ހަތަރު ގައުމެއްގެ މީހުންނާ އިނުން ސައުދީ ފިރިހެނުންނަށް މަނާކޮށްފި

ހަތަރު ގައުމެއްގެ މީހުންނާ ކައިވެނިކުރުން ސައުދީ އަރަބިއްޔާގެ ފިރިހެނުންނަށް މަނާކޮށްފި އެވެ. ނަން ހާމަކުރަން ބޭނުންނުވާ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ސައުދީގެ މީޑިއާތަކުން ބުނީ ސައުދީ ފިރިހެނުން ކައިވެނި ކުރުން މަނާކުރީ ޕާކިސްތާނާއި ބަންގަލަދޭޝް އާއި މިއަންމާގެ އިތުރުން ޗާޑްގެ އަންހެނުންނާ ކަމަށެވެ. މިހަތަރު ގައުމަކީ ސައުދީ ފިރިހެނުން އެންމެ ގިނައިން ކައިވެނި ކުރާ ގައުމުން ބޭރުގެ އަންހެނުން ނިސްބަތްވާ ގައުމުތަކެވެ. މިހާރު ވެސް މިގައުމުތަކަށް ނިސްބަތްވާ ފަސްލައްކަ އަށްވުރެ ގިނަ އަންހެނުން ސައުދީ ފިރިހެނުންނާއި ކައިވެނިކޮށްގެން އެގައުމުގައި […]
ރާއްޖެ އިން އިތުރު 599 މީހަކަށް ވެކްސިން ދީފި!

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން އިއްޔެ 599 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދާ ވެކްސިން އަކީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް ލިބިފައިވާ ކޮވިޝީލްޑް ވެކްސިނެވެ. އިއްޔެ ވެކްސިން ދިން އެންމެނަށް ވެސް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ. މާލެ ސަރަހަށްދުން މިހާތަނަށް 121,630 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އަދި އަތޮޅު ތެރެއިން މިހާތަނަށް 97,015 މީހުންނަށް ވަނީ ވެކްސިނަދީފައެވެ. […]
ދިވެހި ސިންގާސަނާއަށް ވެރިވެގަތް ސިޔާސީ ޕާރޓީތަކުގެ ފިކުރު

ދިވެހިރާއްޖެއަކީ ތާރީޚުން އެނގޭ ހިސާބުންފެށިގެންވެސް އަމިއްލަވެރިކަމެއް ކުރަމުން އައި އަމިއްލަ ވަންތަ އަމިއްލަ ގައުމެކެވެ. އެންމެ ފުރިހަމަ މާނާއިގައެވެ. ވެރިކަމުގައި ހުންނަމީހެއްގެ ނުވަތަ ވެރިކަމުގައި ތިބި ބައެއްގެ އަމިއްލަ ވެރިކަމެކެވެ. ރުހުނަސް ނުރުހުނަސް މިކަމާމެދު ރައްޔިތުންނަށް ކުރެވޭނެ އެއްވެސްކަމެއް މާޒީގައި ނެތޭބުނުމަކީ ތާރީޚުން ހެކި ލިބެން އޮތް ހަގީގަތެކެވެ. ދިވެހިރާއްޖޭގައި ކުރެވޭނެ އެންމެބޮޑު ކުށަކީ ސިޔާސަތާ (ވެރިކަމުގެ ބާރު އޮތްބަޔަކު ކަންކުރާގޮތާއި) ބެހުމެވެ. ސިޔާސަތާބެހުމޭ ކިޔާއުޅުނީ ވެރިކަމުގެ ފަރާތުން ކުރާކަންތަކާއި އިދިކޮޅަށް ވާހަކަ ދެއްކުމަށެވެ. ނުވަތަ އިދިކޮޅު […]
ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާނު ކޮރޯނާ ވައިރަހަށް ފައްސިވެއްޖެ

ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން ކޮރޯނާ ވައިރަހަށް ފައްސިވެއްޖެއެވެ. ބޮޑުވަޒީރަށް ކޮރޯނާ ވައިރަސް ޖެހިވަޑައިގެންވިކަން ގައުމަށް ޔަގީންކޮށްދެއްވީ ސިއްހީ ކަންތައްތަކުގައި ބޮޑުވަޒީރު ޢިމްރާނަށް ލަފާދެއްވާ މުޝީރު ފައިސަލް ސުޠާން ކުރެއްވި ޓުވީޓަކުންނެވެ. ފައިސަލް ސުލްޠާން ހާމަކުރެއްވި ގޮތުގައި ޢިމްރާން މިވަގުތު ހުންނެވީ ކަރަންޓީނުވެވަޑައިގެން ގޭގައެވެ. ސެނަޓަރ ފައިސަލް ޖާވީދު ވިދާޅުވި ގޮތުގައި ޢިމްރާން ގޭގައި ހުންނަވައިގެން ވެސް ފޯނު ކުރެއްވުމުގެ އިތުރަށް ވީޑިއޯ މެދުވެރިކުރައްވައި ބައްދަލުވުންތަކާއި މަޝްވަރާތައް ކުރައްވައި މަގާމުގެ ވާޖިބުތައް އަދާކުރައްވަމުން ގެންދަވާނެއެވެ. ސަރުކާރުގެ އިސް […]
އިންޑިއާގެ ބޮޑުވަޒީރާ ދެކޮޅަށް ބަނގުލާދޭޝްގައި މުޒާހަރާ: މޯދީއަކީ ގާތިލެއް، އިންޑިއާއަށް އެނބުރި ވަޑައިގަންނަވާ!

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެކޮޅަށް ބަނގުލާދޭޝްގެ ވެރިރަށް ޑާކާގައި ވަރުގަދަ މުޒާހަރާއެއް ބާއްވައިފިއެވެ. އެ މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވީއިރު އޭގެތެރޭގައި ޑާކާ ޔުނިވަސިޓީގެ ދަރިވަރުން ވެސް ގިނަ އަދަދަކަށް ބައިވެރިވެ މޯދީއާ ދެކޮޅަށް އަޑުއުފުލަމުން ދިޔައެވެ. ބަނގުލާދޭޝްގެ 50 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި އެ ގައުމުގައި ބާއްވަން ހަމަޖެހިފައިވާ ކުލަގަދަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މާޗުމަހުގެ 26 ވަނަ ދުވަހު ބޮޑުވަޒީރު މޯދީ ބަންގުލާދޭޝަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ހުކުރުނަމާދުން ފައިބައިގެން ފެށި […]
ބްރެޒިލުން މަރުވާ މީހުންގެ އަދަދު މައްޗަށް، ރައީސް އަށް ޕްރެޝަރު

ކޮވިޑް ޖެހިގެން ބްރެޒިލުން މަރުވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވެ، އެގައުމުގެ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ބަލި މީހުން އިތުރުވާން ފެށުމުން ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ އަށް ވަރަށް ބޮޑަށް ޕްރެޝަރު ބޮޑުވެއްޖެއެވެ. ބްރެޒިލްގެ މީޑިއާތަކުން ބުނާ ގޮތުގައި ބްރެޒިލްގެ އުއްތަމަ ފަނޑިޔާރު ލުއިސް ފަޒް ވެސް ވަނީ ބޮލްސޮނާރޯ އަށް ފޯނުން ގުޅުއްވާ ކޮވިޑް ކޮންޓްރޯލް ކުރުމުގެ ސިޔާސަތައް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ބްރެޒިލްގެ ހާލަތު ކޮންޓްރޯލުން ނައްޓާލާފައި ވާއިރު އެގައުމުގެ ރައީސް […]
އުނގޫފާރަށް އަރައި ފޭބުން މަނާކޮށްފި!

ރ.އުނގޫފާރުން ކަރަންޓީންގައި ނެތް އަންހެނަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެރަށަށް އަރައި ފޭބުން މަނާކޮށްފިއެވެ. އެ މީހާއަކީ އިއްޔެ ބަލީގެ އަލާމާތްތައް ފެނިގެން ވަކި ތަރުތީބެއް ނެތި ނެގި ސުންކަކުން ކޮވިޑަށް ފައްސިވި މީހެކެވެ. އޭނާއަކީ އުމުރުން 50 އަހަރުން މަތީގެ އަންހެނެކެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އުނގޫފާރު ކައުންސިލަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް […]
ކައިރި މުސްތަގުބަލެއްގައި ސްމާޓް ކޮންޓެކްޓް ލެންސް ބޭނުން ކުރެވިދާނެ

ސްމާޓް ލެންސް ބޭނުންކުރާތަން ގިނައިން ފެންނާނީ މަޝްހޫރު ފިލްމުތަކުންނެވެ. ތިމާގެ އަމިއްލަ ލޮލުން ކޮމްޕިއުޓަރަކަށް ފެންނަ ގޮތަށް ދުނިޔޭގެ ޗާޓުބަލާލައި އެއްޗިއްސާބެހޭ މައުލޫމާތު ވަގުތުން ހޯދާލާތަން ފިލްމުތަކުގައި ދައްކައެވެ. ގިނަބަޔަކަށް މިމަންޒަރު ވަރަށް ކަމުދެއެވެ. ހަގީގަތުގައިވެސް އެކަން ކުރެވޭނެ މަގު ތަނަސްވުމަކީ ގިނަބަޔެއް ކުރަމުން އައި އުންމީދެކެވެ. މިއަދު މި އުންމީދު ހާސިލުވުން މިވަނީ ވަރަށް ގާތްވެފައެވެ. އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ މޯޖޯ ވިޝަންއިން ވަނީ ސްމާޓް ލެންސެއްގެ ނަމޫނާ އުފެއްދުމެއް އީޖާދުކޮށްފައެވެ. ތިންއަހަރު ދުވަހުގެ ތެރޭގައި […]
ޔޫރަޕުގެ ބައެއް މީހުންގެ ހިތްތަކުގައި އިސްލާމް ދީނާ ދެކޮޅަށް އޮންނަނީ ޒަމާންވީ ހަސަދަވެރިކަމެއް

ޔޫރަޕުގެ ސިޔާސީ ލީޑަރެއްގެ ގޮތުގައި ކުރިން އުޅުނު ޖޯރަމް ވަން ކްލެވަރެން ވިދާޅުވިގޮތުގައި އެގައުމުގެ ގިނަ ބައެއްގެ ހިތްތަކުގައި އިސްލާމްދީނާ ދޭތެރޭ އޮންނަ ޒަމާންވީ ނަފުރަތާއި ރުޅިވެރިކަން އަދިވެސް މުޅިއަކުން ފިލައިގެނެއް ނުދެއެވެ. ނިއުޒީލޭންޑްގެ ކްރިސްޗާޗްގެ ދެ މިސްކިތަކަށް ހަމަލާދީ 51 މުސްލިމުން ޝަހީދުކޮށްލި ބްރެންޓަން ޓެރެންޓަކީ މިކަމުގެ ހެއްކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޓެރެންޓް މި އަނިޔާވެރި އަމަލު ހިންގީ އޭނާގެ ހިތުގައި މުސްލިމުންނާ ދޭތެރޭއޮތް ރުޅިވެރި ކަމެއްގެ ސަބަބުންނެވެ. ލައިވް ސްޓްރީމްކޮށް އޭނާ މި […]
ފުލުހުންގެ އަނިޔާވެރިކަމާ ގުޅޭގޮތުން ރިޕޯޓެއް ތައްޔާރުކުރަން އުޅުނު ނޫސްވެރިއަކާ ދެކޮޅަށް ދައުވާކޮށްފި

ތާހާ ބޯހަފްސް އަކީ އޮންލައިން މީޑިޔާގައި މަސައްކަތްކުރާ ނޫސްވެރިއެކެވެ. ފުލުހުންގެ އަނިޔާވެރިކަމާބެހޭގޮތުން ރިޕޯޓެއް ތައްޔާރުކުރުމަށްޓަކައި މަސައްކަތް ކުރަމުން ދަނިކޮށް 2019 ވަނަ އަހަރުގެ ޖޫން މަހުގެ 11 ވަނަދުވަހު އޭނާ ވަނީ ހައްޔަރުކޮށްފައެވެ. އަދި ދޮގު މައުލޫމާތު ފަތުރަން މަސައްކަތް ކުރާކަމަށާއި ސަރުކާރާ ދެކޮޅުވެރިވީ ކަމަށް ދައުވާ ކޮށް އޭނާގެ މައްޗަށް ވަނީ ކޯޓުން ހުކުމް ކޮށްފައެވެ. މިކަމާގުޅިގެން ފްރާންސްގެ އެމްނެސްޓީ އިންޓަރނެޝަނަލްއިން ވަނީ މި ހުކުމްގެ އިންސާފުވެރިކަމާއި މެދު ސުވާލުއުފައްދާފައެވެ. ތާހާގެ މި މައްސަލައިގެ އިސްތިއުނާފުގެ […]