ހުޅުމާލޭގައި 114 ފްލެޓް އިމާރާތެއް އަޅަން ބަޔަކާ ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ހުޅުމާލޭގައި 114 ފްލެޓް އިމާރާތެއް އެޅުމަށް ސާސޭ އަދި ގްލަޓް ޖޭވީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

އެޗްޑީސީން ބުނީ މި ފްލެޓް އިމާރާތަކީ  މެދު އަދި މަތީ ފަންތީގެ ގެދޮރުވެރި ކަމަށް ހާއްސަ ފްލެޓްތަކެއް ކަމަށެވެ.

މި ފްލެޓްތައް އެޅުމުގެ އެއްބަސް ވުމެއްގައި އެޗްޑީސީ އާއި ސާސޭ އަދި ގްލަޓް ޖޭވީ ޕްރައިވެޓް ލިމިޓެޑާ ދެމެދު އިއްޔެ ވަނީ އެއްބަސް ވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސަވާދެވެ.

މި މަޝްރޫއުތަކުގެ ދަށުން އަޅާ 114 ޔުނިޓަކީ ހުޅުމާލެ ޕްލޮޓް އެސް1-3 ގެ ލޮޓް 11445 ގައި އިމާރާތްކުރާ ޔުނިޓްތަކެއް ކަމަށް އެޗްޑީސީ އިން ބުންޏެވެ.

އެޗްޑީސީ އިން ބުނީ މި ޕްރޮޖެކްޓަކީ ވީހާވެސް ކުޑަ އަގެއްގައި އާންމުންނަށް ހުޅުވައިލުމަށް އަގު ހިފަހައްޓާފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. އެގޮތުން 60 ޕަސެންޓް ޔުނިޓުތައް ވިއްކޭނެ އެންމެ ބޮޑު އަގަކީ އަކަފޫޓަކަށް 2185 ރުފިޔާ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ. ބާކީ 40 ޕަސެންޓް މާކެޓު އަގުތަކުގައި ވިއްކުމުގެ ފުރުސަތު ޑިވެލޮޕަރުންނަށް އޮންނަގޮތަށެވެ.

މި މަޝްރޫއަކީ ޑީޓެއިލް ޑްރޯވިން އެޕްރޫވަލް ނިމުމުން ތިން އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭގޮތަށް ހަވާލުކުރި މަޝްރޫއެކެވެ.

މެދު އަދި މަތީފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ ކޮށްގެން މީގެ ކުރިން ވެސް ހުޅުމާލޭގައި ވަނީ ޕްރޮޖެކްޓްތަކެއް ހިންގާފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް