ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާނު ކޮރޯނާ ވައިރަހަށް ފައްސިވެއްޖެ

Loading

Facebook
Twitter
WhatsApp

ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން ކޮރޯނާ ވައިރަހަށް ފައްސިވެއްޖެއެވެ.

ބޮޑުވަޒީރަށް ކޮރޯނާ ވައިރަސް ޖެހިވަޑައިގެންވިކަން ގައުމަށް ޔަގީންކޮށްދެއްވީ ސިއްހީ ކަންތައްތަކުގައި ބޮޑުވަޒީރު ޢިމްރާނަށް ލަފާދެއްވާ މުޝީރު ފައިސަލް ސުޠާން ކުރެއްވި ޓުވީޓަކުންނެވެ.

ފައިސަލް ސުލްޠާން ހާމަކުރެއްވި ގޮތުގައި ޢިމްރާން މިވަގުތު ހުންނެވީ ކަރަންޓީނުވެވަޑައިގެން ގޭގައެވެ.

ސެނަޓަރ ފައިސަލް ޖާވީދު ވިދާޅުވި ގޮތުގައި ޢިމްރާން ގޭގައި ހުންނަވައިގެން ވެސް ފޯނު ކުރެއްވުމުގެ އިތުރަށް ވީޑިއޯ މެދުވެރިކުރައްވައި ބައްދަލުވުންތަކާއި މަޝްވަރާތައް ކުރައްވައި މަގާމުގެ ވާޖިބުތައް އަދާކުރައްވަމުން ގެންދަވާނެއެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވިގޮތުގައި ކޮރޯނާ ވައިރަސް ޢިމްރާނަށް ޖެހިވަޑައިގަތަސް ހާލުކޮޅު ރަނގަޅެވެ. ނުރައްކަލުގެ އެއްވެސް އަސަރެއް ފާޅެއްނުވެއެވެ.

އިންޑަސް ހޮސްޕިޓަލުގެ ވެރިޔާ ޑޮކްޓަރ ޢަބްދުލް ބާރީ ޚާން ވިދާޅުވި ގޮތުގައި ޢިމްރާނު ޚާނަށް ކޮރޯނާ ވައިރަހުގެ އަސަރު ކޮށްފައި ވަނީ ޢިމްރާން ޚާން ވެކްސިން ޖެއްސެވުމުގެ ކުރިންނެވެ.

ޑރ. ޢަބްދުލް ބާރީ ވިދާޅުވިގޮތުގައި ކޮރޯނާ ވައިރަސްގެ އަސަރު ޢިމްރާނުގެ ހަށިކޮޅުގައި ހުއްޓަސް ޖިސްމާނީ ގޮތުން ޢިމްރާނު ހުންނެވީ ދުޅަހެއުކޮށެވެ. ޢިމްރާން ޚާން ޚޮރޯނާ ވެކްސިން ޖެއްސެވީ މި މާޗު މަހުގެ 18 ވަނަ ދުވަހުގައެވެ.

ދެދުވަސްކުރިން ޢިމްރާން ޚާން މާލާކަންޑަށް ވަޑައިގެން ޔުނިވަސިޓީ އޮފް މާލާކަންޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެން ތަގުރީރެއް ކުރެއްވިއެވެ.

ބޮޑުވަޒީރު ޢިމްރާން ކޮރޯނާ ވައިރަހަށް ފައްސިވެވަޑައިގެންނެވިއިރު އެ ގައުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި 60 އަހަރުން ފެށިގެން މަތީގެ މީހުންނަށް ކޮރޯނާ ވެކްސިން ޖެހުމުގެ މަޝްރޫޢު ކުރިއަށް އެބަގެންދެއެވެ.

 

Loading

One Response

  1. ކޮރޯނާ އަށް ވުރެ އިންސާފުވެރި އެއްޗެއްވެސް މަދެވެ. އެހެނީ އެސޮރަށް ވަކި ބޮޑެއް ކުޑައެއް އަމީރެއް ޣަރީބެއް ނުބަލައެވެ. އެވެސް އިންސާނާގެ ބާރު ހިނގާނަމަ ހުސް ފަގީރުންނާއި ނިކަމެތިންނަށް ޙަމަލަދީފާ މިކިޔާ ބޮޑުންނާއި މުއްސަދިން ރެކުނީސް ކަން ކަށަވަރެވެ. ނޫންތަ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް