ހިޔާ ފްލެޓްތައް ނިންމަން ނުވަ މަސް ދިނުމަށް އެދިއްޖެ

Facebook
Twitter
WhatsApp
ހިޔާ ފްލެޓްތައް ނިންމަން ނުވަ މަސް ދިނުމަށް އެދިއްޖެ

 

 

ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމަން ނުވަ މަސް ދިނުމަށް މާލެ ސިޓީ ކައުންސިލުން ރައީސުލް ޖުމުހޫރިއްޔާގެ އޮފީހަށާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ( އެޗްޑީސީ)ގައި އެދިފައިވާނެ ކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓްތައް ހަވާލުކުރަން ސަރުކާރުން ނިންމާފައިވަނީ ފިނިޝިން މަސައްކަތްތައް ފްލެޓްތައް ލިބުނު ފަރާތްތަކުން  އަމިއްލަ އަށް ކުރާ ގޮތަށެވެ. މީގެތެރޭގައި ތަށިމުށި ޖެހުމާއި، ފަންކާއާއި ލައިޓް ހަރުކުރުމާއި، ކުލަ ލުމާއި، ބައެއް ދޮރުފަތްތައް ހަރުކުރުން ހިމެނެއެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޔާ ފްލެޓް ތަކުގެ ފިނިޝިން މަސައްކަތަށް އަމިއްލަ އަށް ހަރަދުކުރަން ޖެހުމުގެ ސަބަބުން ދީފައިވާ މުއްދަތަށް ފިނިޝިން މަސައްކަތް ނުމޭނީ މަދު ބަޔަކަށް ކަމަށެވެ.

” ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް އަމިއްލަ އަށް ހަރަދު ކުރަން ޖެހުމުގެ ސަބަބުން ދީފައިވާ ތިން މަސް ދުވަހުގެ ތެރޭގައި ނިމޭނީ މަދުބަޔަކަށް، މަދުވެގެން ނުވަ މަސް ދުވަސް ފިނިޝިން އަށް ދިނުމަކީ ވަރަށް ގިނަ ރައްޔިތުން އެދެމުންދާ ކަމެއް ކަމުން އެކަމަށް މިއަދު އެޗްޑީސީއާއި ރައީސް އޮފީހުގައި ވާނީ އެދިފަ،” މުއިއްޒުގެ ޓްވީޓްގައި ވިދާޅުވެފަ އެވެ.

ހިޔާ ފްލެޓްތަކުގެ ފީގެ ގޮތުގައި މިސަރުކާރުން ހަމަޖައްސާފައިވަނީ މަހަކު 7،500 ރުފިޔާ އެވެ. ނަމަވެސް އެ އަދަދު ވެސް 5،500 ރުފިޔާ އަށް ހަމަޖައްސައިދިނުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ.

ހިޔާ ފްލެޓުތައް ލިބުނު މީހުންނާ އެކު އަންނަ  މަހުގެ 14 ވަނަ އެއްބަސްވުންތަކުގައި ސޮއި ކުރަން ފެށުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ.

One Response

  1. މިސަރުކާރު ހިންގަން ނޭގޭބަޔަކައް ރައްޔިތު މީހާ ފެލުން ނޫން ކަމެއް ނުކުރެވޭނެ

ފަހުގެ އަޕްޑޭޓް