44 ހާހަށް ވުރެ ގިނަ ބަނގުރާ، ބަނގުއްވި ނައްތާލައިފި

Loading

Facebook
Twitter
WhatsApp

 

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން 44911 ބަނގުރާ، ބަނގުއްވި ނައްތާލައިފި އެވެ.

ކަސްޓަމްސް އިން ބުނީ މި ބަނގުރާ، ބަނގުއްވި ތެރޭގައި ހިމެނެނީ 25469 ފުޅި އާއި 19430 ދަޅުގެ އިތުރުން 12 ޕެކެޓް  ކަމަށެވެ.

އަދި މީގެ އިތުރުން ވެސް ގިނަ އަދަދެއްގެ ބާވަތްތަކެއް ނައްތާލައިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އޭގެ ތެރޭގައި ދުންފަތާއި ސިގިރޭޓް އަދި ބޭސް ހިމެނެއެވެ.

އެގޮތުން 39200 ސިގިރޭޓަޓާއި 300 ގްރާމް ދުންފަތް އަދި 574 ސޮފްޓް ޓްރިންކް ފުޅި އާއި 25 ކިލޯގްރާމުގެ ބޭސް ވެސް ވަނީ ނައްތާލާފަ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މި ތަކެތި ނައްތާލާފައިވަނީ އަންގާރަދުވަހާއި މިއަދު ކ. ތިލަފުށީ ކުނި ނައްތާލާ ސަރހައްދުގައެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްއިން އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.

މި ތަކެތި ނައްތާލައިފައިވަނީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި އަަމަލުކުރާ އުސޫލުގެ ދަށުން ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް