ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓް އިއުލާން ކޮށްފި

Loading

Facebook
Twitter
WhatsApp

މަތީ ތައުލީމު ހާސިލް ކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓް އިއުލާން ކޮށްފި އެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން ތަފާތު ދާއިރާތަކަށް ކިޔެވުމަށް ދޫކުރި މިލޯނު 449 ދަރިވަރުންނަށްލިބުނެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދާއިމީ ލިސްޓް އިއުލާން ކުރީ ވަގުތީ ލިސްޓް އެކުލަވާލާ ޝަކުވާ ހުށައެޅުމުގެ ފުރުސަތު ދިނުމަށް ފަހުއެވެ.
އެ މިނިސްޓްރީން ކުރިން އިއުލާންކުރި ވަގުތީ ލިސްޓްގައި ލޯނު ލިބިފައިވަނީ 417 ދަރިވަރަކަށެވެ. ނަމަވެސް އެލިސްޓަށް ޝަކުވާ ހުޅުވާލި ފުރުސަތުގައި ހުށައެޅި ޝަކުވާތައް ބެލުމަށްފަހު ފައިނަލް ލިސްޓްގައި ވަނީ 449 ދަރިވަރުންނަށް ލޯން ދީފައެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ ލޯން ލިބުނު ދަރިވަރުންނަށް  ”ލޯން އެވޯރޑް ނޮޓިފިކޭޝަން“ މިމަހުގެ 24 ވަނަ ދުވަހު ދަރިވަރުންނަށް އީމެއިލް ކުރާނެކަމަށެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ލޯނުގެ އެހީގައި ކިޔެވުން ފެށުމަށް 18 މަސްދުވަހުގެ މުއްދަތެއް ދިނުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. ކުރިން ލޯނު ލިބޭތާ 12 މަސްދުވަހުގެ ތެރޭ ކިޔެވުން ފަށަންޖެހޭ ގޮތަށް އޮތްނަމަވެސް މިއަހަރު މިކަމަށް ބަދަލު ގެނެސްފައިވަނީ ކޮވިޑްގެ ސަބަބުންނެވެ. މިއަހަރު ލޯން ސްކީމަށް ކަނޑައެޅީ 137 މިލިޔަން ރުފިޔާއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް