ރާއްޖެއިން ކޯވިޑް19 އަށް އިތުރު 114 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 14 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 14 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 86 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 21,382 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,531 އެކްޓިވް ކޭސް ހިމެނޭއިރު،
133 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .
މިހާތަނަށް ރާއްޖެ އިން 64 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 18,780 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.