މި ކިޔާލުމަށްފަހު، އެފުރުޞަތު އެހެން މީހަކަށް ހޯދަދޭށެވެ.

Loading

Facebook
Twitter
WhatsApp

މިއަދު ބައިތު އަލް މަޤްދިސްގައި އެއްބައި އަނދާފައިވާ ޤުރުއާނުގައި އަލިފާން ނުޖެހިވާ ޕޭޖުގެ އާޔަތް ތަކުގެ މާނަ ނިކަން ދެކިބަލާށެވެ.

ބަޔާން ވެގެންހުރި ހެކިތަކުގެ ތެރެއިން ކިިތައް ކިތައް ކަންތައް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވާފައިވޭތޯ، ކަލޭގެފާނު އިސްރާއިލުގެ ގެދަރިންނާ ސުވާލު ކުރައްވައި ބައްލަވާށެވެ! ތިމަން ރަސްކަލާނގެ ނިޢުމަތް އެމީހަކަށް ލިބުމަށްފަހު، އެ ނިޢުމަތް ބަދަލުކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިމަން އައްލާހް އީ، އުގޫބާތް ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ. ކާފަރުވި މީސްތަކުންނަށް ދުނިޔޭގެ ދިރިއުޅުން ޒީނަތްތެރި ކުރެއްވިއެވެ. އަދި އީމާންވި މީސްތަކުންނަށް އެއުރެން މަލާމާތްކޮށް އުޅެތެވެ. ތަޤުވާ ވެރިވި މީހުން ޤިޔާމަތް ދުވަހުން ވާހުށީ، އެއުރެންނަށްވުރެން މަތީގައެވެ.

އަހުރެމެން ހައްދަވައި ގެންގުޅުއްވާ އައްލާހް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ވަކި މިންވަރެއްނެތި ރިޒުގު ދެއްވަތެވެ. މީސްތަކުން އެއް އުއްމަތެއްގެ ބަޔަކު ކަމުގައިވިއެވެ. ދެންފަހެ، އެކަލާންގެ، އުފާވެރިކަމުގެ ޚަބަރު ދޭ ބަޔެއްގެ ގޮތުގައްޔާއި އަދި އިންޒާރު ކުރަނިވި ބަޔެއްގެ ގޮތުގައި ނަބީބޭކަލުން ފޮނުއްވިއެވެ. އަދި މީސްތަކުން އެއުރެންގެ މެދުގައި ޚިލާފު ވި ކަންތައްތަކުގައި ޙުކުމް ކުޅައުމަށް، އެބޭކަލުންނާ އެކުގައި ހައްގު ގޮތުގައި ފޮތް ބާވައިލެއްވިއެވެ. އެފޮތް ލިބިގެންވާ މީހުން މެނުވީ، އެ ފޮތާ މެދުގައި ޚިލާފެއް ނުވިއެވެ. (އެއީ) އެއުރެންގެ ގާތަށް ބަޔާން ވެގެންވާ ހެކިތައް އައުމަށްފަހުގައެވެ.

އެއުރެންގެ މެދުގައިވާ އަދާވާތްތެރިކަމާއި ޙަސަދަވެރި ކަމުގެ ގޮތުންނެވެ. ދެން އެއުރެން ޚިލާފު ވެފައިވާ ކަންތަކާމެދުގައި އީމާންވި މީސްތަކުންނަށް، ކީރި އައްލާހް، އެކަލާނގެ އިޒުނަ ފުޅުން ހައްޤު ތެދުމަގު ދެއްކެވިއެވެ. އަދި އައްލާހް، އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވަތެވެ. ތިޔަބައިމީހުންގެ ކުރީގައި އުޅެ ގޮސްފައިވާ މީހުންގެ ޙާލުތައް ތިޔަބައިމީހުންނާ ހަމަޔަށް އަދި ނައިސްވަނިކޮށް، ތިޔަބައިމީހުން ސުވަރުގެ ވަންނާނެކަމަށް ތިޔަބައިމީހުން ހީކުރީހެއްޔެވެ؟ އެއުރެންނަށް ތަދުމަޑުކަމާއި ބަލިމަޑުކަން ޖެހުނެވެ. އަދި އެއުރެންނަށް ގުޑުންއަރައިގެން ދިޔައެވެ.

ރަސޫލާއާއި އެކަލޭގެފާނުގެ އަރިހުގައި ތިބި އީމާންވި މީސްތަކުންނަށް ބުނެވިއްޖައުމަށް ދާނދެނެވެ. އެކަލާންގެ ނަޞްރު އަންނާނީ، ދެން ކޮންއިރަކުން ބާވައެވެ؟ ދަންނާށެވެ! ހަމަކަށަވަރުން، އެކަލާންގެ ނަޞްރު ވަނީ ދާދި ގާތުގައެވެ. މީސްތަކުން، އެއުރެން ހޭދަކުރަންވީ ކޮން އެއްޗެއްތޯ ކަލޭގެފާނާ ސުވާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން މުދަލުގެ ތެރެއިން ހޭދަކުރާ އެއްޗެއް ހޭދަކުރަންވީ، މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށާއި ޔަތީމުންނަށާއި މިސްކީނުންނަށާއި (ޙާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. އަދި ތިޔަބައިމީހުން ކުރާ ކޮންމެ ހެޔޮކަމެއް ހަމަކަށަވަރުން، މާތް ރަސްކަލާންގެ މޮޅަށް ދެނެވޮޑިގެންވެއެވެ.-

( ބަޤަރާ ސޫރަތް 211-215 )

 

Loading

2 Responses

  1. ޓެރަރިސްޓް ޒައިނިސްޓުންލައްވާ އެކަމަށް ވާގިދީ ފައިނޭންސް ކުރަނީވެސް އެމެރިކާއިން. އެހެންވީއިރު އެމެރިކާއަކީ ޓެރަރިޒަމްއަށް ސަޕޯޓުކުރާ ގައުމަކަށް ކީއެވެނުވަނީ؟

    1. އެމީހުންގެ ބާރު ގަދައީ. އަހަރެމެނަށް މިއުޅެވެނީ ބޮޑު އޮޅުވާލުމެއްގެ ތެރޭގައެވެ. އެގޮތުން އެކިޔާ އ.ދ. ގެ ޙާލު އެނގެންވެސް ވެއްޖެއެވެ. 99.99% ގައުމުތަކުން ޔަހޫދީ ޒައެނިސްޓުންގެ އަނިޔާތައް ކުށްވެރިކޮށް ފަލަސްތީނުގެ ބިމުން ފައިބާށޭ ބުނެ ގަރާރެއް ފާސްކުރިއަސް ސިކިއުރީ ކައުންސިލްގައި ތިބޭ 5 މެމްބަރުންކުރެ އެއް ގައުމު ވީޓޯކުރިއަސް އެ އ.ދ. ގެ ބާރު ކެނޑުނީއެވެ. ވާނެ ކަމެއް ހަތް ޚަރާމުން ޙަރާމެވެ. ވީއިރު މިކިޔާ ޑިމޮކްރެސީ އަކީ ބޮޑު މޮކަރީ އެއް ނޫންތޯއެވެ. އެ ޑިމޮކްރެސީ ހުވަފެނުގައި ދިވެހިން އަނެއް ދިވެހި ރާއްޖެއަށް ކުރި ދަތުރަށްވީގޮތް ވެސް އެނގެންވެއްޖެ ނޫންތޯއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް