ދީންވެރިކަމުގެ ސިފަ ނުލިބިއްޖެ މީހާގެ ބުއްދި އަކީ އެމީހާގެ މަށްޗަށް ހުރި ވަބާއެއް: ހުތުބާ

  ބުއްދިވެރިކަމާ އެކީ ދީންވެރިކަމުގެ ސިފަ ނުލިބިއްޖެ މީހާގެ ބުއްދި އަކީ އެ މީހާގެ މަށްޗަށް ހުރި ވަބާއެއްކަމަށް މިއަހުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. ބުއްދީގެ ނިއުމަތުގެ މަށްޗަށް ހާއްސަކޮށްގެން މިއަދު އިއްވި ހުތުބާގައި ބުނީ ބުއްދި ވެރިކަމާ ނުލާ ދީންވެރިކަމެއްނުވާކަމަށާ އަދި ދީންވެރިކަމާ ނުލާ ލަދުވެރި ކަމެއްވެސް ނެތްކަމަށެވެ. އަދި ބުއްދި ވެރިކަމެއް ނެތް މީހާ އާއި ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފާ މީހާގެ އެތަށް ކަމެއް އުނިވެގެންވާކަމަށެވެ. “ މާތްﷲގެ ވަހީކުރެއްވިއެވެ.ހަމަކަށަވަރުން ދިރޭތަކެތީގެ ތެރެއިން […]

ރިސޯޓް ހަދަން ނުވަ ފަރާތަކުން ކުރިމަތި ލައިފި

    ރިސޯޓު ހަދަން ސަރުކާރުން ހުޅުވައިލުމުން އެކަމަށް ޝައުވެރިވެ ނުވަ ފަރާތަކުން ބީލަން ހުށަހަޅައިފި އެވެ. ސަރުކާރުން ހުޅުވައިލީ 16 ރަށަކަށެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މި 16 ރަށުގެ ތެރެއިން ހަތް ރަށަކަށް ނުވަ ފަރާ ތަކުން ބީލަން ހުށަހަޅައިފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ ރިސޯޓު ހަދަން ބީލަމަށް ހުޅުވާލި 16 ރަށަށް 18 ބީލަން ފޮތް ގަނެފައިވާ ކަމަށެވެ. އަދި މި ރަށްތަކުގެ ތެރެއިން ނުވަ ފަރާތަކުން ހަތް ރަށަށް 13 […]

ވިސިޓް މޯލްޑިވްސްއިން ޖަރުމަނަށް ހާއްސަ އީލަރނިން ޕޮރޮގްރާމެއް ފަށައިފި

  ވިސިޓް މޯލްޑިވްސް އިން ޖަރުމަނުގެ މާކެޓަށް އަމާޒުކޮށްގެން ރާއްޖެ އިސްތިހާރުކުރުމަށް އީލަރނިންގ ޕްރޮގްރާމެއް ފަށައިފިއެވެ. ފަތުރުވެރިކަމުގެ ސިނާއަތަށް ހާއްސަކޮށްގެން ގަރުމަނުގައި ހިންގާ އެންމެ ބޮޑު އެއް މީޑިއާ ޗެނަލް އެފްވީޑަބްލިއު އާ ގުޅިގެން ހިންގާ މި ކެމްޕެއިން ހަރަކާތް ނޮވެމްބަރު މަހާ ހަމައަށް އޮންނާނެކަމަށް ވިސިޓް މޯލްޑިވްސް އިން ބުނެއެވެ. މި ހަރަކާތަކީ  ޖަރުމަނުވިލާތުގައި ދިވެހިރާއްޖޭގެ ބްރޭންޑް ވަރުގަދަކޮށް އިތުރު ޕްރޮޑަކްޓުތަކާއި ތަޖުރިބާތައް ދައްކާލުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މި ޕްރޮގްރާމް […]

ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓާއި ލައިސަންސްގެ މުއްދަތު އިތުރުކޮށްދީފި

  ކަނޑުދަތުރުކުރާ އުޅަނދު ފަހަރުގެ ސަލާމަތީ ސްޓްފިކެޓާއި ލައިސަންސްގެ މުއްދަތު އިތުރުކޮށްފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން  ބުނީ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓާއި ލައިސަންސްގެ މުއްދަތު މިދިޔަ މަހު 25 ވަނަ ދުވަހުން ފެށިގެން ހަމަވެފައިވާނަމަ އެ ލައިސަންސްގެ މުއްދަތު އަންނަ މަހުގެ 24  ގެ ނިޔަލަށް އިތުރު ކޮށްދީ  ފައވާކަމަށެވެ.    އެ  މިނިސްޓްރީން ބުނީ މުއްދަތު އިތުރު ކުރީ ކޮވިޑް-19 ފެތުރުން ކޮންޓުރޯކޮށް އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެ މިދިޔަ މަހު 26  ވަނަ […]

އިންޑިއާގެ ޑެލްޓާ ވޭރިއަންޓު ދުނިޔެއަށް ނުރައްކަލެއް: ރާއްޖޭގައި އެންމެ ބޮޑަށް ފެތުރެނީ އެ ވައްތަރު

ރާއްޖޭގައި އެންމެ ބޮޑަށް ފެތުރިފައި ވަނީ އިންޑިއާގައި ފެތުރުނު ޑެލްޓާ ވޭރިއަންޓު ކަމަށް ސަރުކާރުގެ ސިއްހީ ދާއިރާއިން ޖޫން މަހުގެ 15 ވަނަ ދުވަހު ހާމަކޮށްފައި ވަނިކޮށް އިންޑިއާގެ ކޮރޯނާ ވައްތަރު، ޑެލްޓާ ވޭރިއަންޓު ފެތިރުމަކީ ދުނިޔެއަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް ދުނިޔޭގެ ތަފާތު ގައުމުތަކުން ހާމަކުރަން ފަށައިފިއެވެ. ކޮރޯނާގެ އެންމެ ނުރައްކާތެރި ވައްތަރުތަކުގެ ތެރޭގައި ހިމެނޭ ޑެލްޓާ ވޭރިއަންޓް ދުނިޔޭގެ 85 ގައުމަކަށް ވަނީ ފެތުރިފައެވެ. އަދި އެންމެ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި […]

ގދ. އަތޮޅުގެ އެކްޓިވް ކޭސްތައް 300 އިން މަތީގަ

  ގދ. އަތޮޅުގައި  ކޮވިޑް-19ގެ އެކްޓިވް ކޭސްތައް މިހާރު އުޅެނީ 300 ގައެވެ. ގދ. އަތޮޅު ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު ހޮސްޕިޓަލުން އިއްޔެ ނެރުނު ތަފާސް ހިސާބުން ދައްކާގޮތުން އިއްޔެ އާ ހަމައަށް307 އެކްޓިވް ކޭސް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ތިނަދޫ، ގައްދޫ، ފަރެސްމާތޮޑާ އަދި ފިޔޯރީ ހިމެނެ އެވެ. ތިނަދޫގައި 246 އެކްޓިވް ކޭސް ވާއިރު ވާއިރު ގާތްގަނޑަކަށް 8،000 މީހުންގެ އާބާދީއެއް އޮންނަ މި ރަށުން ޖުމްލަ 511 ކޭސް މިހާތަނަށް […]

އަނެއްކާވެސް މަރަދޫފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މައްސަލައެއް ބަލަންފަށައިފ

  އަނެއްކާވެސް އައްޑޫސިޓީގެ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހިމް ނަފީސް ހުސައިންގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. ޖޭއެސްސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ބަންދުން ދޫކޮށްލުމަށް ސ. މަރަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމުމުން، އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅައި، އެކޯޓުން ކަނޑައެޅި ގޮތަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބަންދު މުރާޖައާ ކޮށްދިނުމަށް މަރަދޫ މެޖިސްޓްރޭޓް […]

ސައެންސްގެ އަލީގައި ކީރިތި ޤުރުއާނުގެ އަޖައިބު

ސައެންސްގެ އީޖާދުތަކާއި ހޯދުންތަކާމެދު ސައިންސްވެރިން އިންތިހާއަށް ފަޚުރުވެރިވެއެވެ. ތެދެކެވެ. އެމީހުންގެ އީޖާދުތަކާއި ހޯދުންތަކަކީ މުޅި އިންސާނިއްޔަތަށް އޭގެ ފައިދާ ކުރާކަންތަކެވެ. އަދި އެއާނުލައި ދިރިއުޅުން ފުރިހަމަ ކުރަންވެސް އުދަނގޫވާނެ ކަމަށް ގަބޫލު ކުރަންޖެހެއެވެ. ހަމައެއާއެކު ގަބޫލުކޮށް އީމާން ވާންޖެހޭ ހަގީގަތަކީ ޢިލްމާއި ވިސްނުން އެއީ ގަދަކަމުން ހޯދައިގަނެވޭނެ އެއްޗެއް ނޫންކަމާއި މާތް ﷲ މިންވަރުކުރެއްވި ވަރަކަށް މެނުވީ ނުލިބޭނެކަމެވެ. އޭގެ މާނައަކީ ޢިލްމުލިބިގަނެ އޭގެ މައްޗަށް ވިސްނުން އެއީ ކުރަން ނުޖެހޭނެކަމެކޭ ނޫނެވެ. އަދި ކިއެއްތަ އެއީ […]

ހިޔާ ފްލެޓް ލިބުނު ފަރާތްތަކާ މެދު ވެވޭ އެއްބަސްވުމުގެ ޑްރާފްޓެއް އާންމުކޮށްފި

ހިޔާ މަޝްރޫގެ ފްލެޓްތައް ލިބުނު ފަރާތްތަކާ އެކު ވެވޭ އެއްބަސްވުމުގެ ޑްރާފްޓެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާންމުކޮށްފިއެވެ. އެޗްޑީސީން ބުނީ ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކާ އެކު ވެވޭ އެއްބަސްވުމުގެ ޑްރާފްޓެއް ކުރިއާލައި އާންމު ކުރީ ވަގުތު ސަލާމަތްކުރަން ކަމަށެވެ. އެ ކޯޕަރޭޝަނުން ބުނީ ހިޔާ މަޝްރޫއުގެ ދަށުން 6720 ޔުނިޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމެއްގައި ސޮއިކުރާއިރު ވަރަށްގިނަ ވަގުތު ނަގާނެކަމަށާ ދުރާލާ މި އެއްބަސްވުން ކިޔުމަށްފަހު ސޮއިކުރާނަމަ ވަރަށްގިނަ ވަގުތު ސަލާމަތް ވާނެކަމަށެވެ. ހުޅުމާލޭ […]

ހިޔާ ފްލެޓް: އެގްރިމަންޓްގައި ސޮއިކުރާ ދުވަހު ފްލެޓް ތަޅުދަނޑި ލިބޭނެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާފްލެޓްތައް ލިބުނު ފަރާތްތަކުން އެގްރިމެންޓްގައި ސޮއި ކުރާ ދުވަހު ފްލެޓްގެ ތަޅުދަނޑި ވެސް ހަވާލު ކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނެފިއެވެ. ހުޅުމާލޭ ހިޔާގެ ފްލެޓްތައް ލިބޭ ފަރާތްތަކާއި އެޗްޑީސީއާ ދެމެދު ހަދާ އެގްރިމެންޓްތަކުގައި ސޮއި ކުރުން ކުރިޔަށް ގެންދަން ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުން ފެށިގެނެވެ. އެޗްޑީސީން ބުނީ ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކާ މެދު ވެވޭ އެއްބަސްވުމުގައި ސޮއިކުރުމުގެ އިންތިޒާމް ހަމަޖައްސަނީ […]