ގދ. އަތޮޅުގެ އެކްޓިވް ކޭސްތައް 300 އިން މަތީގަ

Loading

Facebook
Twitter
WhatsApp

 

ގދ. އަތޮޅުގައި  ކޮވިޑް-19ގެ އެކްޓިވް ކޭސްތައް މިހާރު އުޅެނީ 300 ގައެވެ.

ގދ. އަތޮޅު ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު ހޮސްޕިޓަލުން އިއްޔެ ނެރުނު ތަފާސް ހިސާބުން ދައްކާގޮތުން އިއްޔެ އާ ހަމައަށް307 އެކްޓިވް ކޭސް އެބަ ހުއްޓެވެ.

އޭގެ ތެރޭގައި ތިނަދޫ، ގައްދޫ، ފަރެސްމާތޮޑާ އަދި ފިޔޯރީ ހިމެނެ އެވެ.

ތިނަދޫގައި 246 އެކްޓިވް ކޭސް ވާއިރު ވާއިރު ގާތްގަނޑަކަށް 8،000 މީހުންގެ އާބާދީއެއް އޮންނަ މި ރަށުން ޖުމްލަ 511 ކޭސް މިހާތަނަށް ވަނީފެނިފައެވެ.ރަށުގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު ހުރީ 288 ގަ އެވެ. ތިނަދޫ ކޮވިޑް ފެސިލިޓީގައި މިވަގުތު ފަސް މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ގައްދޫގައި މިވަގުތު އެކްޓިވް 57 ކޭސް ހުރިއިރު އެރަށުން ޖުމްލަ 121 ކޭސް ވަނީ ފެނިފަ އެވެ. ބަލިން   ރަނގަޅުވި މީހުންގެ އަދަދު ހުރީ 64 ގަ އެވެ.

ފަރެސްމާތޮޑާގައި އެކްޓިވް 26 ކޭސް ހުރި އިރު އެރަށުން ޖުމްލަ 60 ކޭސް ވަނީ ފެނިފައެވެ. ފަރެސް މާތޮޑާއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ހުރީ 34 ގަ އެވެ.

އެ އަތޮޅު ފިޔޯރީގައި އެއްޓިވް އެއް ކޭސް އެބަ ހުއްޓެވެ.

އެ އަތޮޅުން ފެނުނު ޖުމްލަ ކޭސްތަކުގެ އަދަދު ހުރީ 693 ގަ އެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު ހުރީ 387 ގަ އެވެ.

Loading

One Response

  1. Meena ves nivaa vaa kah noon dho burugaa alha nee kee fashion aka dhotha. Hee vanee fen varaigen nuku me boluga thuvaali olhaigen in hen. Aiy ves bodu bai nivaa nuvey

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް