ކޯވިޑް19: މިއަދު ފެނުނީ އިތުރު 114 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 114 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 14 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 14 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 86 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 21,382 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,531 އެކްޓިވް ކޭސް ހިމެނޭއިރު، 133 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ […]
އިންޑިއާ ކަނޑުން ޗައިނާގެ ބާރު ކަނޑުވާލަން އެމެރިކާ،އިންޑިއާ،ޖަޕާން،އޮސްޓްރޭލިއާގެ ވެރިން މަޝްވަރާ ކުރަނީ

ޗައިނާއިން ދަނީ މުޅި ދުނިޔޭގައި އާދަޔާޚިލާފަށް ބާރުގަދަކުރަމުންނެވެ. އެގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅުވެ ޢަސްކަރީގޮތުން ބާރުގަދަވެ ޓެކްނޮލޮޖީގެ ގޮތުން ހޯދާފައިވާ އާދަޔާ ޚިލާފު ކުރިއެރުމުގެ ސަބަބުން ޗައިނާ ވަނީ އެމެރިކާއަށް ބޮޑު ބިރަކަށްވެފައެވެ. ކުރިން އެމެރިކާއަށް ބިރަކަށްވެފައި އޮތީ ރަޝިޔާއެވެ. ނަމަވެސް މިހާރު ރަޝިޔާއަށްވުރެ ޗައިނާގެ ނުރައްކާ ބޮޑުކަމަށް އެމެރިކާއިން ދަނީ ފާޅުގައި ބުނަމުންނެވެ. އިންޑިއާ ކަނޑުގެ ސަރަހައްދާއި އެހެނިހެން ބައެއް ސަރަހައްދުތަކުގައި ޗައިނާގެ ބާރު ކަނޑުވާލުމުގެ ގޮތުން އެމެރިކާއިން އިސްނަގައިގެން ބާއްވާ މަޝްވަރާ ބައްދަލުވުމެއް މިއަދު […]
ކެމްޕެއިނަށް ރަށްރަށަށް ކަރަންޓީނު ނުވެ،ދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި!

ކަރަންޓީނު ނުވެ، މާލެއިން ނުވަތަ މޮނީޓަރިންގެ ހާލަތުގައި އޮތް ރަށަކުން އެހެން ރަށަކަށް، ކެމްޕެއިން ކުރުމަށް ދަތުރުކުރުމުގެ ހުއްދަ އެޗްޕީއޭ އިން ދީފި އެވެ. މިރޭ ގެނެސްފައިވާ ބަދަލުގައި ބުނެފައި ވަނީ ތާއީދު ހޯދުމާއި، ކެމްޕޭނުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް، އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރާންވާނީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެ ކަމަށް ކަނޑައަޅައި އާންމުކުރާ ޚާއްޞަ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އެ ގައިޑްލައިންގެ ދަށުން ކަރަންޓިނާ ނުލާ ދަތުރުކުރުމުގެ ހުއްދަ ދެނީ […]
ރާއްޖެ އިން އިތުރު 11,474 މީހަކަށް ވެކްސިން ދީފި!

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން މިއަދު 11,474 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދާ ވެކްސިން އަކީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް ލިބިފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މިއަދު ވެކްސިން ދިން މީހުންގެ ތެރެއިން 6,015 މީހުންނަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުގައި ވެކްސިން ދޭން ހަމަޖެހިފައިވާ ތަންތަނުންނެވެ. އަދި އަނެއް 5,459 މީހުންނަށް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ. މާލެ ސަރަހަށްދުން […]
ކޯވިޑް19: މިއަދު ފެނުނީ އިތުރު 124 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 124 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 13 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 11 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 100 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 21,268 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,502 އެކްޓިވް ކޭސް ހިމެނޭއިރު،157 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ އިން […]
ކަރަންޓީން ނުވެ ކެމްޕޭނަށް ދަތުރު ކުރެވޭ ގޮތްހަދައިފި

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން ކަރަންޓީން ވާން ނުޖެހޭ ގޮތައް އުސޫލު ބަދަލުކުރަން އެޗްޕީއޭ އިން ނިންމައިފިއެވެ. އެޗްޕީއޭ އިން މިރޭ ކައުންސިލް އިންތިޚާބުގެ ކެމްޕޭން ކުރިއަށް ގެންދިއުމުގެ އުސޫލަށް ބަދަލު ގެނެސްފައެވެ. މިރޭ ގެނައި ބަދަލުގައި ބުނެފައި ވަނީ ތާއީދު ހޯދުމާއި، ކެމްޕޭނުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް، އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރާންވާނީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެ ކަމަށް ކަނޑައަޅައި އާންމުކުރާ ޚާއްޞަ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ […]
މަލީޙު ޖުމުހޫރީ ޕާޓީން ވަކިވެވަޑައިގަތުން: އޭނާއަކީ އެމްޑީޕީ ފިކުރުގެ ބޭފުޅެއް ވެސް ނޫން!

ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަން ގިނަ ޕާޓީތައް ގުޅިގެން އެކުލަވާލި އެމްޑީޕީ ކޯލިޝަންގައި ހުންނެވިކަމަށްވިޔަސް، ވަރަށް ހިންގުންތެރި، އަދި ހިތްވަރުގަދަ، އަދި ޖެހިލުންކުޑަ ޝަޚުޞިއްޔަތެއްކަމުގައިވާ މުޙައްމަދު މަލީޙު ޖަމާލަކީ އެއްދުވަސްވަރެއްގައި ވެސް އެމްޑީޕީގެ ހަރުކަށި ފިކުރުގެ ބޭފުޅެއްނޫނެވެ. ޖުމުހޫރީ ޕާޓީގެ ސްލޮޓެއްގައި އެމްޑީޕީ ކޯލިޝަން ސަރުކާރުގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގައި ހުންނަވަނިކޮށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އިތުބާރުނެތްކަމުގެ ވޯޓަކުން މަލީޙު މަގާމުން ދުރުކުރެއްވި އެންމެ ފަހު ވަގުތުކޮޅުގައި ވެސް ރައްޔިތުންގެ […]
އަދީބާއި ޒިޔަތު ގެއަށް ބަދަލުކުރީ ޔާމީނާއި ދެކޮޅަށް ހެކިބަސް ދިނުމުން: ޑރ.ޖަމީލް

ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލައި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އިސްކޮށް އަމަލީ ގޮތުން ބައިވެރިވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭ ބަންދުގައި ތިބޭތީ ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އަދީބާއި ޒިޔަތު ގޭގައި ތިބީ ޑޮކްޓަރެއްގެ ލިޔުމެއް އޮތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވި ނަމަވެސް ހަޤީޤަތަކީ އެދެމީހުން ގެއަށް ބަދަލު ކުރީ ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދިނުމުން ކަމަށް […]
ރާއްޖެ އިން އިތުރު 9,781 މީހަކަށް ވެކްސިން ދީފި!

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން އިއްޔެ 9,781 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދާ ވެކްސިން އަކީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް ލިބިފައިވާ ކޮވިޝީލްޑް ވެކްސިނެވެ. އިއްޔެ ވެކްސިން ދިން މީހުންގެ ތެރެއިން 4,459 މީހުންނަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުގައި ވެކްސިން ދޭން ހަމަޖެހިފައިވާ ތަންތަނުންނެވެ. އަދި އަނެއް 5,322 މީހުންނަށް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ. މާލެ ސަރަހަށްދުން […]
ކޯވިޑް19: އިއްޔެ އިތުރު 110 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 110 މީހަކު ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 2 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށްތަކުންނެވެ. އަދި ރިސޯޓްތަކުން 24 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 84 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 21,144 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 2,539 އެކްޓިވް ކޭސް ހިމެނޭއިރު، 164 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . […]
