ނަފްރަތުގެ ބިލު ކޮމިޓީއަށް އަލުން ފޮނުވާލަން ފާސްކޮށްފި

Loading

Facebook
Twitter
WhatsApp

އާއްމު ތަނެއްގައި ވަކިމީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅުމީހެއްކަމަށް ބުނެ ތުހުމަތުކުރުން ފަދަ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އަލުން ދިރާސާކޮށް ގޮތެއް ނިންމަން ޖުޑިޝަރީ ކޮމެޓީއަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި އެވެ

މިއަދުގެ ޖަލްސާގައި އެ ބިލު އަލުން ދިރާސާކޮށް ގޮތެއް ނިންމުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި އެވެ.

އާޒިމް ހުށަހެޅުއްވި ގޮތަށް އެ ބިލު ކޮމެޓީއަށް ފޮނުވުމާ މެދު ނެގި ވޯޓުގައި ފެންނަ ކަމަށް 39 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ތިން މެމްބަރަކު ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވި އެވެ.

ބިލު ފާސްކުރުމާ ގުޅޭ ގޮތުން ކުރިއަށް ދިޔަ ބަހުސްގައި އެމްޑީޕީން ބައެއް މެމްބަރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން މި ބލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ނަފުރަތުގެ ބިލު ހުށަހެޅީ ސަރުކާރުގެ ފަރާތުން ކަމަށާއި އެ ބިލް ހުށަހެޅުމަށް ފަހު އިތުރު އިސްލާހު ފޮނުވީވެސް ސަރުކާރުގެ ފަރާތުން ކަމަށެވެ. ނަމަވެސް ސަރުކާރުން ފަރާތުން ހިސާން ދިފާއު ދިފާއުނުކުރެއްވިކަމަށެވެ.

”މި ބިލު މި ތަޅުމަށް ލައިގެން ވޭތުވި ދޮޅު މަހެއްހާ ދުވަހު ހާސިލްވީ އެންމެ މަގުސަދެއް. އެއީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ނުރައްކަލާއި މަރުގެ ތުންފަތް މައްޗަށްލުން އެކަނި. ސަރުކާރުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ސަރުކާރުގެ އެޓާނީ ޖެނެރަލް ފިޔަވާ އެންމެ ބޭފުޅަކުވެސް ތުޅާދޫ ދާއިރާގެ މެންބަރު އެވަރަށް މަރަން މަރަން މަރަން، ލާދީނީ ލާދީނީ ލާދީނީ، ގޮވި އިރު އެންމެ ބޭފުޅަކުވެސް ތުޅާދޫ ދާއިރަގެ މެންބަރު ހިސާން ހުސައިން ދިފާއުކޮށް ނުދެއްވާ.“ އިވާ ވިދާޅުވިއެވެ.

ހިސާން ހުޅުއްވަންޖެހުނީ ވަށައިގެން ބޮޑީގާޑުން ލައިގެން ކަން ފާހަގަކުރައްވައި އީވާ ވިދާޅުވީ ހިސާންގެ އަމިއްލަ ގެކޮޅުގެ އެއް ފްލޯއިން އަނެއް ފްލޯއަށް ވެސް ސިފައިންނާއި ނުލައި ނުދެވޭ ކަމަށެވެ.

”އެކަމަކު އެއީ ސަރުކާރުން ބިލެއް ހުށަހަޅުއްވާފަ، އެއްގޮތަކަށްވެސް އެވަރަށް އެކަމަނާއަށް ލާދީނީއަށް، މަރަން ގޮވި އިރު އެންމެ ބޭފުޅަކުވެސް އެޓާނީ ޖެނެރަލް ފިޔަވާ ދިފާއު ނުކޮށްދެއްވި،“ އީވާ ވިދާޅުވިއެވެ.

އީވާގެ އިތުރުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ ރައީސުލް ޖުމުހޫރިއްޔާގެ ވިދާޅުވީ ސަރުކާރުން ކަންތައް ކުރީ ހިސާން ހަވަރަށް ދޭ އުސޫލުން ކަމަށާ، ހިތްވަރު ބެތިއްޔާ ސަރުކާރުގެ ފަރާތުން މިފަދަ ބިލުތައް ހުށަ ނޭޅުމަށެވެ.

”ސަރުކާރުން މި ބިލު ފޮނުވާފަ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހަވަރަށް ދޭ އުސޫލުން ކަންތައްކުރީމަ އެކަން ކުށްވެރިކުރަން އަޅުގަނޑު. ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވާލަން ހިތްވަރު ނެތިއްޔާ ނުކުރާނީ މިކަހަލަ ކަންކަން“ ވަހީދު ވިދާޅުވިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ވެސް ވިދާޅުވީ ސަރުކާރުން މި ބިލު ހިސާން ބޮލަށް ޖަހާފއިވާ ކަމަށާ މަޖިލީހުގައި އޮތީ ފިޑި ސްޕާ މެޖޯރިޓީއެއް ކަމަށެވެ. އެނާ ވިދާޅުވީ ބިލު ދިފާއު ނުކޮށް ސަރުކާރުގެ ކޯލިޝަންގައި ތިބި އެކިއެކި ލީޑަރުން ކުރިއަށް ނެރެގެން ބިލުގެ ދިފާއުގައި ވާހަކަދައްކާ އެންމެން މަރަށް ހުށަހެޅިކަމަށެވެ.

މި ބިލާ ދެކޮޅަށް ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެފައިވާއިރު ސަރކާރު ހިންގާ ކޯލިޝަން އެމްޑީޕީ ފިޔަވައި ދެންހުރި ޕާޓީތަކުން ވެސް ވަނީ މި ބިލަށް ތާއީދު ނުކުރާ ކަމަށް ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް