ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓް އިއުލާން ކޮށްފި

މަތީ ތައުލީމު ހާސިލް ކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓް އިއުލާން ކޮށްފި އެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުން ތަފާތު ދާއިރާތަކަށް ކިޔެވުމަށް ދޫކުރި މިލޯނު 449 ދަރިވަރުންނަށްލިބުނެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދާއިމީ ލިސްޓް އިއުލާން ކުރީ ވަގުތީ ލިސްޓް އެކުލަވާލާ ޝަކުވާ ހުށައެޅުމުގެ ފުރުސަތު ދިނުމަށް ފަހުއެވެ. އެ މިނިސްޓްރީން ކުރިން އިއުލާންކުރި ވަގުތީ ލިސްޓްގައި ލޯނު ލިބިފައިވަނީ 417 ދަރިވަރަކަށެވެ. ނަމަވެސް އެލިސްޓަށް ޝަކުވާ ހުޅުވާލި […]
ހިޔާ ފްލެޓްތައް ނިންމަން ނުވަ މަސް ދިނުމަށް އެދިއްޖެ

ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމަން ނުވަ މަސް ދިނުމަށް މާލެ ސިޓީ ކައުންސިލުން ރައީސުލް ޖުމުހޫރިއްޔާގެ އޮފީހަށާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ( އެޗްޑީސީ)ގައި އެދިފައިވާނެ ކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ހިޔާ ފްލެޓްތައް ހަވާލުކުރަން ސަރުކާރުން ނިންމާފައިވަނީ ފިނިޝިން މަސައްކަތްތައް ފްލެޓްތައް ލިބުނު ފަރާތްތަކުން އަމިއްލަ އަށް ކުރާ ގޮތަށެވެ. މީގެތެރޭގައި ތަށިމުށި ޖެހުމާއި، ފަންކާއާއި ލައިޓް ހަރުކުރުމާއި، ކުލަ ލުމާއި، ބައެއް ދޮރުފަތްތައް ހަރުކުރުން […]
އިސްލާމީ ތާރީޚުގެ ތެރެއިން ސްޕޭން ފަތަޙަ ކުރެއްވުން:

711 ( އޭ.ޑީ. ) ގައި އޭރު އުތުރު އެފަރިކާގެ ގަވަރނަރަކަށް ހުންނެވި އިސްލާމުންގެ މަޝްހޫރު މިލިޓަރީ ކޮމާންޑަރ މޫސާ އިބްނު ނުސަޔިރުގެ ފަރާތުން ސްޕޭން ފަތަޙަ ކުރެއްވުމުގެ މަގްސަދުގައި އިސްލާމީ ލަޝްކަރެއް ފޮނުވިއެވެ. ތާރީޚުން އެނގޭގޮތުގައި އެ ލަޝްކަރުގައި 12 ހާހާއި 17 ހާހާއި ދެމެދުގެ އަދަދަކަށް ސިފައިން ހިމެނުނެއެވެ. ލަޝްކަރުގެ ވެރިއަކަށް ހަމަޖެއްސެވީ ތާރިގް އިބްނު ޒިޔާދެވެ. ދަތުރުގެ ވަކިހިސާބަކުން އަރާމުކޮށްލައި ނިދާލަން ގަސްދު ކުރެއްވިއެވެ. ބުނެވޭގޮތުގައި އޭރު އެ ލަޝްކަރު ދަތުރުކުރަމުން ދިޔައީ […]
އެއްމާބަނޑު 10 ކުދީން ދެމަފިރިއަކަށް ލިބުނު ވާހަކައަކީ މަކަރާއި ހީލަތުގެ ދޮގު ޑްރާމާއެއް

ދެކުނު އެފްރިކާގެ އުމުރުން 37 އަހަރުވީ ގޮސްޔާމީ ތަހެމާރާ ސެޓޫލޭ އެއްމާ ބަނޑު 10 ކުދީން ވިހޭކަމަށް ބުނެ ފެތުރި ޚަބަރަކީ ދޮގެއްކަމަށް ދެކުނު އެފުރިކާއިން ބުނެފިއެވެ. އެއްމާބަނޑު 10 ކުދީން އެ އަންހެން މީހާ ވިހޭ ޚަބަރު ލިބުމުން އެއީ ދުނިޔޭގެ ރެކޯޑަކަށް ވާތީ އަދި އެފަދަ ކަމެއް ދުނިޔޭގެ ތާރީޚުގައި ހިނގާފައި އޮތްކަމަށް ރެކޯޑު ކުރެވިފައި ނުވާތީ އެވާހަކަ ދުނިޔޭގެ ހުރިހާ ގައުމެއްގެ މީޑިއާގެ ގުނަވަންތަކުން ދައްކަމުން ދިޔައެވެ. ނަމަވެސް އޭގެ 12 ވަރަކަށް […]
މިޝްކާއަށް ފަރުވާނުދީ ލަސްވެގެންދިޔައީ ސިއްޙީ ހިދުމަތް ފޯރުކޮށްދިނުމުގައި މިއީ އެމަޖެންސީ ހާލަތެއްކަން ކޯލު ސެންޓަރުންނާއި އެޗްއީއޯސީގައި މަސައްކަތް ކުރަމުންދާ މެޑިކަލް ރެސްޕޯންސް ޓީމް (ޑީއެމްއާރްޓީ) ބުނެފައި ނެތުމުން: ރިޕޯޓް

ކޮވިޑް ބަލީގައި ނިޔާވި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާއަށް ފަރުވާނުދީ ލަސްވެގެންދިޔައީ ސިއްޙީ ހިދުމަތް ފޯރުކޮށްދިނުމުގައި މިއީ އެމަޖެންސީ ހާލަތެއްކަން ކޯލު ސެންޓަރުންނާއި އެޗްއީއޯސީގައި މަސައްކަތް ކުރަމުންދާ މެޑިކަލް ރެސްޕޯންސް ޓީމް (ޑީއެމްއާރްޓީ) ބުނެފައި ނެތުމުން ކަމަށް އެ ހާދިސާގައި ހެލްތު މިނިސްޓްރިީން އެކުލަވާލި ކޭސް ރިޕޯޓުގައި ބުނެފި އެވެ. މީގެ އިތުރުން، އެޗްއީއޯސީގެ ކޯލް ސެންޓަރއިން ކޯލްތަކަށް ޖަވާބު ދެއްވި ފަރާތްތަކުން މިޝްކާގެ ހާލަތުގެ ސީރިއަސްކަމާއި ހާލަތަށް އައި ބަދަލު ދެނެގަނެވިފައި ނެތްކަމާއި އަދި […]
ޝާހިދު ރާއްޖެ ވަޑައިގެންފި

އދ. އާއްމު މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގެންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ރާއްޖެއަށް ވަޑައިގެންފި އެވެ. ނިއުޔޯކުގައި ހުންނެވުމަށްފަހު ފޮރިން މިނިސްޓަރު އެބުރި ރާއްޖެ ވަޑައިގެންނެވި ކަން ހާމަކޮށް ފޮރިން މިނިސްޓްރީން ވަނީ ޓްވީޓް ކުރައްވާފައެވެ. ޝާހިދު ރާއްޖެ ވަޑައިގެންނެވީ ދެ މަހެއްހާ ދުވަހު އެމެރިކާގައި ހުންނެވުމަށް ފަހުއެވެ. ޝާހިދު ވަނީ އދ. ގެ 76 ހަ ވަނަ އާއްމު މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގެންފައެވެ. މިދިޔަ މަހުގެ 10 ވަނަ ދުވަހު އދ. […]
ލާދީނީ ބިލާ ދެކޮޅަށް ހުރިހާޕާޓީއަކުން އަޑުއުފުލުމަކީ އާދަޔާ ހިލާފު ކަމެއް: އަލީ ރަމީޒު

އާއްމު ތަނެއްގައި ވަކިމީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅުމީހެއްކަމަށް ބުނެ ތުހުމަތުކުރުން ފަދަ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ ދެކޮޅަށް ޕާޓީތަކުން ކުރަމުން އަންނަ މަސައްކަތަތަކީ އާދަޔާ ހިލާފު ކަމެއްކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީރަމީޒު ވިދާޅުވެއްޖެއެވެ. އަލީރަމީޒު ވިދާޅުވީ މި ބިލާ ދެކޮޅަށް ގިނަ މީހުން އަޑު އުފުލުމަކީ އިސްލާމް ދީނަށް މީހުންގެ މެދުގައި އޮތް ލޯބި ހާމަކޮށްދޭ ކަމެއް ކަމަށެވެ. “ ހީލަތްތެރި […]
ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި

އެސްޓީއޯއިން ދެތުލެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާކުރިކުރާ ކުންފުނި އެސްޓީއޯއިން ބުނީ އަގަށް ބަދަލުގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެންކަމަށެވެ. މި ބަދަލާއެކު މިއަދުން ފެށިގެން ފެށިގެން ޕެޓްރޯލް ލީޓަރަކުން 89 ލާރި ވަނީ ބޮޑުކޮށްފައެވެ. މި އަގަށް ބަދަލުގެނައުމުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ ލީޓަރެއް 9.74 ރުފިޔާއަށެވެ. ކުރިން ޕެޓްރޯލް ލީޓަރެއް އެސްޓީއޯއިން ވިއްކީ 8.85 ރުފިޔާއަށެވެ. ޕެޓްރޯލްގެ އިތުރުން […]
ރައީސް މައުމޫނުގެ ސެކިއުރިއުރިޓީއާ މެދު ސެކިއުރިޓީ ޓީމުން ކަންބޮޑުވެއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ގެކޮޅު ކުރިމަތީ ޕާކުކުރުން ހައްލަކަށް ނުގެނެސްގެން އެމަނިކުފާނުގެ ސެކިއުރިޓީ ޓީމުން ކަންބޮޑުވެއްޖެއެވެ. ރައީސް މައުމޫނުގެ ސެކިއުރިޓީ ޓީމުގައި އިސްކޮށް އުޅުއްވާ އަހުމަދު ސޮފްވާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައުމޫނުގެ ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ މ. އެންދެރިމާގެ ގަރާޖު ކުރިމަތީ ވެހިކަލް ޕާކުކުރާ މައްސަލަ ހައްލު ހައްލުކޮށްދޭން އެދުނުތާ އެތައް ދުވަހެއްވީއިރުވެސް އެކަން ހައްލު ވެފައިނުވާކަމަށެވެ. ”ވަރަށް ދުވަސްވެއްޖެ ކުރީގެ ރައީސް މައުމޫން ދިރިއުޅުއްވަމުން ގެންދަވާ މ. އެންދެރިމާގެ ގަރާޖު […]
ކޮވިޑް19: ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އަތޮޅު ތެރޭ ރަށްތަކުން!

މިއަދު ކޯވިޑް19 އަށް ފައްސިވެފައިވަނީ 211 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 132 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 25 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 54 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 71,709 އަށް އަރައިފައެވެ. އޭގެ ތެރޭގައި 5,403 އެކްޓިވް ކޭސް ހިމެނޭއިރު 46 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ އިން […]