ދޫކޮށްލި ހަރުކަށިމީހުން ކަމަށް ތުހުމަތުކުރެވޭ ދެ މީހުން އަނެއްކާވެސް ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ހަރުކަށި މީހުންކަމަށް  ތުހުމަތުމަތު ކޮށް ހަޔަރުކުރި މީހުންގެ ތެރެއިން އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލައިފައިވާ ތިން މީހުންގެ ތެރެއިން ދެ މީހުން އަނެއްކާ ވެސް ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ ރޭގެ ވަރުތެއްގައި ކޯޓު އަމުރެއްގެ ދަށުންކަމަށެވެ.

މި މީހުންނަނީ ރައީސް ނަޝީދަށް ދިން ހަމައަލާ އަށް ފަހު ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ މީހުންނެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެ ތިން މީހުން ދޫކޮށްލަން ނިންމީ ކްރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދު ނެރުއްވި އަމުރަކުންނެވެ.

އެ ތިން މީހުން ދޫކޮށްލަން އަމުރުކުރެއްވި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ. އިސްތިއުނާފްކުރަން 48 ގަޑިއިރު ލިބޭނެ އެވެ.

ހަސަން ސައީދަކީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޕާސްޕޯޓް ދޫކޮށްލަން އަމުރުކުރެއްވި ގާޒީވެސް މެއެވެ. ގާޒީ ހަސަން ސައީދުގެ މައްސަލަތަކެއް ޖޭއެސްސީން ވެސް ދަނީ ބަލަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް