ފުލުހުންގެ އަނިޔާވެރިކަމާ ގުޅޭގޮތުން ރިޕޯޓެއް ތައްޔާރުކުރަން އުޅުނު ނޫސްވެރިއަކާ ދެކޮޅަށް ދައުވާކޮށްފި

Loading

Facebook
Twitter
WhatsApp

ތާހާ ބޯހަފްސް އަކީ އޮންލައިން މީޑިޔާގައި މަސައްކަތްކުރާ ނޫސްވެރިއެކެވެ.

ފުލުހުންގެ އަނިޔާވެރިކަމާބެހޭގޮތުން ރިޕޯޓެއް ތައްޔާރުކުރުމަށްޓަކައި މަސައްކަތް ކުރަމުން ދަނިކޮށް 2019 ވަނަ އަހަރުގެ ޖޫން މަހުގެ 11 ވަނަދުވަހު އޭނާ ވަނީ ހައްޔަރުކޮށްފައެވެ. އަދި ދޮގު މައުލޫމާތު ފަތުރަން މަސައްކަތް ކުރާކަމަށާއި ސަރުކާރާ ދެކޮޅުވެރިވީ ކަމަށް ދައުވާ ކޮށް އޭނާގެ މައްޗަށް ވަނީ ކޯޓުން ހުކުމް ކޮށްފައެވެ. މިކަމާގުޅިގެން ފްރާންސްގެ އެމްނެސްޓީ އިންޓަރނެޝަނަލްއިން ވަނީ މި ހުކުމްގެ އިންސާފުވެރިކަމާއި މެދު ސުވާލުއުފައްދާފައެވެ.

ތާހާގެ މި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް މިހާރު ވަނީ ފަށާފައެވެ. އަދި ގިނަ ބަޔަކު މި އަޑުއެހުންތައް ވަރަށް ގާތުން ދަނީ ބަލަމުންނެނެވެ. އެހެނީ ބޯހަފްސް އަކީ މީހުންގެ އިހްތިރާމާއި ގަދަރުހޯދައިފައިވާ އެގައުމުގެ ގިނަބަޔެއްގެ މެދުގައި މަގުބޫލު ނޫސްރިޕޯޓަރެކެވެ. އަދި މިއީ މިފަދަ މައަސަލައަކާބެހޭ އަޑުއެހުމެއް އެގައުމުގައި ކުރިޔަށްދާ ފުރަތަމަ ފަހަރެވެ.

ތާހާ ހައްޔަރުކުރި ވަގުތު އޭނާ ވަނީ ފިލްމުކޮށްފައެވެ. އޭނާ ކޮށްފައިވާ ވީޑިއޯގައި ވަރަށް ސާފުކޮށް އެވަގުތު ކަން ހިނގާދިޔަގޮތް ފެންނަން ހުއްޓެވެ. އޭނާ ހައްޔަރުކުރުމަށް އައިސްފައިވަނީ އަންޑަރކަވާ ޕޮލިސް އޮފިސަރުންތަކެކެވެ. މި ފުލުހުންނާއި ތާހާ އާ ދެމެދު އެވަގުތު ދެކެވުނު ވާހަކަތައްވެސް މި ވީޑިޔޯއިން ސާފުކޮށް އަޑުއިވެއެވެ. ތާހާ ހައްޔަރުކުރަން އުޅެނީ ކީއްވެތޯ އޭނާ ފުލުހުންނާ ސުވާލުކޮށްފައި ވެއެވެ. ނަމަވެސް އެ ޕޮލިސް އޮފިސަރު އެއްވެސް މައުލޫމާތެއް ދޭން އިންކާރު ކުރިއެވެ. ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ތާހާއަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއްވެސް ލިބިފައި ވެއެވެ.

ހިއުމަން ރައިޓްސްއިން މިދިޔަ އަހަރު ނެރުނު ރިޕޯޓެއްގައިވެސް ފުލުހުންގެ އަނިޔާވެރިކަމާ ބެހޭ މައްސަލަތައް ފްރާންސްގައި އިތުރުވަމުން ދާކަންވަނީ ފާހަގަކޮށްފައެވެ. އަދި ނަސްލީ ތަފާތުކުރުންތައް އެގައުމުގައި އިތުރުވަމުންދާކަމަށް ވެސް މި ރިޕޯޓުގައި ހަމަކޮށްފައިވެއެވެ. މިގޮތުން ކަޅު ނަސްލުގެ މީހުންނާއި އަރަބިން މަގުމަތިން ހުއްޓުވައި އެމީހުންނާ ސުވާލުކޮށް ހެދުމަކީ ފްރާންސްގެ ފުލުހުންގެ ތެރޭގައި އާންމުވެފައިވާ ކަމެއްކަން ފާހަގަކުރެވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް