އަނެއްކާވެސް މަރަދޫފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މައްސަލައެއް ބަލަންފަށައިފ

Loading

Facebook
Twitter
WhatsApp

 

އަނެއްކާވެސް އައްޑޫސިޓީގެ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހިމް ނަފީސް ހުސައިންގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ބަންދުން ދޫކޮށްލުމަށް ސ. މަރަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމުމުން، އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅައި، އެކޯޓުން ކަނޑައެޅި ގޮތަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބަންދު މުރާޖައާ ކޮށްދިނުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުގައި އެދުނު ކަމަށެވެ. ނަމަވެސް އެ ހުށަހެޅުން ބަލައިނުގަނެ އެކި ފަހަރު މަތިން އެދުމުންވެސް އެ ހުށަހެޅުމާ މެދު ގޮތެއް ނިންމާފައި ނުވާ ކަމަށް ބުނެ ނަފީސްގެ މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެނ މެޖިސްޓްރޭޓް އިބްރާހިމް ނަފީސް ހުސައިންގެ ސުލޫކީ މައްސަލައެއް ބެލުމަށް އެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމައި، ތަހްގީގު ކޮމެޓީ އެކުލަވާލުމަށް ނިންމާފައިވާކަމަށް އެކޮމިޝަނުން ބުނެއެވެ.

މީގެ ކުރިންވެސް މެޖިސްޓްރޭޓް އިބްރާހިމް ނަފީސްގެ މައްސަލަ އެއް ބަލަމުންދާ ކަމަށް ޖޭއެސްދީން ބުނެފައިވެއެވެ.

އެމައްސަލަ އާ ގުޅިގެން ޖޭއެސްސީން ބުނީ އެއީ މަރަދޫފޭދޫ ކޯޓުގައި ކުރިއަށް ގެންދިޔަ ގަޒިއޔާއެއްގައި ދައުވާ ލިބުނު ފަރާތަށް ގަނޫނީ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު  ނުދެއްވި ކަމަށް ބުނާ މައްސަލައެއް ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް