން ގިނަ ބަޔަކު ފާޑުކިޔައި ނުރުހުން ފާޅުކޮށްފި

ހިންދީ ފިލްމީ ދުނިޔޭގެ ލާމަސީލު ތަރިއެއްކަމުގައިވާ ދިލިޕް ކުމާރު މަރުވުމާ ގުޅިގެން އާއިލާއަށް ތައުޒިޔާ ކިޔަން، އައިވި އައިނެއް އަޅައިގެން މަޝްހޫރު ފިލްމީތަރި ޝާހު ރުޚް ޚާން ދިއުމުން ވަރަށް ގިނަ ބަޔަކު އެކަމަށް ފާޑުކިޔައި ނުރުހުން ފާޅުކޮށްފިއެވެ. ވަރަށް ގިނަ ދުވަސްތަކެއް ވާނދެން ބަލިވެ އުޅުނު ދިލިޕް ކުމާރު މަރުވީ ބުދަ ދުވަހު ހެނދުނު ހަތެއް ޖެހިއިރެވެ. ރަސްމީ އިއްޒަތުގައި އޭނާ ވަޅުލީ އެ ދުވަހު ހަވީރުގެ ވަގުތެއްގައެވެ. ދިލިޕް ކުމާރު މަރުވުމުން ވަރަށް ގިނަ […]

ހުޅުމާލޭގައި 114 ފްލެޓް އިމާރާތެއް އަޅަން ބަޔަކާ ހަވާލުކޮށްފި

    ހުޅުމާލޭގައި 114 ފްލެޓް އިމާރާތެއް އެޅުމަށް ސާސޭ އަދި ގްލަޓް ޖޭވީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. އެޗްޑީސީން ބުނީ މި ފްލެޓް އިމާރާތަކީ  މެދު އަދި މަތީ ފަންތީގެ ގެދޮރުވެރި ކަމަށް ހާއްސަ ފްލެޓްތަކެއް ކަމަށެވެ. މި ފްލެޓްތައް އެޅުމުގެ އެއްބަސް ވުމެއްގައި އެޗްޑީސީ އާއި ސާސޭ އަދި ގްލަޓް ޖޭވީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ބުދަދުވަހު ވަނީ އެއްބަސް ވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް […]

44 ހާހަށް ވުރެ ގިނަ ބަނގުރާ، ބަނގުއްވި ނައްތާލައިފި

  މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން 44911 ބަނގުރާ، ބަނގުއްވި ނައްތާލައިފި އެވެ. ކަސްޓަމްސް އިން ބުނީ މި ބަނގުރާ، ބަނގުއްވި ތެރޭގައި ހިމެނެނީ 25469 ފުޅި އާއި 19430 ދަޅުގެ އިތުރުން 12 ޕެކެޓް  ކަމަށެވެ. އަދި މީގެ އިތުރުން ވެސް ގިނަ އަދަދެއްގެ ބާވަތްތަކެއް ނައްތާލައިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އޭގެ ތެރޭގައި ދުންފަތާއި ސިގިރޭޓް އަދި ބޭސް ހިމެނެއެވެ. އެގޮތުން 39200 ސިގިރޭޓަޓާއި 300 ގްރާމް ދުންފަތް އަދި 574 ސޮފްޓް […]

ނަފްރަތުގެ ބިލު ކޮމިޓީއަށް އަލުން ފޮނުވާލަން ފާސްކޮށްފި

އާއްމު ތަނެއްގައި ވަކިމީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅުމީހެއްކަމަށް ބުނެ ތުހުމަތުކުރުން ފަދަ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އަލުން ދިރާސާކޮށް ގޮތެއް ނިންމަން ޖުޑިޝަރީ ކޮމެޓީއަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި އެވެ މިއަދުގެ ޖަލްސާގައި އެ ބިލު އަލުން ދިރާސާކޮށް ގޮތެއް ނިންމުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި އެވެ. އާޒިމް ހުށަހެޅުއްވި ގޮތަށް […]

އިންޑިޔާ: 12 މިނިސްޓަރުން މަގާމުން ވަކިކޮށް އައު މިނިސްޓަރުން އައްޔަނުކޮށްފި

ކޮވިޑް-19 ގެ ބަލިމަޑުކަމާއި އިންޑިޔާ ސަރުކާރުން ކުރިމަތިލީ ގޮތާ ދޭތެރޭ ވަރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. މިކަމާ ގުޅިގެން އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދްރާ މޯދީ ވަނީ ސިއްހީ ދާއިރާއާއި، އައި.ޓީ، އަދި ތެލުގެ ދާއިރާތަކާއި ގުޅުން ހުރި މިނިސްޓަރުންގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކި ކުރައްވާފައެވެ. އިންޑިޔާގެ ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ހާޝް ވަރްދާން މަގާމުން ވަކިކުރައްވައި އެ މަގާމަށް މޯދީ ވަނީ މަންސޫކް ލަކްސްމޭން މަންޑަވިޔާ އައްޔަން ކުރައްވާފައެވެ. އަދި އައި.ޓީ […]

ގައުމީ ބޮޑެތި މައްސަލަތައް ކުރިއަށް ދަނީ ފިނިހަކަ ދުވެލީގައި

މީހުން މެރުމާއި ލޭހުއްދަ ކުރުން ފަދަ ބޮޑެތި ކުށްތަކަށް އަރައިގަތުން ރާއްޖޭގައި އާންމު ވެއްޖެ އެވެ. މީގެ އިތުރުން ރަހީނު ކުރުމާއި ރޭޕް ކުރުމާއި އެއްޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުމުގެ ޢަމަލުތަކާއި ރާ ބުއިމާއި، ފޭރުމާއި އޮޅުވާލުމާއި މަކަރު ހެދުން ފަދަ ބޮޑެތި ފާފަ ކުރުން ވެސް ރާއްޖޭގައި އާންމު ވެއްޖެއެވެ. މިފަދަ ނުރައްކާތެރި ބިރުވެރި އަމަލުތައް އާންމު ވަމުން މިދަނީ ދީނީ އެއްބަވަންތަކަމާއި ސުލްހަވެރި އަމާން ޖީލެއް ބިނާ ކުރުމަށް ސަރުކާރު ނުކުޅެދިފައި ވާތީ ކަމަށް […]

ހުޅުމާލޭގައި 114 ފްލެޓް އިމާރާތެއް އަޅަން ބަޔަކާ ހަވާލުކޮށްފި

    ހުޅުމާލޭގައި 114 ފްލެޓް އިމާރާތެއް އެޅުމަށް ސާސޭ އަދި ގްލަޓް ޖޭވީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. އެޗްޑީސީން ބުނީ މި ފްލެޓް އިމާރާތަކީ  މެދު އަދި މަތީ ފަންތީގެ ގެދޮރުވެރި ކަމަށް ހާއްސަ ފްލެޓްތަކެއް ކަމަށެވެ. މި ފްލެޓްތައް އެޅުމުގެ އެއްބަސް ވުމެއްގައި އެޗްޑީސީ އާއި ސާސޭ އަދި ގްލަޓް ޖޭވީ ޕްރައިވެޓް ލިމިޓެޑާ ދެމެދު އިއްޔެ ވަނީ އެއްބަސް ވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް […]

ދޫކޮށްލި ހަރުކަށިމީހުން ކަމަށް ތުހުމަތުކުރެވޭ ދެ މީހުން އަނެއްކާވެސް ހައްޔަރުކޮށްފި

    ހަރުކަށި މީހުންކަމަށް  ތުހުމަތުމަތު ކޮށް ހަޔަރުކުރި މީހުންގެ ތެރެއިން އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލައިފައިވާ ތިން މީހުންގެ ތެރެއިން ދެ މީހުން އަނެއްކާ ވެސް ފުލުހުން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ ރޭގެ ވަރުތެއްގައި ކޯޓު އަމުރެއްގެ ދަށުންކަމަށެވެ. މި މީހުންނަނީ ރައީސް ނަޝީދަށް ދިން ހަމައަލާ އަށް ފަހު ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ މީހުންނެވެ. […]

މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓް ކެޑޭނެ

  މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދު ދެ ގަޑިއިރަށް ކަރަންޓު ކަޑަން ޖެހިދާނެ ކަމަށް ކަރަންޓްގެ ހިދުމަތްދޭ ސްޓެލްކޯއިން ބުނެފި އެވެ. ސްޓެލްކޯއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އިންޓަކަނެކްޝަން މެދުވެރިކޮށް މާލެ އާއި ހުޅުމާލެ އަދި ހުޅުލެ، ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލަން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރަން މާދަމާ ކަރަންޓު ކަނޑާލަން ޖެހިދާނެ ކަމަށެވެ. ކަރަންޓު ކަނޑާނީ މާދަމާ ހެނދުނު 7:00 އިން 9:00 އަށް މާލޭގެ ބައެއް ސަރަހައްދުތަކުން ނެވެ. ސްޓެލްކޯއިން ބުނީ […]