އުނގޫފާރަށް އަރައި ފޭބުން މަނާކޮށްފި!

Loading

Facebook
Twitter
WhatsApp

​ރ.އުނގޫފާރުން ކަރަންޓީންގައި ނެތް އަންހެނަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެރަށަށް އަރައި ފޭބުން މަނާކޮށްފިއެވެ.

އެ މީހާއަކީ އިއްޔެ ބަލީގެ އަލާމާތްތައް ފެނިގެން ވަކި ތަރުތީބެއް ނެތި ނެގި ސުންކަކުން ކޮވިޑަށް ފައްސިވި މީހެކެވެ. އޭނާއަކީ އުމުރުން 50 އަހަރުން މަތީގެ އަންހެނެކެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އުނގޫފާރު ކައުންސިލަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ އިޚްތިޔާރުތަކުގެ ތެރެއިން، އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ އެހެން އެންގުމެއް އަންގަންދެން، އުނގޫފާރު މޮނިޓަރިންއަށް ލާފައިވާ ކަމަށެވެ.

މޮނިޓަރކުރުމާ ގުޅިގެން އެޗްޕީއޭ އިން އަންގާ ގޮތެއްގެމަތިން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދެއްވާ އަދި މިކަމުގައި ރަށުގެ ކައުންސިލްގެ އިދާރާގެ ފަރާތުން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރާނެ ފަރާތެއް ކަނޑައަޅުއްވައި އަންގަވައި ދެއްވުމަށްވެސް އެސިޓީގައި ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް