ކޯވިޑް19: ރާއްޖެ އިން އިތުރު 1,007 މީހުން ފައްސިވެއްޖެ!

މިއަދު ފެނުން ކޭސްތަކުގެ ތެރޭގައި ހިމެނެނީ ފާއިތުވެދިޔަ 24ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި 821 ކޭސްއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 183 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 26 މީހަކާއި ސަފާރީއަކުން 5 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 793 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 43,782 އަށް އަރައިފައެވެ. އޭގެ ތެރޭގައި 15,666 އެކްޓިވް ކޭސް ހިމެނޭއިރު 260 ފަރާތަކަށް ދަނީ […]

ދިވެހިން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދޭނީ ކިހިނެއް؟

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކަކީ މުޅި މުސްލިމް އުންމަތުންވެސް ކުށްވެރި ކުރާ އަމަލުތަކެކެވެ. މި މައްސަލައަކީ ދުނިޔޭގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުންވެސް ބަލަމުންދާ އެންމެ ޒަމާންވީ އެއް މައްސަލައެވެ. މިހާ ދުވަސްވީއިރުވެސް މި މައްސަލައަށް ހައްލެއް ފެނިފައެއް ނުވެއެވެ. ބައެއް ގައުމުތަކުން ފަލަސްތީނު ރައްޔިތުންނަށް އެހީ ވުމުގެ ގޮތުން އެމީހުންގެ ގައުމުތަކުގައި ރެފިއުޖީންގެ ގޮތުގައި ފަލަސްތީނު ރައްޔިތުން އުޅުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. ނަމަވެސް ދިވެހި ސަރުކާރުން ފަލަސްތީނަށް އެހީ ވުމުގެ ގޮތުން ކޮށްދިނީ […]

ބައިޑެން އިޒްރޭލަށް ތާއީދުކުރައްވަމުން ގެންދަވާތީ ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ހަމަނުޖެހުން އިތުރުވެއްޖެ

އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާތަކަށް ތާއީދުކޮށް ފަލަސްތީނު ރައްޔިތުންގެ އާދޭސްތަކަށް ބީރުކަންފަތެއް ދެއްވަމުންގެންދަވާތީ އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. އިޒްރޭލުން މަސްޖިދުލް އަގުސާއަށް ހަމަލާދީ، ޝޭޚް ޒައްރާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންގެ ގެތަށް ފޭރިގަތުމުގެ އިތުރުން ޣައްޒާއަށްބޮން އަޅައި އެތައް ބަޔެއްގެ ފުރާނަ ދުއްވާލަމުންދާއިރު ވެސް އެމެރިކާއިން އިޒްރޭލަށް އެހީތެރިކަން ފޯރުކޮށްދެމުންދާތީ އެމެރިކާގެ ރައީސް ނިސްބަތްވާ ޑިމޮކްރެޓިކް ޕާރޓީން ވެސް ދަނީ އެމަނިކުފާނަށް ފާޑުކިޔަމުންނެވެ. މިގޮތުން ޑިމޮކްރެޓިކް […]

އިންޑިއާގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ނުރައްކާ ވައްތަރު 50 ގައުމެއްގައި ފެތުރުމުގެ ބިރު

އިންޑިއާގައި ކޮރޯނާ ވައިރަހުގެ ވަރަށް ނުރައްކާތެރި ވައްތަރެއް ފެތުރެމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. އެކަމުގެ ސަބަބުން އިންޑިއާގައި ދުވާލެއްގެ މައްޗަށް ލައްކައިން ލައްކައިން މީހުންނަށް ބަލި ޖެހި ދުވާލެއްގެ މައްޗަށް ދެހާހުން ތިން ހާހުން ހަތަރު ހާހުން މީހުން ދަނީ މަރުވަމުންނެވެ. އާބާދީގެ ގޮތުން މުޅިދުނިޔެއިން ދެވަނަ ގައުމު އިންޑިއާގައި ކޮރޯނާ ވައިރަސް ހައްދެއްނެތި ފެތުރެމުން ދިއުމުގެ ނަތީޖާއަކަށް ވެފައި ވަނީ މަރުވާ ހިންދޫން އަންދާނުލެވި ކޯރުތަކަށް އުކާލަންޖެހުމެވެ. އަންދާލާނެ އިންތިޒާމެއް ނުކުރެވެއެވެ. އަންދާނެ ދަރު ނުލިބުމެވެ. މުސް […]

​ހޯރަފުއްޓަށް އުދަ އަރާ ބޮޑެތި ގެެއްލުން ތަކެއް ވެއްޖެ!

ރާއްޖެ އަށް ކުރަމުން މިދާ ވިއްސާރައިގައި ހއ.ހޯރަފުއްޓަށް އުދައަރާ ބައެއް ގޭގެއަށް ފެންވަދެ މުދަލަށް ބޮޑެތި ގެއްލުން ތަކެއް ވެއްޖެއެވެ. ހޯރަފުއްޓަށް އުދައަރަމުން ދަނީ ރަށުގެ ހުޅަނގު ފަރާތުންނެވެ. ބުރާސްފަތި ދުވަހުގެ ރެއިން ފަށައިން އެރަށަށް އުދައަރަމުން ދިޔަ ނަމަވެސް ބޮޑަށް އުދައަރާފައިވަނީ މިއަދު މެންދުރު ވަގުތުގައެވެ. ގަދަވަޔާއެކު ވިއްސާރަ ވެހުމާ އަދި އުދައެރުމާއި ގުޅިގެން ރަށުތެރޭގައި ދެ ފޫޓަށް ވުރެ މައްޗަށް ވަނީ ފެންބޮޑުވެފައެވެ. ރަށުގެ ދެކުނުގެ ހުރިހާ މަގެއްގައި، ޚާއްސަކޮށް ހެލްތް ސެންޓަރު ހުންނަ […]

ކޯވިޑް19: ކޭސްތައް އަދިވެސް އެއްހާހުން މަތީގައި!

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ވޭތިވެދިޔަ 24 ގަޑި އިރު، 1,216 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 201 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން މީހަކާއި ސަފާރީއަކުންވެސް މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 1,013 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 41,308 އަށް އަރައިފައެވެ. އޭގެ ތެރޭގައި 13,784 އެކްޓިވް ކޭސް ހިމެނޭއިރު 259 ފަރާތަކަށް […]

ހުރިހާ ވަގުންނަށް ވެސް އީދު ވެދުން

ލޯބިވާ ޒިޔަތަށް ފިޠުރު އީދުގެ ހެއުއެދުމާއި ތަހުނިޔާ ދަންނަވަމެވެ. ޒިޔަތުއެވެ! ތިބާގެ އިސްތިއުފާއިން ދޭހަވީ ތިބާގެ ނަން ވަގުކަލޭގެ ލާރިބެހި ލިސްޓުގައި އޮތަސް، މިގައުމުގައި ތެދުވެރިކަމާއި ޑިމޮކްރަސީގެ ހުޅުކޮޅު އަދި މުޅިން ނުނިވޭކަމެވެ. ކަލާންގެ އިރާދަފުޅާއެކު މި ގައުމުގައި އަދި ހައްގަށް ނަސްރު ލިބޭނެއެވެ. ޒިޔަތުއެވެ! ތިބާ އޮޑިޓަރ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދެއްވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެންޖެހޭ ފައިސާ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު އެތައް ބަޔަކަށް ބައްސަވާލެއްވިއިރު އޭގެތެރެއިން ފައިސާތަކެއް ތިބާއަށް […]

ސިޔާސީ މުނާފިގުކަމުގެ ބަލި: ދަނޑިވަޅުބަލާފައި ޚުޝާމަދުކުރުމާއި ބިރުވެރިކަމުގެ ވަގުތުގައި ފިލުން!

އަޅުގަނޑުމެންގެ އަމިއްލ ދިވެހި ދުނިޔޭގެ ސިޔާސީ މަސްރަޙުން ވޭތުވެގެންދިޔަ ވެރިކަމުގެ ދައުރުގެ ތެރޭގައި ފެނިތަޖުރިބާ ވެގެންދިޔަ ސިޔާސީ ނިފާގުކަން، ގައުމުގެ ޙަޔާތަށް ގެނެސްދޭ ގެއްލުންތަކާމެދު އެއްޗެއް ދެންނެވުމުގެ ކުރިން ދުނިޔޭގެ އެހެން ގައުމެއްގެ މިސާލެއްވެސް ދަންނަވާލުމަކީ، މައުޟޫއުން ބޭރުކަމެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ. އަޅުގަނޑު ބޭނުން މުހިއްމު ނުކުތާއެއްފާހަގަ ކޮށްލުމަށްޓަކާ މުގައްދިމާއެއްގެ ގޮތުންނެވެ. ’ދަންބެރަށްވުރެ ތަގުޑި ދިގުވެގެން ދިޔަނަމަވެސް‘ އައްސަވާބޭފުޅުންގެ އަރިހުން މަޢާފަށް އެދެމުންނެވެ. އިންޑިޔާގައި 700 އަހަރުވަންދެން ދެމިއޮތް މުސްލިމުންގެ ވެރިކަން ނިމިގެންދިޔައީ އިންޑިޔާގެ މައްޗަށް […]

މި ކިޔާލުމަށްފަހު، އެފުރުޞަތު އެހެން މީހަކަށް ހޯދަދޭށެވެ.

މިއަދު ބައިތު އަލް މަޤްދިސްގައި އެއްބައި އަނދާފައިވާ ޤުރުއާނުގައި އަލިފާން ނުޖެހިވާ ޕޭޖުގެ އާޔަތް ތަކުގެ މާނަ ނިކަން ދެކިބަލާށެވެ. ބަޔާން ވެގެންހުރި ހެކިތަކުގެ ތެރެއިން ކިިތައް ކިތައް ކަންތައް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވާފައިވޭތޯ، ކަލޭގެފާނު އިސްރާއިލުގެ ގެދަރިންނާ ސުވާލު ކުރައްވައި ބައްލަވާށެވެ! ތިމަން ރަސްކަލާނގެ ނިޢުމަތް އެމީހަކަށް ލިބުމަށްފަހު، އެ ނިޢުމަތް ބަދަލުކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިމަން އައްލާހް އީ، އުގޫބާތް ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ. ކާފަރުވި މީސްތަކުންނަށް ދުނިޔޭގެ ދިރިއުޅުން ޒީނަތްތެރި ކުރެއްވިއެވެ. […]

ޞިއްޙީ ޚިދުމަތްތަކަށް ބޭނުންވާ އާލާތްތައް ހުރި ނަމަވެސް، އިންސާނީ ވަސީލަތްތައް އެވަރަކަށް ނެތް ކަމަށް ރައީސް ވިދާޅުވެއްޖެ

ރާއްޖެއަށް ބޭނުންވާ މިންވަރަށް، ބޭސްފަރުވާގެ ވަސީލަތްތަކާއި ޞިއްޙީ ޚިދުމަތްތަކަށް ބޭނުންވާ އާލާތްތައް ހުރި ނަމަވެސް، އިންސާނީ ވަސީލަތްތައް އެވަރަކަށް ނެތް ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ޤައުމާ މުޚާޠަބު ކުރައްވައި ބުދަދުވަހުގެ ރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ޤައުމީ ޚިދުމަތެއްގެ ގޮތުގައި، ޢާއިލާތަކާ ވަކިން، ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ، ޞިއްޙީ ޚިދުމަތްތެރިންނާއި، ސަލާމަތީ ބާރުތަކުން، އަދި ހިލޭ ސާބަހަށް މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންވެސް، ކޯވިޑް ކޮންޓްރޯލް ކުރުމުގައި، ވެވަޑައިގަންނަވަނީ […]